Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަމަޖެހުން ޤާއިމު ކުރުމަށް އެމެރިކާގެ ނުފޫޒު ވަރަށް މުހިންމު: ވޭންސް

އެންބީސީ ނިއުސްގެ މީޓް ދަ ޕްރެސް އަށް ދެއްވި އިންޓަވިޔުގައި ވޭންސް ވިދާޅުވެފައި ވަނީ ރަހީނުން އެއްކޮށް މިނިވަން ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް. ވޭންސް މިހެން ވިދާޅުވެފައިވާއިރު، ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ހަތް މީހަކު މިނިވަން ކޮށްފައި.

ހަމާސްގެ ބާރުގެ ދަށުގައިވާ އިސްރޭލުގެ ރަހީނުން ދޫކޮށްލުން ކޮންމެ ވަގުތަކުވެސް އަންނާނެކަމަށް ވޭންސް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2025 | ހޯމަ 11:48
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުން ޤާއިމު ކޮށްފައިވާއިރު، ޣައްޒާގެ ހަމަޖެހުން ޤާއިމު ކުރުމަށް އެމެރިކާގެ ނުފޫޒު ވަރަށް މުހިންމު ކަމަށް އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ވޭންސް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން ވަރަށް އަވަހަށް މިނިވަން ކުރެވޭނެ ކަމަށާއި، ޣައްޒާގެ މުސްތަޤުބަލުގެ ހަމަޖެހުން ކަށަވަރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އެންބީސީ ނިއުސްގެ މީޓް ދަ ޕްރެސް އަށް ދެއްވި އިންޓަވިޔުގައި ވޭންސް ވިދާޅުވެފައި ވަނީ ރަހީނުން އެއްކޮށް މިނިވަން ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ވޭންސް މިހެން ވިދާޅުވެފައިވާއިރު، ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ހަތް މީހަކު މިނިވަން ކޮށްފަ އެވެ.

މެދު އިރުމަތީގެ ސަރަހައްދުގެ ހަމަޖެހުމަށް އެމެރިކާ އިން ފިޔަވަޅު އެޅުމުގައި ދެމި ތިބުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްއާ ހަމައިން ފެށިގެން ތިރިއަށް، އެކަމުގައި ދެމެހެއްޓެނިވި ނުފޫޒާއި ފިޔަވަޅުތައް އަޅަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ވޭންސް ވިދާޅުވެފައި ވަނީ އިސްރާއީލްް އަށް ފޮނުވާ 200 ސިފައިންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ޣައްޒާ ހަނގުރާމަ ހުއްޓުން ވިލަރެސް ކުރުން ކަމަށާއި، އެއްވެސް ޙާލަތެއްގައި ހަނގުރާމައިގައި ބައިވެރިވުމެއް އެމީހުންނަށް ނޯންނާނެ ކަމަށެވެ.

ހަމަ އެހެންމެ، އެ އިންޓަވިޔުގައި ވޭންސް ވިދާޅުވެފައި ވަނީ، އެމެރިކާގެ ސިފައިން ފަލަސްޠީނުގެ އެއްވެސް ސަރަހައްދެއްގައި ނުތިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަސްވެފައިވާ ސަރަހައްދުގައި ސިފައިން ތިބޭތޯ ބެލުމާއި، ހަމާސް އިން އިސްރާއީލް އަށް ހަމަލާ ނުދޭތޯ ބެލުމާއި، އެމެރިކާ އިން ކަނޑައަޅާފައިވާ ކަންކަން ރަނގަޅަށް ކުރިއަށް ގެންދޭތޯ ބަލަމުންް ގެންދާނެ ކަމަށެވެ.

އިސްރާއީލް އަށް ސިފައިން ފޮނުވަނީ ހަމައެކަނި ވިލަރެސް ކުރަންކަން ފާހަގަކޮށް ވޭންސް ވިދާޅުވެފައި ވަނީ، ޣައްޒާ ނުވަތަ އިސްރާއީލްފައި އެމެރިކާގެ ސިފައިން ބޭތިއްބުމަކީ އެއްވެސް އިރެއްގައި އެ ޤައުމުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ ޤައުމުގެ ޕްލޭނެއް ނޫން ކަމަށް ވެސް ވޭންސް ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އާއި ހަމާސް އިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، އެކަމުގައި އެމެރިކާ އިން ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް ދެބައި މީހުން ވެސް އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު އެވެ.

މަސްދަރު: އޭއެފްޕީ

ޖޭޑީ ވޭންސްޣައްޒާ ހަނގުރާމަ އެމެރިކާ މިލިޓްރީމެދު އިރުމަތިޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު