Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް ޞާލިޙު

ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ނުޖެހެން: ރައީސް ޞާލިޙު

އެމަނިކުފާނަށް ޖަވާބުދާރީ ނުވެެވޭ ވަރުގެ އެއްވެސް ކަމެއް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮށްފައި ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 03:47
ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި، ޖަވާބު ދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ދާދި ފަހުން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރެފައިވާ، ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓާ ގުޅިގެން ރައީސް ޞާލިޙު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ޖަވާބުދާރީ ނުވެެވޭ ވަރުގެ އެއްވެސް ކަމެއް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮށްފައި ނުވާނެ ކަމަށެވެ. ވެރިކަމުގެ ތެރޭގައި ކުރައްވާފައިވާ ކޮންމެ ކަމަކާއި، އަޅުއްވާފައިވާ ކޮންމެ ފިޔަވަޅަކާ މެދު ވެސް، ކޮންމެ ތަނެއްގައި ވެސް އެމަނިކުފާނަށް ޖަވާބުދާރީ ވެވޭނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާ، ނުވަތަ ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ވެސް، އަދި އޭގެ ކުރިން ވެސް އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ފެނަަކައިގެ ތެރެއިން އެމަނިކުފާނަށް އެއްވެސް ފައިދާއެއް، ނުވަތަ ފައިސާއެއް ލިބިވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަން ފާހަަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ފެނަކައާ ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ ދަންވަރު ގަޑިއެއްގައި އެ ރިޕޯޓު ނެެރެފައިވުން ކަމަށެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް އަޅުގަނޑު ކޮށްފައި ނޯންނާނެ ވެރިކަމުގައި ހުރިއިރު. ކޮށްފައި އޮތް ކޮންމެ ކަމެއް، އަޅާފައި އޮތް ކޮންމެ ފިޔަވަޅަކަށް އަޅުގަނޑަށް ޖަވާބުދާރީ ކޮންމެ ތަނެއްގައި އިރާދަކުރެއްވިއްޔާ ވެވޭނެ. އޭގެ އިތުރުން ދައުލަތުގެ އަދި، ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ޖެހިފައި ނޯންނާނެ. ވެރިކަމުގައި ހުރިއިރު ވެސް، އަދި އޭގެ ކުރީގައި ވެސް. އެހެންވީމާ ފެނަކައިގެ ތި ވިދާޅުވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަހަލަ، އެއްވެސް ކަހަލަ ބެނެފިޓެއް، ފައިދާއެއް، ފައިސާއެއް އަޅުގަނޑާ ހިސާބަށް އައިސްފައި ނޯންނާނެ. ދެން ފެނަކައާ ބެހޭ ގޮތުން އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން އޮޑިޓް ރިޕޯޓެއް މިއޮތީ ނެރެފައި. އޭގައި ސިޔާސީ ކުލަ ޖެހިފައި އޮތްކަން އަޅުގަނޑު މި ދެންނެވިހެން ފާހަގަވާ އެއް ސަބަބަކީ، އެ ދެންވަރު ދަޅާގައި އޮޑިޓް އޮފީހުން އެ ރިޕޯޓު ނެރުން އެއް ސަބަބަކީ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، މާކުރިން ފެށިގެން ސަރުކާރު ނުވަތަ ދައުލަތުގައި ކޮރަޕްޝަން މޫލާފައި އޮތް ކަމަށެވެ. އަދި ވަރަށް ގިނަ އަދި ވަރަށް ބައިވަރު މަސައްކަތް ކޮށްގެން ނޫނީ އެކަމުން އަރައި ނުގަނެވޭނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެ މަސައްކަތް ފަށާފައި އޮންނާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި މިނިވަން ޖުޑިޝަރީއެއް ބޭނުންވާކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި، ޖުޑިޝަރީ އަށް އިތުބާރު ހޯދިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، މިއަދު އަނެއްކާ ެވސް ދެންވަރު ދަޅައިގައި ކުރަމުން އަންނަ ކަންތައްތަކުގެ ސަބަބުން ޖުޑިޝަރީ އަށް އޮތް އިތުބާރު ގެއްލެމުން އަންނަ ކަަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

އެގޮތުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއް ސަސްޕެންޑު ކުރި މައްސަލަ އަށް ރައީސް ޞާލިޙު ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭ މައްސަލަ އެއް ބަލަމުން ދަނިކޮށް، ކުއްލި ގޮތަކަށް ފަނޑިޔާރުން ސަސްޕެންޑު ކުރި ކަމަށް ރައީސް ޞާލިޙު ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ މިއަދު ފެންނަނީ އޮޑިޓަރ ޖެނަރަލްގެ އޮފީސް ކޮމްޕޮރަމައިޒް ވެފައިވާ މަންޒަރު ކަމަށެވެ. އަދި އޭސީސީ އަށް މިނިވަން ކަމާ އެކު ތަހުގީގު ކުރުމަށް އޭރު ބާރުވެރިކަން ދީފައި ވާނެ ކަަމަށާއި، އެހެން ނަމަވެސް، މިއަދު ފެންނަނީ މިނިވަން މުއައްސަސާތައް ކޮމްޕޮރަމައިޒް ވެފައިވާ މަންޒަރު ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުފަށާއިރު ޕްރޮގްރާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު