Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ނިއު ޔޯކުގެ މޭޔަރު އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި

މޭޔަރު އެޑަމްސް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ ހާސިލު ކޮށްފައިވާ ގިނަ ކާމިޔާބީ ތަކެއް ހުރި ނަމަވެސް، އަލުން އިންތިޚާބު ވުމަށް ކުރަމުން އައި ކެމްޕެއިން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް އަލުން އިންތިޚާބަށް ކުރިމަތިލުން ދޫކޮށްލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 06:28
އެމެރިކާގެ ނިއު ޔޯކުގެ މޭޔަރު އެރިކް އެޑަމްސް

އެމެރިކާގެ ނިއު ޔޯކުގެ މޭޔަރު އެރިކް އެޑަމްސް

އެމެރިކާގެ ނިއު ޔޯކުގެ މޭޔަރު ކަމުގައި ހުންނެވި އެރިކް އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

އާދީއްތަ ދުވަހު އެޑަމްސް ވަނީ، އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައިވާކަން އިއުލާާން ކޮށްފަ އެވެ. އެއާއެކު، ނިއު ޔޯކުގެ މޭޔަރު ކަމަށް ދެން ވާދަ ކުރައްވާނީ ޒޯރަން މަމްދާނީ އާއި، ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އެވެ.

ނިއު ޔޯކުގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ އިންތިޚާބުގެ ކުރިން ނަގަމުން އަންނަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާވޭ ތަކުން ދައްކާ ގޮތުގައި، އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރައްވާ ކުއޯމޯ އާއި މަމްދާނީ އަށް ވުރެ، މޭޔަރު އެޑަމްސް އުޅުއްވަނީ ބޮޑުތަނުން ފަހަތުގަ އެވެ.

ހަމަ އެހެންމެ، ނިއު ޔޯކުގެ މޭޔަރު އިންތިޚާބުގައި މިހާތަނަށް އެންމެ ގިނަ ބައެއްގެ ސަމާލުކަމާއި، ކުރިއެރުން ހޯދާފައި ވަނީ މަމްދާނީ އެވެ. ގިނަ ބަޔަކު މަމްދާނީ އަށް ތާއީދު ކުރަމުން އަންނައިރު، ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ އެޑަމްސް އަށް ކެމްޕެއިންގައި ގިނަ ގޮންޖެހުން ތަކެއް ވަނީ ދިމާވެފަ އެވެ. މީޑިއާ ތަކުގައި ބުނެފައި ވަނީ، ކެމްޕެއިން އަށް ބޭނުންވާ ފައިސާ ހޯދުމުގައި ވެސް އެޑަމްސް އަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މޭޔަރު އެޑަމްސް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ ހާސިލު ކޮށްފައިވާ ގިނަ ކާމިޔާބީ ތަކެއް ހުރި ނަމަވެސް، އަލުން އިންތިޚާބު ވުމަށް ކުރަމުން އައި ކެމްޕެއިން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އިންތިޚާބުގައި ވާދަ ނުކުރަން އެޑަމްސް ނިންމާފައިވާއިރު، އޭނާ ވިދާޅުވީ އޭނާގެ މޭޔަރު ކަމުގެ ދައުރު ހަމަވަންދެން މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. އެޑަމްސްގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ނިއު ޔޯކް ސިޓީ އަށްޓަކައި މަސައްކަތް ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރަށް އެޑަމްސް ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ބަދަލުތައް ގެނައުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އެތައް ޖީލަކަށް ދެމިގެން ދިޔަހެން، އެތައް ޤުރުބާނީއަކާ އެކު ބިނާ ކުރި ނިޒާމު ނައްތާލުމަކީ ޙައްލު ކަމަށް ބުނާ މީހުންނާ މެދު ސަމާލުވުމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ބަދަލެއް ނޫން ކަމަށާއި، އެއީ ހަމަ ނުޖެހުން ކަމަށް ވެސް އެޑަމްސް ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

އެރިކް އެޑަމްސްނިއުޔޯކްޒޮހްރާން މަމްދާނީއެންޑްރޫ ކުއޯމޯޑިމޮކްރެޓިކް ޕާޓީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު