Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

މި ހާދިސާގައި ނިޔާވީ ސ.ހިތަދޫ، ތަމަންނާގެ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ނޮވެމްބަރު 2025 | ހޯމަ 13:34
އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)

އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)

އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން އޮޕަރޭޝަން ހެދި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެގެން ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ ސ.ހިތަދޫ، ތަމަންނާގެ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީ އެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި މީހެކެވެ.

މި މަރާ ގުޅިގެން އައިއެމްޑީސީ އިން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާގެ ތަފްސީލު ހާމަކޮށްފަ އެވެ. އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ ހޯމަ ދުވަހުގެ ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް، އެ ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އައިއެމްޑީސީ އިން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ހޯމަ ދުވަހުގެ ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށެވެ. އިމަޖަންސީ މެޑިކަލް ހާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39 ގައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެވަގުތުން ފެށިގެން ބަލިމީހާއަށް ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެ އޮޕަރޭޝަނުގައި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނު ކަމަށް ވެސް އައިއެމްޑީސީ އިން ބުނެފައިވެ އެވެ.

އެހެންނަމަވެސް ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ސްޓާފުން ވަރުބަލި ކަމެއް ނެތިކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައި ނުވާކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މިއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށް އައިއެމްޑީސީން ބުނެފައިވެ އެވެ. އަދި ސްޕެޝަލިސްޓް ޓީމުން ވަނީ އެ ކުއްލި ހާލަތުގައި ވެސް އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައި އެވެ.

އައްްޑޫ ސިޓީއައި.އެމް.ޑީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
11 ނޮވެމްބަރު 2025

އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!

11 ނޮވެމްބަރު 2025
އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު