Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ ކަރަންޓު

އިންޖީނުތަކަށް މައްސަލަ ދިމާވެގެން އަނެއްކާ ވެސް އައްޑޫ ސިޓީން ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ސަރުކާރަށް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އައްޑޫގެ ރައްޔިތުންނަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:26
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދަނީ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ސަރުކާރަށް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އައްޑޫގެ ރައްޔިތުންނަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުތަކަށް ދިމާވި މައްސަލައާއި ގުޅިގެންނާއި ލޯޑު މަތިވުމުގެ ސަބަބުން އެކި ރައްތަކުން ކަރަންޓު ކެނޑޭނެކަން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިހާތަނަށް އައިއިރުވެސް ހައްލެއް ނާންނަ ކަމަށެވެ. އެގޮތުން ކޮންމެވެސް އެއް ހިސާބަކުން އަބަދުވެސް ކަރަންޓް ކަނޑަމުން އަންނަ ކަމަށާއި، ބައެއް ސަރަހައްދުތަކުން ދެތިން ފަހަރަށް ވެސް ކަރަންޓް ކަނޑާފައިވާ ކަމަށެވެ.

ފެނަކަ އައްޑޫ އޮފީހުގެ ވައިބަރ ގުރޫޕުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބުނެފައިވަނީ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑް މަތިވާ ގަޑިތަކުގައި ލޯޑް މެނޭޖް ކުރުމަށްޓަކައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަންޖެހިދާނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާ ކަމަށެއެވެ. އަދި ހޮނިހިރު ދުވަހު ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ ލޯޑް މަތިވުމާއި އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ކެނޑޭނެ ކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި، އެކި ސަރަހައްދުތަކުން ވަނީ އެއް ގަޑި އިރަށް ކަރަންޓް ކަނޑާފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީ އިން ފެނަކަ އައްޑޫ ބްރާންޗްގެ ޑިރެކްޓަރ ނައީމް އަށް ގުޅުމުން ވިދާޅުވެފައިވަނީ މިގޮތަށް ދެން ކަރަންޓްގެ ޙިދުމަތް މެދު ކެނޑިދާނެ ކަމަށާއި އެހެން ދިމާވާ ޓެކްނިކަލް މައްސަލަތައްވެސް ހުންނާނެ ކަމަށެއެވެ. އަދި މިގޮތަށް ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްވަމުން ދިއުމާއި، ފާއިތުވި ހަފްތާއިން ފެށިގެން ކަރަންޓް ކެނޑެން ދިމާވީ ކީއްވެތޯ ސުވާލުކުރުމުން، އެކަށީގެންވާ ޖަވާބެއް ނުދީ ފޯނު ބޭއްވި އެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ އިރު މި މައްސަލަ އަށް ހައްލެއް ވަނީ ހޯދާނުދެވިފައެވެ. މި ސަރުކާރުން މީގެ ކުރިން ބުނީ މި އަހަރު ރޯދަ އަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މި އަދާއި ހަމައަށް ވެސް އެކަން ކުރެވިފަ އެއް ނުވެއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީ އަށް 21 ފެބްރުއަރީ 2025 ގައި ގެންދިޔަ 1.8 މެގަ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައިވީ ނަމަވެސް އަދިވެސް މައްސަލައަށް ހައްލެއް ނުލިބެއެވެ.

އައްްޑޫ ސިޓީފެނަކަކަރަންޓު މައްސަލަސެންޓްރަލް ޕަވަރ ސްޓޭޝަންނައީމްޖަނަރޭޓަރު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު