Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސަރުކާރު ހުއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ޑިމޮކްރަޓުން: ވޭންސް

ފެޑަރަލް ސެޕެންޑިން ބިލާ މެދު އެއްބަސްވުމަކަށް އައުމަށް ޑިމޮކްރަޓުންނާއި، ރިޕަބްލިކަނުންނަށް ވަގުތު ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 4:01 (ޖީއެމްޓީ)އާ ޖަމައަށެވެ. އެ ވަގުތު ހަމަވުމުގެ ކުރިން އެއްބަސްވުމަަކަށް ނާދެވިއްޖެ ނަމަ، ސަރުކާރުގެ ބައެއް އޮފީސްތައް ބަންދު ކުރަން ޖެހޭނެ އެވެ. އަދި ގިނަ އަދަދެއްގެ ސަރުކާރުގެ މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާ އިން ދުރު ކުރަން ވެސް ޖެހޭނެ އެވެ.

އެމެރިކާގެ ސަރުކާރު ހުއްޓާލުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅުގައި، މި ކަމުގެ ޒިންމާ އުފުލަންޖެހޭނީ ޑިމޮކްރެޓިކް ޕާޓީން ކަމަށް ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:33
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މީޑިއާއާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މީޑިއާއާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އިދކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ވޭންސް މިހެން ވިދާޅުވެފައި ވަނީ، ހޯމަ ދުވަހު ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ކުރިއަށް ގެންދިޔަ ކޮންގްރެސްގެ ލީޑަރުންނާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމަށް ފަހު ވާހަކަ ދައްކަމުންނެވެ. ވޭންސް ވިދާޅުވީ، ޑިމޮކްރަޓުން ރަނގަޅު ގޮތް ޚިޔާރު ނުކުރާތީ ސަރުކާރު ހުއްޓާލަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ފެޑަރަލް ސެޕެންޑިން ބިލާ މެދު އެއްބަސްވުމަކަށް އައުމަށް ޑިމޮކްރަޓުންނާއި، ރިޕަބްލިކަނުންނަށް ވަގުތު ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 4:01 (ޖީއެމްޓީ)އާ ޖަމައަށެވެ. އެ ވަގުތު ހަމަވުމުގެ ކުރިން އެއްބަސްވުމަަކަށް ނާދެވިއްޖެ ނަމަ، ސަރުކާރުގެ ބައެއް އޮފީސްތައް ބަންދު ކުރަން ޖެހޭނެ އެވެ. އަދި ގިނަ އަދަދެއްގެ ސަރުކާރުގެ މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާ އިން ދުރު ކުރަން ވެސް ޖެހޭނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަނުން ބޭނުން ވަނީ މިހާރުގެ ފެޑަރަލް ފަންޑިން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ. ނަމަވެސް، ޑިމޮކްރަޓުން ވަނީ ޞިއްޙީ ދާއިރާގެ ސަބްސިޑީތައް އިތުރު ކުރުމާއި، މެޑިކެއިޑް ފަދަ ޕްރޮގްރާމް ތަކުން އުނިކޮށްފައިވާ ބައި އަލުން އަނބުރާ ގެނައުމަށެވެ.

ހައުސް މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް އާއި، ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ "ބިގް ބިއުޓިފުލް ބިލު" އިން ގެއްލުން ލިބެމުންދާ އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖެފްރީސް ވިދާޅުވެފައި ވަނީ، ރިޕަބްލިކަނުން ހުށަހަޅާފައިވާ ޞިއްހީ ދާއިރާގެ އަސާސީ ޚިދުމަތްތައް ހަނި ކުރުމުގެ ޕްލޭން ޤަބޫލު ކުރުމަކީ އެމީހުންަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޝޫމާ ވިދާޅުވީ، ޓްރަމްޕް އާއި ރިޕަބްލިކަން އިން ދެ ޕާޓީގެ ޚިޔާލު ޤަބޫލު ކުރާ ނަަމަ، ސަރުކާރު ހުއްޓުމުގެ ޙާލަތުން ސަލާމަތް ވާނެ ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާ އާއި، ބައެއް އެހެން ކަންކަމުގައި ޑިމޮކްރަޓޫން އެދޭ ބައެއް ކަންކަން، ޚާއްސަކޮށް އެމެރިކާގެ ރައްޔިތުން ބޭނުންވާ ކަންކަން ޤަބޫލު ކުރައްވާ ނަމަ، ސަރުކާރު ހުއްޓާލުމުގެ ޙާލަތުން ސަލާމަތް ވެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، އަދި ވެސް ގިނަ ޚިޔާލު ތަފާތުވުންތައް އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އައިސްފި ނަމަ، މިވަގުތު މުވައްޒަފުންނަށް މުސާރަ ނުދެވޭނެ އެވެ. އެހެން ނަމަވެސް، އެކަން ހައްލުވުމާ އެކު ފަހުން އެ މުސާރަ ލިބޭނެ އެވެ. އަދި ކޮންމެެހެން މުހިންމު މުވައްޒަފުން ނޫން އެހެން މުވައްޒަފުން، ވަގުތީ ގޮތުން ވަޒީފާ އިން ދުރު ކުރެވޭނެ އެވެ.

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ މައުލޫމާތު ތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން 14 ފަހަރެއްގެ މަތިން ސަރުކާރުގެ ހިންގުން ހުއްޓިފައިވެ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ވަރަށް މަދު ދުވަސް ކޮޅަކަށެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަަށް އައިސްފައި ވަނީ، 2018 ވަނަ އަހަރުގެ ފަހު ކޮޅާއި، 2019 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ގާތް ގަނޑަކަށް 34 ދުވަހުގެ މުއްދަތަކަށެވެ.

މަސްދަރު: އަލް ޖަޒީރާ

ޑިމޮކްރެޓިކް ޕާޓީޖޭޑީ ވޭންސްވައިޓް ހައުސްޑިމޮކްރެޓް-ރިޕަބްލިކަންއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު