Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން

ދައުލަތަށް ލިބޭ ފައިސާ ވަގަށް ކާ ބަޔަކު މަގާމުތަކުގައި އެބަތިބި: ޣަފޫރު

8 އޮކްޓޯބަރު 2025 | ބުދަ 14:42

ވައްކަމާއި ކޮަރަޕްޝަނުގައި އިސް މަގާމުތަކުގައި ތިބި މީހުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2025 | ބުދަ 14:42
 މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ

މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ

ދައުލަތަށް ލިބޭ ފައިސާގެ 40 އިންސައްތަ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން ގެއްލޭއިރު އެ ވަގަށް ކާ ބަޔަކު ދައުލަތުގެ މަގާމުތަކުގައި އެބަތިބި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ގައުމުގައި ހިނގާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ވެރިންގެ ކިބައިގައި އެ ހިތްވަރު ހުންނަންޖެހޭ ކަމަށެވެ. ނަމަވެސް އެ ނުފެންނަ ކަމަށާއި، މި ޤައުމުގައި ވައްކަމާއި ކޮރަޕްޝަން ހިންގަން އެއްވެސް މީހަކު ބިރެއް، ލަދެއް ނެތް ކަމަށެވެ. އަދި ގިނަ ބަޔަކު މި ކަމުގައި ބައިވެރިވެ މި ޢަމަލުތައް ޤައުމުގައި ހިންގަމުން ދާއިރު، އެ ކުރެވެނީ ގޯސްކަމެއް ކަން އިހުސާސްވެސް ނުކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ ދައުލަތުގެ ފައިސާއާއި މުދާ ރައްކާތެރިކޮށް ބެލެޖެއްޓުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަން ގިނަވަނީ ގައުމުގެ ތެރެއިން ވެސް ބަޔަކު އެކަމަށް ތަރުހީބުދޭތީ ކަމަށާއި، އެއީ މިއަދުގެ ހަގީގަތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ތިމާ ބޭނުންވާ ކަންކުރުމުގައި ތިމާއަކަށް ނެތް އެއްވެސް މިންގަނޑެއް. ޖެހުނު ދިމާލަކުން އެކަން ކޮށްލަންވީ. ކޮށްލާފައި ދެން އެހެން މީހަކު ކަމެއް ކުރީމާ އެ ވާހަކަ މި ދެކެވެނީ. އެހެނެއްވެގެން ނުވާނެ. ހަރާމާއި ހަލާލާ ވަކިވެ، ހެޔޮހާލުގައި ތިބެ އަޅުގަނޑުމެން ދުނިޔޭގައި އުޅެން ޖެހޭނީ. އެނޫން ގޮތަކަށް ދާނަަމަ، ކަންކަން ދާނީ ގޯހުން ނުބައަށް. މި ސަރަހައްދުގައި މި ޤައުމަކީ ވައްކަމާއި ކޮރަޕްޝަން ހަމަ ބޮޑު ޤައުމެއްގެ ގޮތުގައި ފާހަގަ ކުރެވެމުން މިދަނީ. މި ކޮރަޕްޝަންތައް ހުއްޓުވެންޖެހޭ. މިކަން ކުރުމުގެ ގާބިލުކަން އެންމެންގެ ވެސް ހުންނަންޖެހޭ، ސަރުކާރުގައި ވެސް ހުންނަންޖެހޭ، ދައުލަތުގެ މުއައްސަސާތަކުގައި ވެސް ހުންނަންޖެހޭ އަދި ރައްޔިތުން އެ ވިސްނުން ހުންނަންޖެހޭ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަކީ ހަމައެކަނި ސަރުކާރަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މަގާމުތަކު ގައި ތިބޭ މީހުން އެކަން ކުރާނަމަ، އެކަން ބަލަން ތިބޭ މީހުން ވެސް ތިބެނީ އެކަން ކުރަން ކަމަށެވެ. އެހެންކަމުން އެކަމެއް ނުހުއްޓުވޭނެ ކަމަށާއި، ރައްޔިތުން ވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ޣަފޫރު ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާގެ 40 އިންސައްތަ ދަނީ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން ގެއްލިގެން ކަމަށެވެ. އަދި އެ ވަގަށް ކާ ބަޔަކު މި ގައުމުގައި އެބައުޅޭ ކަމަށާއި، އެމީހުން ތިބީ މަގާމުތަކުގައި ކަމަށް ޣަފޫރު ވިދާޅުވިއެވެ.

މި ކަންކަން ހުއްޓުވެނެ އެބަޖެހޭ. ހަމަ ކަނޑައެޅިގެން ކެނޑިނޭޅި ވައްކަން. 25 ރުފިޔާއަށް ލިބޭ އެތި 300 ރުފިޔާއަށް ގަންނަ ގައުމެއް. މިކަން އިނގޭ އެންމެންނަށް ވެސް. ފިހާރައިގައި ހުންނަ މުދާ އެހެން މީހަކު ލައްވާ ހަތަރު ސަތޭކަ ރުފިޔާއަށް ތިންސަތޭކަ ރުފިޔާ އަށް ދޭ އެތި އެއްހާސް ރުފިޔާއަށް ގަނެގެން ކުންފުނިތަކަށް ވިއްކާކަން ވެސް އެންމެންނަށް އެނގޭ. ދެން މި ކޮރަޕްޝަން ނޫން ކޯއްޗަކަށްތޯ މިވާނީ. އެކަމަކު އެ ވެސް ހަމަ ކާން ހެޔޮވަރު. އަނގައެއް ވަލެއް ނުވަންޏާ މި މީހުން މި ތިބީ އެއްޗެހި ކާގޮތަށް އިނގޭތޯ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ކޮރަޕްޝަން ވާނީ ކޮރަޕްޝަނަށް ކަމަށާއި، ވަކި މީހަކު ކުރީމަ އެ ރީތިވާނެ އުސޫލެއް ދުނިޔެއަކު އަދި ހޯދިފައި ނެތް ކަމަށެވެ. އަދި ގާނޫނު ހެދިދާނެ ކަމަށާއި، ހުރިހާ އެއްޗެއް ލިޔެފައި މަޖިލީހުން ވެސް ފާސް ކުރެވިދާނެ ކަމަށާއި، ނަމަވެސް އާހިރުގައި ނިމޭއިރު އެއިން ލިބޭ އެއްވެސްކަމެއް ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އަބްދުލްގަފޫރު މޫސާކޮރަޕްޝަން އޮޑިޓް ޤާނޫނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް