Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

މަރުވެފައިވާ އެންމެންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް ހަމާސް އިން ބުނެފި

ހަމާސްގެ ހަތިޔާރުވެރި ބައި ކަމަށްވާ އަލް ޤައްސާމް ބްރިގޭޑްސް އިން ބުނެފައި ވަނީ، އެ ޖަމާއަތަށް ލިބެން ހުރި ހުރިހާ ހަށިގަނޑެއް ހަވާލުކޮށް ނިމިފައިވާ ކަމަށް. އަދި އިތުރު ހަށިގަނޑުތައް ހޯދުމަށް ވަގުތާއި، ވަސީލަތްތައް ބޭނުންވާނެ ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މެދުވެރިކަމާއެކު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން 20 ދިރިހުރި ރަހީނުން ދޫކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 04:19
ހަމާސް އިން ހަވާލު ކުރި ރަހީނުންގެ ހަށިގަނޑުތައް ހިފައިގެން ދަތުރު ކުރި އިސްރާއީލްގެ ވެހިކަލެއް

ހަމާސް އިން ހަވާލު ކުރި ރަހީނުންގެ ހަށިގަނޑުތައް ހިފައިގެން ދަތުރު ކުރި އިސްރާއީލްގެ ވެހިކަލެއް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން މަރުވެފައިވާ އެންމެންގެ ހަށިގަނޑުތައް ހަވާލު ކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ބުދަ ދުވަހު ހަމާސް ޖަމާއަތުން ބުނެފައި ވަނީ، އެ ޖަމާއަތުގެ ބާރުގެ ދަށުގައި ތިބި މަރުވެފައިވާ ރަހީނުންގެ ތެރެއިން، ލިބެން ހުރި ހުރިހާ މީހުންގެ ހަށިގަނޑުތައް އިސްރާއީލްއާ ހަވާލު ކޮށްފައިވާ ކަމަށެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިތުރު ދެ މީހުންގެ ހަށިގަނޑު ރެޑް ކްރޮސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމާ އެކު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހޯމަ ދުވަހުން ފެށިގެން ހަމާސް އިން ވަނީ ރަހީނުން މިނިވަން ކުރަން ފަށައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވަނީ ދިރި ތިބި 20 ރަހީނުން މިނިވަންކޮށް، އިސްރާއީލްއާ ހަވާލު ކޮށްފަ އެވެ. އޭގެ ބަދަލުގައި އިސްރާއީލް އިން ވަނީ، އެ ޤައުމުގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ 2000 އާ ގާތް ކުރާ އަދަދަކަށް ރައްޔިތުން މިނިވަން ކޮށްފަ އެވެ.

ބުދަ ދުވަހުގެ ލަސް ގަޑިއެއްގައި ހަމާސް އިން ދެ ހަޑިގަނޑު ހަވާލު ކުރުމުގެ ކުރިން، ހަމާސް އިން ވަނީ މަރުވެފައިވާކަން އެނގޭ 28 ރަހީނުންގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފަ އވެެ. އަދި އިތުރު އެއް ހަށިގަނޑު ވެސް ވަނީ ހަވާލު ކޮށްފަ އެވެ. ނަމަވެސް އިސްރާއީލް އިން ބުނެފައި ވަނީ، އޭގެ ތެރެއިން އެކަކީ ރަހީނުންގެ ތެރެއިން މީހެއްގެ ހަށިގަނޑު ނޫން ކަމަށެވެ.

ހަމާސްގެ ހަތިޔާރުވެރި ބައި ކަމަށްވާ އަލް ޤައްސާމް ބްރިގޭޑްސް އިން ބުނެފައި ވަނީ، އެ ޖަމާއަތަށް ލިބެން ހުރި ހުރިހާ ހަށިގަނޑެއް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި އިތުރު ހަށިގަނޑުތައް ހޯދުމަށް ވަގުތާއި، ވަސީލަތްތައް ބޭނުންވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ދިރި ތިބި ރަހީނުން މިނިވަން ކޮށްފައިވާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހަވާލު ކުރުމަށް ވެސް އެ ޤައުމުގެ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަދި ވެސް ދަނީ ޕްރެޝަރު ބޮޑު ވަމުންނެވެ.

އިސްރާއީލްގެ ހަރުކަށި ސިޔާސަތުގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް ވަނީ ހަމާސް އިން ހުރިހާ ހަށިގަނޑުތައް ހަވާލު ނުކޮށްފި ނަަމަ، ޣައްޒާ އަށް ފޯރުކޮށްދޭ އެހީ ހުއްޓާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.

މަސްދަރު: އޭއެފްޕީ

ހަމާސް-އިސްރާއީލްޣައްޒާރަހީނުންހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު