Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއައިޔޫ ރިޕޯޓު

މަޖިލިސް އިންތިހާބަށް ހަތަރު ދުވަސް އޮއްވާ ޕީއެންސީ ކެމްޕޭނަށް ފެނަކައިން 12 މިލިއަން ރުފިޔާ ދޫކުރި

ސިޔާސީ މަނީ ލޯންޑަރިންގ މައްސަލައެއްގެ ގޮތުގައި ވޯޓު ގަތުމަށް 12 މިލިއަން ރުފިޔާ ބޭނުންކޮށްފިއެވެ. އެމްއެމްއޭގެ އެފްއައިޔޫ ރިޕޯޓަކުން ހާމަވި ގޮތުގައި، މި ކަމުގައި ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑް ހިމެނޭ ބޮޑު ޚިޔާނާތެއް ހިންގައިފައިވެއެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 13:22
ފެނަކަ އާއި ކެންގޯއާ ހިންގި މުއާމަލާތުގައި ޝާމިލުވާ ބައެއް މީހުންނާއި މުއިއްޒު

ފެނަކަ އާއި ކެންގޯއާ ހިންގި މުއާމަލާތުގައި ޝާމިލުވާ ބައެއް މީހުންނާއި މުއިއްޒު

2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެންމެ ހަަތަރު ދުވަހަށް ވެފައި ވަނިކޮށް ޕީއެންސީ ކެމްޕޭނަށް ފެނަކަ ކޯޕަރޭޝަނުން 12 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާ އެކި މީހުންގެ އެކައުންޓްތަކަށް ދައުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެމްއެމްއޭގެ އެތެރިން ލީކުވެފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ރިޕޯޓުން ފެންނަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި ރިޕޯޓު ތައްޔާރު ކޮށްފައިވަނީ ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ދެމެދު ހިންގި މުއާމަލާތްތަކަށެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މިހާރު ދައުރުވަމުންދާ މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ވަނީ އެނގިފައެވެ.

ކެންގޯ ޕްރައިވެޓް ލިމިޓެޑް އަކީ ކާކުގެ ކުންފުންޏެއް، ކެންގޯގެ އެކައުންޓަށް ފެނަކައިން ޖަމާކުރީ ކިހާވަރެއް؟

ކެންގޯ ޕްރައިވެޓް ލިމިޓެޑަކީ އައިމިނިތު ސަނިއްޔާ ޝަރީފްގެ 50 ޕަސެންޓް ހިއްސާ އާއި ސަލާހު ޝަރީފްގެ 25 ޕަސެންޓު ހިއްސާ އަދި އަހްމަދު ހާޝިމްގެ 25 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ކެންގޯ ނަމަކަށް ކިޔާ މި ކުންފުންޏަށް 2023 އިިން ފެށިގެން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯއަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އޭގެ އިތުރުން ކެންގޯއަށް 150،000ރ. ގެ މަގުން ފަސް ޓްރާންސެކްޝަނެއް ހަދައި ޖުމުލަ 750،000 ރުފިޔާ ޑީ އެންޑް ވީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ފޮނުވާފައިވެ އެވެ. އެ ރިޕޯޓުން ހާމަވާގޮތުގައި ކެންގޯ އާއި ޑީ އެންޑް ވީ އިންވެސްޓްމަންޓް އާދެމެދު މި މުއާމަލާތް ހިންގާފައިވަނީ އެޕްރީލް 16 އަދި 17 ވަނަ ދުވަހު އެވެ.

ރާއްޖެ އެމްވީ އިން ބެލި ބެލުމުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި އެއްވެސް ވިޔަފާރީގެ މަސައްކަތެއް ހިންގާ ކަމަށް ކެންގޯއިން ރެޖިސްޓްރީ ކޮށްފައި ނުވެ އެވެ. މާނަ އަކީ އެއްވެސް ފައިސާއެއް ލިބޭނެ ވިޔަފާރިއެއް އެ ކުންފުނިން ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ.

އެފައިޔޫ ރިޕޯޓު ބުނާގޮތުން ކެންގޯއަށް ދޫކުރި އެއްވެސް ފައިސާއަކުން އިގުތިސޯދީ ހަރަކާތެއް ހިންގާފައެއް ނުވެ އެވެ. އަދި ފައިސާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރާ ގާތް ގުޅުން އޮތް މީހުން ހިމެނޭ ކަމަށް އެފްއައިޔޫގެ ރިޕޯޓުން އެނގެ އެވެ.

ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ފެނަކައިން ފައިސާ ފޮނުވި

ޑީ އެންޑް ވީ އިންވެސްޓްމަންޓް އަކީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި އޭނާގެ އަނބިކަނބަލުން އިހުސާނާ ޝަރީފުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޑީ އެންޑް ވީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެޕްރީލް 16، 2024 ގައި ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފޮނުވައި، އެ ފައިސާގެ ތެރެއިން ބައެއް ކެންގޯއަށް ފޮނުވާފައިވާކަން އެ ރިޕޯޓުން ހާމަވެ އެވެ. އަދި ކުރިން ފާހަގަ ކުރިގޮތައް ޑީ އެންޑް ވީ އިންވެސްޓްމަންޓް އިން ކެންގޯއަށް 150،000ރ. ގެ މަގުން ފަސް ޓްރާންސެކްޝަނެއް ހަދައި ޖުމުލަ 750،000ރ. ފޮނުވާފައިވެ އެވެ.

ފެނަކައިން ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް 16 އޭޕްރީލް 2024 ގައި ދެ މުއާމަލާތަކުން ފޮނުވި ފައިސާ ވެސް ކެންގޯ ކުންފުންޏަށް އެއްކޮށް ބަދަލުކޮށްފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އަދި އެ ފައިސާ އަނެއްކާ ކެންގޯއިން އެކިއެކި ފަރުދުންނަށް ވަނީ ފޮނުވާފަ އެވެ.

ފެނަކައިގެ އެމްޑީ ކަމުގައި މުއާޒް ހުންނެވި އިރު ތުހުމަތު ކުރެވުނު ބައެއް ކަންކަން

ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމުގެ ތުހުމަތުތަކެއް ފެނަކައަށް ވަނީ އަމާޒު ވެފައެވެ.  ކޭބަލްތަކެއް ގަތުމަށް އަލްފާއަށް ޖުމްލަ 18 ޕާޗޭސް އޯޑަރު ހެދި އެވެ. އެ ޕާޗޭސް އޯޑަރުތަކުން އެނގޭ ގޮތުގައި ކޭބަލްތައް ގަތީ އެކި ރަށްރަށަށް ބޭނުންވާ ކަމަށް ބުނެ އެވެ. ނަމަވެސް ކޭބަލްތައް ގަތީ މާކެޓު ރޭޓަށްވުރެ މާ ބޮޑު އަގެއްގަ އެވެ. 

ފެނަކައިގެ އޭރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު އައިމަން އަދި ޑިރެކްޓާ އަބްދުލް ވާހިދު މުހައްމަދު އެޕްރޫވް ކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ޖުމްލަ އަގު ހިސާބު ކޮށްލުމުން 65.7 މިލިއަން ރުފިޔާއަށް އަރާފައިވާކަން ވަނީ ހާމަވެފަ އެވެ.

އޭގެ އިތުރުން މުއާޒް އަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި، ގާނޫނާ ޚިލާފު ޕްރޮކިއުމަންޓް އެކުލަވައިލުމާއި، މާލީ ކަންކަން އޮޅުވައިލުމާއި ގާތް މީހުން ވަޒީފާއަށް ނެގުން ފަދަ ކަންކަން ހިމެނެ އެވެ.

އޭރު އެމްޑީ ކަމުގެ މަގާމުގައި ހުންނެވި މުއާޒް އަށް ކޮރަޕްޝާނުގެ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފާ ދިނީ ފެނަކަ ކޯޕަރޭޝަނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުންފުނިން ތައްޔާރު ކޮށްފައިވާ ޕްލޭން ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާ ކުރި ނަމަވެސް، އެ ކަމަށް އެއްވެސް އަލި މަގެއް ނުލިބޭ ކަމަށް ބުނެ އެވެ.

ލީކުވެފައިވާ އެފްއައިޔޫގެ މި ރިޕޯޓުން އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި، އެކި ސަރުކާރުތަކުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އޮންނަ ތުހުމަތުތަކަށް ބާރު ލިބެ އެވެ.

ފެނަކަ ކޯޕަރޭޝަންޕީއެންސީއެމްއެމްއޭއެފްއައިޔޫމަޖިލީސް އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު