Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނގިރޭޓު ވައްކަން

ވަގައް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިން ކަމުގައި ވާ ދިގަލި، އާއްޓޭ ހިމެނޭ ގޮތުން އިތުރު ދެ މީހުން ހައްޔަރު ކޮށްފި

މި ވައްކަމުން ސަރުކާރަށް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 100 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ގެއްލޭނެ

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 20:45
ސިނގިރޭޓްތަކެއް - އެމްޕީއެލްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް ސިނގިރޭޓު ވަނީ ވަގައް ނަގާފައި

ސިނގިރޭޓްތަކެއް - އެމްޕީއެލްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް ސިނގިރޭޓު ވަނީ ވަގައް ނަގާފައި

ކަސްޓަމްސް އިން ހިފަހައްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގައް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިން ކަމުގައި ވާ ދިގަލި، އާއްޓޭ ހިމެނޭ ގޮތުން އިތުރު ދެ މީހުން ހައްޔަރު ކޮށްފި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި މިބާވަތުގެ އެންމެ ސީރިއަސް އަދި ބޮޑު ވައްކަމާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އަންގާރަ ދުވަހުގެރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލުގައި ހުއްޓާ 40 ފޫޓުގެ ދެ ކޮންޓެއިނަރ ގައި ހުރި ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރީ ކޮން ބައެއްކަން ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި 4 މީހުންނަކީ:

މުޙައްމަދު ވަޙީދު، ދިގަލި، ބ. އޭދަފުށި - އެޕޯލޯގެ ވެރިޔާ

އަޙްމަދު ޢާރިފް (އާއްޓޭ) މ. އެވަރ ގްލޯރީ، ކ. މާލެ - ލޮޓަސް ގެ ވެރިޔާ

މުއާޒް ޢަލީ، ނިއު ހެޕީނަސް، ކ. މާލެ - ކުރީގެ ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް

ޒިވާރު އިސްމާޢީލް، މެދުރީގެ، ހދ. ވައިކަރަދޫ - ސީނިއަރ ކަސްޓަމްސް އޮފިސަރ

މީގެ ތެރެއިން މުއާޒް އަލީ އަކީ މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މީހެކެވެ. އަދި އޭނާ އަކީ ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެ ކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައިވާ މީހެކެވެ.

ފުލުހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނާ ގޮތުގައި 13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައި ކަމަށާއި، މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައި ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ވެސް ތަންތަން ބަލާ ފާސް ކުރުން ކުރިއަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

ދިގަލިއާއްޓޭއެމްޕީއެލްކަސްޓަމްސް ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓްސިނގިރޭޓް ވައްކަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު