Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޫޓުވައިފި މުޒާހަރާ

3 އޮކްޓޯބަރު މުޒާހަރާގައި ފުލުހުން ސައުންޑު ހަތިޔާރު ބޭނުން ކުރުމާއި މީހުން ބަންދުކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށް 27 ޖަމްއިއްޔާ އަކުން ގުޅިފައިވާ ބަޔާނެއް ނެރެފި

ފުލުހުންގެ މަސައްކަތުގައި މިލިޓަރީ ގްރޭޑް ހަތިޔާރުތައް ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލާފައިވޭ

ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 11:58
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

3 އޮކްޓޯބަރ 2025 ގައި މާލޭގައި ބޭއްވުނު ސުލްހަވެރި އިހްތިޖާޖުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސަސް (އެލްރާޑްސް) ބޭނުން ކުރުން އޭޝިއަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓް (ފޯރަމް-އޭޝިއާ) ގެ އިތުރުން 26 ޖަމްއިއްޔާ އަކުން ކުށްވެރި ކޮށްފިއެވެ.

އެ ޖަމްއިއްޔާ ތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ފުލުހުންގެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތަކަށް އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (އައިސީސީޕީއާރު) ގެ ދަށުން ލިބިފައިވާ ހައްގުތައް ބޮޑު އަރައިގަތުމެއް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މާލޭގައި އިހްތިޖާޖު ފެށުމުގެ ކުރިން، މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބިރުދެއްކުމުގެ ގޮތުން ބާރުގެ ބޭނުން ކޮށްފައިވާކަން ބަޔާނުގައި ފާހަގަ ކުރަމުން އެ ގޮތުން ހަތިޔާރު އެޅި އުޅަނދުތައް ނެރުމާއި، އުޅަނދުފަހަރު ބަލައި ފާސްކުރުމާއި، އަދި ބައިވެރިވުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅިކަމަށް ބުނެފައިވެއެވެ.

ފުލުހުން އިހްތިޖާޖު ފެށުނީއްސުރެ ހުރަސް އަޅަމުން ދިޔަ ކަމަށާއި، އެ ގޮތުން އިހުތިޖާޖު ބާއްވާނެ މަގު ކަނޑައެޅުމަށްފަހު، ބެރިކޭޑް ޖަހައި، ގިނަ އަދަދެއްގެ ރައިޓް ފުލުހުންގެ އައިސް މުޅި އިހްތިޖާޖަށް ހުރަސް އެޅިކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އިހްތިޖާޖު ފެށުމާއެކު، ފުލުހުން ހަރުކަށި ފިޔަވަޅުތައް އެޅި ކަމަށާއި، އޭގެތެރޭގައި އިހްތިޖާޖުކުރާ މީހުންނާއި ނޫސްވެރިން ތަފާތު ކުރުމެއްނެތި ޕެޕަރ ސްޕްރޭ ޖެހިކަމަށް ބުނެފައިވެއެވެ.

ކައިރިން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އިހްތިޖާޖުގެ ބައިވެރިއަކަށް ހިތުގެ ކުއްލި ނުރައްކަލަކާ ކުރިމަތިވެ، މެޑިކަލް ފަރުވާގެ ދެމުން ގެންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އޭގެ އިތުރުން ބަޔާނުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން 4 އޮކްޓޯބަރ 2025 ގައި ނެރުނު ބަޔާނުގައި ޕެޕަރ ސްޕްރޭ އާއި ހާޓް އެޓޭކާ ދެމެދު ސީދާ ގުޅުމެއް އޮތްކަމުގެ "ސައިންޓިފިކް ހެކި" ނެތް ކަމަށް ބުނި ނަމަވެސް، އޭގެ ސަބަބުން ހާސްވެ، ނުވަތަ ޖިސްމާނީ ބުރަ އިތުރުވެ، ކުރިން ހުރި ބަލިތައް އިތުރަށް ގޯސްވެދާނެ ކަމަށް ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "އިހްތިޖާޖުކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށާއި، އިހްތިޖާޖު ރޫޅާލުމަށާއި، އާންމު އިދިކޮޅު އަޑުތައް ކަނޑުވާލުމަށް އެލްރާޑްސް ބޭނުން ކުރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

އަސްކަރީ އޮޕަރޭޝަންތަކަށް ތައްޔާރު ކުރެވިފައިވާ އެލްރާޑްސް އަކީ ބޮޑެތި ގެއްލުންތައް ދެވިދާނެ އެއްޗެއް ކަމަށް ބަޔާނުގައި ވެއެވެ. "މާލެ ފަދަ މީހުން ބޮޑަށް އާބާދުވެފައިވާ ސިޓީއެއްގައި، މަދަނީ ސަރަޙައްދުތަކުގައި މިފަދަ ދުރު ރޭންޖްގެ ސައުންޑް ވެޕަންސް ބޭނުން ކުރުމަކީ އާންމު ސިއްޙަތާއި ރައްކާތެރި ކަމަށް އިހުމާލުވުމެއް،" ކަމަށް ބަޔާނުގައި ވެއެވެ.

ކައިރިން ބޭނުން ކުރާއިރު، އެލްރާޑްސް އިން އިހްތިޖާޖުކުރާ މީހުންނަށް ގެއްލުން ދިނުމުގެ ރިސްކުގެ އިތުރުން، ކައިރީގައި ދިރިއުޅޭ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އާއިލާތަކަށް އަޑުއިވުމާއި ނިއުރޮލޮޖިކަލް ގެއްލުންތައް ލިބުމުގެ ނުރައްކާ އޮތް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ދާދި ފަހުން ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނެރުނު ޙުކުމެއްގައި "ގިނަ އަދަދެއްގެ މީހުންނަށް ލިބިދާނެ ނުރައްކާތެރި ސިއްޙީ އަސަރުތައް" ފާހަގަކޮށް، ހަލަބޮލިކަން ކޮންޓްރޯލް ކުރުމަށް ސައުންޑް ޑިވައިސްތައް ބޭނުން ކުރުމާމެދު އިންޒާރުދީފައިވާ ކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެލްރާޑްސް ބޭނުން ކުރުމަކީ ދިވެހިރާއްޖޭގައި ފުލުހުންގެ މަސައްކަތް މިލިޓަރައިޒްކުރުމުގެ ވަރަށް ކަންބޮޑުވާންޖެހޭ ޓްރެންޑެއްގެ ނިޝާނެއް ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ އ.ދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ރައިޓްސް ޓު ފްރީޑަމް އޮފް ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަން، ކްލެމެންޓް ވޫލް ފާހަގަކުރެއްވި ގޮތުގައި، އިހްތިޖާޖު ކޮންޓްރޯލު ކުރާ ފުލުހުންގެ މިލިޓަރައިޒް ވުމުގެ ސަބަބުން "އަނިޔާވެރިކަމާއި ގެއްލުންތައް އިތުރުވެ، އިންސާނީ ޙައްޤުތަކަށް އަރައިގަތުން އިތުރުވެއެވެ."

އިހްތިޖާޖުކުރާ ފަރާތްތަކާމެދު ދިވެހި ފުލުހުން އަނިޔާވެރިވުމާއި އަދާވާތްތެރިވުމުގެ ދިގު ރެކޯޑުން މިހާރުވެސް ވަނީ އާންމުންގެ އިތުބާރު ގެއްލިފައި ކަމަށާއި އާންމު ޚިދުމަތްދޭ މުއައްސަސާއެއްގެ ހައިސިއްޔަތުން، ފުލުހުންގެ މެންޑޭޓަކީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުން ކަމަށާއި - މަދަނީ ރައްޔިތުންނާ ދެކޮޅަށް މިލިޓަރީ-ގްރޭޑް ހަތިޔާރު ބޭނުން ކުރުމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ހަމައެހާމެ ކަންބޮޑުވާންޖެހޭ ކަމަކީ އެމްޕީއެސް އިން އެލްރާޑްސް ހޯދުމާއި ބޭނުން ކުރުމުގައި އެކަށީގެންވާ ފަރުވާތެރިކަން ނުބެހެއްޓި ކަމަށް ކުރެވޭ ތުހުމަތުތައް ކަމަށާއި، އެތަކެތި ބޭނުން ކުރުމާ ގުޅޭ އާންމުކޮށްފައިވާ އެސްއޯޕީއެއް ނެތުން ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ސޮއި ކޮށްފައިވާ ޖަމްއިއްޔާ ތަކުން ވަނީ އިހްތިޖާޖުގެ ތެރޭގައި މަދުވެގެން އަށް މީހުން ހައްޔަރުކޮށް ބަންދު ކުރުން ކުށްވެރި ކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޒިންމާތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

26 މަދަނީ ޖަމްއިއްޔާ އިން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް 5 ކަމަކަށް ގޮވާލާފައެވެ. އެއީ:

ރަޔަޓް ފުލުހުންގެ މަސައްކަތުގައި ނުވަތަ ހަލަބޮލިކަން ކޮންޓްރޯލް ކުރުމުގައި އެލްރާޑްސް އަދި އެހެނިހެން މިލިޓަރީ-ގްރޭޑް ނުވަތަ ގެއްލުންދޭ އާލާތްތައް ބޭނުން ކުރުން ވަގުތުން ހުއްޓާލުމާއި؛

ފުލުހުން އެލްރާޑްސް ހޯދުމާއި، ހުއްދަދިނުމާއި، އޮޕަރޭޝަނަލް ބޭނުންކުރުމާ ގުޅޭގޮތުން މިނިވަން އަދި ފުރިހަމަ ތަޙްޤީޤެއް ހިންގުމާއި؛

ބާރުގެ ނުހަމަ ބޭނުން ކުރާ އަދި އިހްތިޖާޖުކުރާ މީހުން ގާނޫނާ ޚިލާފަށް ރޫޅާލުމުގައި ޒިންމާވާ ވަކިވަކި ފުލުހުންގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމާއި؛

ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤުތައް ބޭނުން ކުރުމުގެ ސަބަބުން ބަންދުކޮށްފައިވާ ހުރިހާ މީހުން ވަގުތުން އަދި ޝަރުޠެއްނެތި ދޫކޮށްލުމާއި؛ އަދި

ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ ޤާނޫނު (2013) އިޞްލާޙުކޮށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ފުރިހަމަ އަށް ކަށަވަރުކޮށްދީ، އައިސީސީޕީއާރުގެ 21 ވަނަ މާއްދާ އާއި އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން (2020) އެކުލަވާލާފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤާބެހޭ ޖެނެރަލް ކޮމެންޓްސް ނަންބަރު 37 އާ އެއްގޮތްވާ ގޮތަށް ބަދަލުތައް ގެނައުމެވެ.

3 އޮކްޓޯބަރުގައި ފުލުހުން ހިންގި ދަށުދަރަޖައިގެ ޢަމަލުތައް ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ޚަބަރަށް މަރުޙަބާ ކިޔާ ކަމަށާއި، ކޮމިޝަނުން ސިޔާސީ ނުފޫޒުން އެއްކިބާވެ، ފުރިހަމަ، މިނިވަން އަދި ހާމަކަން ބޮޑު ތަޙްޤީޤެއް ހިންގައި، ވީހާވެސް އަވަހަކަށް ހޯދުންތައް ޝާއިޢު ކުރުމަށް ގޮވާލާ ކަމަށް ޖަމްއިއްޔާ ތަކުން ބުނެފައިވެއެވެ.

ސަރުކާރުން ޤާނޫނުގެ ވެރިކަމަށް އޮތް ޒިންމާތައް އަލުން ދަމަހައްޓައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަދަނީ މިނިވަންކަން ހިމާޔަތްކޮށް، އިންސާނީ ޙައްޤުތަކަށާއި، އާންމު ސިއްޙަތަށް ނުރައްކާވެ، ޑިމޮކްރެޓިކް ވެރިކަން ނިކަމެތިކުރާ މިލިޓަރައިޒް ކުރެވިފައިވާ އާދަތައް ގެންގުޅުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެލްއާރްއޭޑީޕެޕަރ ސްޕްރޭލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު