Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް

ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ގެއްލުމާއި ގުޅިގެން ހުށަހެޅި މައްސަލަ ސަރުކާރު މެމްބަރުން ބޭރުކޮށްލައިފި

ހަތިޔާރާއި ގޮވާ ތަކެއްޗާއި އަދި އެ ނޫންވެސް ދިވެހިރާއްޖެ އަށް އެތެރެކުރުން މަނާ ތަކެތި ފަސޭހަ ކަމާއެކު އެތެރެ ކުރެވޭނޭ މަގު މިހާރު ހުޅުވިފައިވާކަން މިކަމުން އެނގޭ ކަމަށް މައްސަލައިގައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 06:40
އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ގެއްލުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު މެމްބަރުން ބޭރުކޮށްލައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު އިބްރާހީމް ނާޒިލް އެވެ.

Advertisement - newsAdvertisement

ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިމައްސަލަ ބޭރުކޮށްލުމަށް 34 މެންބަރުން ވޯޓު ދިން އިރު، ބަހުސް ކުރުމަށް ފެންނަ ވޯޓު ދެއްވީ 8 މެންބަރުންނެވެ.

މެމްބަރު ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ، ކުއްލިއަކަށް ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގުތައް އިންތިހާ އަށް އުފުލުމުގެ ނާޖާއިޒު ފައިދާ ނަގައި، ބޮޑު އަގުގައި ވިއްކުމަށް ޓަކައި ބައެއް ފަރާތްތަކުން ޑިއުޓީ ނުދައްކައި ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކަމުންދިއުމުގެ ސަބަބުން ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށާއި، ރާއްޖެ އަށް ވަގަށް އެތެރެ ކުރަމުންދާ ސިނގިރޭޓު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، އަތުލައިގަނެވެނީ އޭގެ ތެރެއިން މަދު މިންވަރެއް ކަމަށެވެ. އަދި އަތުލައިގަނެވޭ ފަހަރުތަކުގައި ވެސް، އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަމާއި އެ ކަންކަމުގައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިހުމާލާއި ބައިވެރިވުން ވަރަށް ފުޅާކޮށް އޮތްކަމަށް ބެލެވޭ ކަމަށް މައްސަލާގައި ބުނެފައިވެއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި، އެންމެ ބޮޑު ސައިޒުގެ 2 ސިނގިރޭޓު ކޮންޓެއިނަރު އެތަނުން ވަގަށް ނަގައިފައިވާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށާއި، މި 2 ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުމުން، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ނުވަތަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހައިތަނަށް އެއްވެސް ކަމެއް ހާމަކޮށްފައި ނުވުމުގެ ސަބަބުން، އެ އިދާރާތަކުގެ ސީދާ ބައިވެރިވުން ނުވަތަ އިހުމާލު މި ކަމުގައި އޮތް ކަމަށް ބަލައި، ރައްޔިތުންގެ ތެރޭގައި ނުހަނު ބޮޑަށް މި ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މައްސަލަގާއި ބުނެފައިވެއެވެ.

މީގެ އިތުރުން މި ސިނގިރޭޓުތަކުގެ ޑިއުޓީގެ ގޮތުގައި އަރާނެކަމަށް ލަފާކުރާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ދައުލަތަށް ލިބިގެންދިޔަ ބޮޑު މާލީ ގެއްލުމެއްކަން ފާހަގަވާ ކަމަށާއި، ރައްޖެ އަށް އެތެރެކޮށް، ޕޯޓުގައި ބަހައްޓައިފައި ހުންނަ މުދާ މި ފަދައިން ގެއްލުމަކީ، ޕޯޓު ހިންގާ އެމްޕީއެލްއަށް ޕޯޓުގެ ސެކިއުރިޓީ ނުބެލެހެއްޓޭކަން ހާމަވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން، ވިޔަފާރިވެރިން އެތެރެކުރާ މުދަލަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ހާމަވާ ކަމަށެވެ. އަދި ރައްޖެ އަށް އެތެރެކުރާ މުދަލާއި ތަކެތި ބަލައިފާސްކުރުމާއި ބެލެހެއްޓުމުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އިހުމާލުވަމުންދާކަން ފާހަގަވާ ކަމަށް މެންބަރު ނާޒިލް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލަ އާ ގުޅޭ ގޮތުން ނެގި ވޯޓުގެ ނަތީޖާ
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލަ އާ ގުޅޭ ގޮތުން ނެގި ވޯޓުގެ ނަތީޖާ

ވިޔަފާރި ބަނދަރުތަކަށް ބާލާ މުދަލާއި ތަކެތި ބަލައި ފާސްކުރުމާއި، ބަނދަރުގައި ބަހައްޓައިފައި ހުންނަ ވަގުތު ބެލެހެއްޓުމުގެ ކަންކަން މިހާ ދޯހަޅިކޮށް އޮންނަކަން ހާމަވުމަކީ، މަސްތުވާތަކެއްޗާއި، ހަތިޔާރާއި ގޮވާ ތަކެއްޗާއި އަދި އެ ނޫންވެސް ދިވެހިރާއްޖެ އަށް އެތެރެކުރުން މަނާ ތަކެތި ފަސޭހަ ކަމާއެކު އެތެރެ ކުރެވޭނޭ މަގު މިހާރު ހުޅުވިފައިވާކަން އެނގިގެންދާ ސަބަބެއް ކަމަށާއި، މިކަމުގެ ސަބަބުން، މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން އިހުނަށްވުރެ އިތުރުވުން އަދި، ހަތިޔާރު ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ޓެރަރިސްޓް ހަމަލާއެއް ދިނުން ފަދަ ޖަރީމާތަކެއް ހިންގުމުގެ ފުރުސަތު ނުހަނު ބޮޑަށް އޮތް ސަބަބެއް ކަމަށެވެ. އަދި ގައުމުގެ ސަލާމަތާ ގުޅޭ މި ފަދަ ކަމަކީ، އަންނާން އޮތް ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް ކަމަށެވެ.

މިއީ، އެންމެ މައްސަލައެއް ކަމަށްވީ ނަމަވެސް، މި ކަމަކީ ގައުމީ ސަލާމަތައް އަދި އިގުތިސާދަށް ނުރައްކާ ވާގޮތަކަށް ހިނގަމުންދާ ކަންކަމުގެ ތެރެއިން ކަމެއްކަން ފާހަގަވާ ސަބަބަށް ޓަކައި، މި ކަމަކީ، ކޮންމެހެން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވެންވާނެ މައްސަލައެއްކަން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސްއެމްޕީއެލްއިބްރާހިމް ނާޒިލްހުޅުމާލޭ ވިޔަފާރި ބަނދަރުރައްޔިތުންގެ މަޖިލިސްސިނގިރޭޓް ވައްކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު