Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުން

ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

4 މީހަކަށް 60 ދުވަހުގެ މުއްދަތެއް ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 18:08
ބުދަ ދުވަހު ހައްޔަރުކުރި 6 މީހުން

ބުދަ ދުވަހު ހައްޔަރުކުރި 6 މީހުން

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ބުދަ ދުވަހު ހައްޔަރުކުރި 6 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހީމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަހުމަދު ނަސޫހު (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާއު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޒްލޫން މުހައްމަދު (33އ)އެވެ. 

އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަހުމަދު ނަސޫހްއާއި އަބްދުﷲ ރިފާއުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުހައްމަދު އިސްމާއީލްއާއި އިބްރާހީމް ރައްޒާނަށް ދީފައިވާއިރު، އާދަމް ނިޝާންއާއި ފަޒްލޫން މުހައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. 

މި މައްސަލައިގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަހުމަދު (35އ)އެވެ.

އެ މީހުންގެ ތެރެއިން މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިން އަދި އަމީން އަހުމަދަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުހައްމަދު ޒިލްޔަންއާއި ސާމީ ރަޝާދު އިދުރީސްއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. 

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޔޯގާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު