Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކްލިކް ކޮލެޖް

ކްލިކް ކޮލެޖްގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޮޑު ގިވްއަވޭ އެއް

10 އޮކްޓޯބަރު 2025 | ހުކުރު 01:21

ކްލިކް ކޮލެޖުން 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2 މީހުންގެ މެލޭޝިއާ ޓިކެޓާއި 65 އިންޗީގެ ޓީވީއެއް ހިމެނޭ ގޮތައް އެތަކެއް ހަދިޔާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެންވަރު ރަނގަޅު މަތީ ތައުލީމު ފޯރުކޮށްދިނުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ މި ކޮލެޖުގެ ބޮޑު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 10 އޮކްޓޯބަރު 2025 | ހުކުރު 01:21
ކްލިކް ކޮލެޖުގެ 25 ވަނަ އަހަރީދުވަހާ ގުޅިގެން ބާއްވާ ގްރޭންޑް ގިވް އަވޭ އާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ

ކްލިކް ކޮލެޖުގެ 25 ވަނަ އަހަރީދުވަހާ ގުޅިގެން ބާއްވާ ގްރޭންޑް ގިވް އަވޭ އާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ

ކޮލިކް ކޮލެޖުގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށްގެންދާ "އެނިވަރސަރީ ކައުންޓްޑައުން ގިވްއަވޭ" ގެ އެންމެ ފަހު ބުރުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތައް އެކޮލެޖުގެ ފަރާތުން ހާމަކޮށްފިއެވެ.

ކްލިކް ކޮލެޖުގެ އެނިވަރސަރީ ކައުންޓްޑައުން ގިވްއަވޭގެ އެންމެ ފަހު ބުރު ކަމަށްވާ ގްރޭންޑް ގިވްއަވޭ އާ ބެހޭ ގޮތުން އެ ކޮލެޖުން ބުނެފައިވަނީ ގްރޭންޑް ގިވްއަވޭގެ ހަދިޔާތަކުގެ ތެރޭގައި ކޮންސިއާޖް ގްރޫޕުގެ ފަރާތުންދޭ 2 މީހަކަށް މެލޭޝިއާ ހިލޭ ޓިކެޓާއި އަދި އެލް މޮބައިލްއިން ދޭ ހައިކާސް ބްރޭންޑްގެ 65Z1 މޮޑެލްގެ 65 އިންޗީގެ ޓީވީ އެއް ހިމެނެއެވެ. މީގެ އިތުރުން ވެސް 12 ހަދިޔާއެއް ގްރޭންޑް ގިވްއަވޭގެ ތެރެއިން ދެވޭނެކަމަށް ކްލިކް ކޮލެޖުން މައުލޫމާތު ދީފައިވެއެވެ.

ކްލިކް ކޮލްޖުގެ ގްރޭންޑް ގިވް އަވޭ އާ ބެހޭގޮތުން މައުލުމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކްލިކް ކޮލްޖުގެ ގްރޭންޑް ގިވް އަވޭ އާ ބެހޭގޮތުން މައުލުމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސޯޝަލް މީޑިއާގައި ކުރިޔަށްގެންދާ މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތުވަނީ އާމުކޮށް ހުޅުވާލާފައެވެ. އެގޮތުން ކްލިކް ކޮލެޖުގެ ސޯޝަލް މީޑިޔާ ޕޭޖުގައި ދެވިފައިވާ އިރުޝާދުގެ ދަށުން ސްޓެޕްތައް ފޮލޯކުރުމުން މި ގިވްއަވޭގައި ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެކަަމަށް ކްލިކް ކޮލެޖުންވަނީ ހާމަކޮށްފައެވެ.

ގިވްއަވޭ އިން ހޮވޭ ނަސީބުވެރި ފަރާތްތައް އޮކްޓޯބަރ 23 ވަނަ ދުވަހު ކްލިކް ކޮލެޖުގެ ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.

23 އޮކްޓޯބަރ 2025 ގައި ކޮލިކް ކޮލެޖަށް 25 އަހަރު ފުރޭއިރު، ކްލިކް ކޮލެޖަކީ ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެކެވެ. މިކަން ސާބިތުވަނީ ބައިނަލްއަޤްވާމީ އިމްތިހާނުތަކުން އެކޮލެޖުގެ ދަރިވަރުން ހޯދާ މަތީ ނަތީޖާތަކުންނާއި، އެކޮލެޖުގެ ކުރީގެ ދަރިވަރުންގެ މަސައްކަތުގެ ފެންވަރުންނެވެ. ކްލިކް ކޮލެޖުގެ މަސައްކަތް އަގުވަޒަންކޮށް 2009 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެކޮލެޖަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤައުމީ އިނާމު ލިބިފައެވެ.

ކްލިކު ކޮލެޖް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
02 އޯގަސްޓު 2017

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް