Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަންތޯ ސުވާލު ކުރުމުން ކަމަލާ ވިދާޅުވީ، އެއީ މިވަގުތު އޭނާގެ އަމާޒެއް ނޫން ކަމަށް

ކަމަލާ ވިދާޅުވީ މިވަގުތު އޭނާގެ ލީޑާޝިޕް އަދި ޚިދުމަތް ކުރުން އިންތިޚާބީ މަގާމަކުން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާގެ އެކި ކަންކޮޅު ތަކުގައި ހިތްވަރާ އެކު މަސައްކަތް ކުރާނެ ޑިމޮކްރަޓިކް ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް އޭނާ އެހީތެރިވާނެ ކަމަށާއި، އެކަމަށް މަސައްކަތް ވެސް ކުރައްވާނެ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 05:52
މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 2028 ވަަނަ އަހަރު ވާދަ ކުރެއްވުމަކީ، މިވަގުތު އޭނާގެ އަމާޒެއް ނޫން ކަމަށް، އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.

ކަމަލާ މިހެން ވިދާޅުވެފައި ވަނީ އެމްއެސްއެންބީސީގެ ރޭޗަލް މެޑޯއާ އެކު ކުރިއަށް ގެންދިޔަ އިންޓަވިޔުގަ އެވެ. އެ އިންޓަވިޔުގައި ކަމަލާއާ ސުވާލު ކޮށްފައި ވަނީ، އަނެއްކާ އަލުން 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަންތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ކަމަލާ ވިދާޅުވެފައި ވަނީ، އެއީ މިވަގުތު އެއްވެސް ގޮތަކަށް އޭނާގެ އަމާޒެއް ނޫން ކަމަށެވެ.

މިއަހަރުގެ ޖުލައި މަހު ކަމަލާ ވަނީ ކެލިފޯނިއާގެ ގަވަރުނަރު ކަމަށް އޭނާ ކުރިމަތި ނުލައްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ކަމަލާ އެކަން އިއުލާން ކުރެއްވުމުގެ ކުރިން، ބައެއް މީޑިއާ ތަކުގައި ވަނީ ކެލިފޯނިއާގެ ގަވަރުނަރު ކަމަށް ކަމަލާ ވާދަ ކުރައްވަން ޝައުޤުވެރިކަން ގެންގުޅުއްވާ ކަމަށް ބުނެފަ އެވެ.

ކަމަލާ ވިދާޅުވީ މިވަގުތު އޭނާގެ ލީޑާޝިޕް އަދި ޚިދުމަތް ކުރުން އިންތިޚާބީ މަގާމަކުން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާގެ އެކި ކަންކޮޅު ތަކުގައި ހިތްވަރާ އެކު މަސައްކަތް ކުރާނެ ޑިމޮކްރަޓިކް ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް އޭނާ އެހީތެރިވާނެ ކަމަށާއި، އެކަމަށް މަސައްކަތް ވެސް ކުރައްވާނެ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ކަމަލާ އެހެން ވިދާޅުވުމާ އެކު، އަނެއްކާ ވެސް ވަނީ އޭނާ އަށް އިތުރު ސުވާލެއް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން އެއީ ކެލިފޯނިއާގެ ގަވަރުނަރު ކަމަށް ކުރިމަތި ނުލައްވަން ވިދާޅުވި ވާހަކައެއްތޯ، ނުވަތަ އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރައްވަން ކުރި އިއުލާނެއްތޯ ވަނީ ސުވާލު ކޮށްފަ އެވެ.

އެއާއެކު ކަމަލާ ވިދާޅުވީ އެއީ އޭނާގެ ކުރިމަތީގައި އޮތް ކަމެއް ކަމަށާއި، އޭނާ ނިންމެވީ ކެލިފޯނިއާގެ ގަވަރުނަރު ކަމަށް ކުރިމަތި ނުލައްވަން ކަމަށެވެ. އެ އިންޓަވިޔުގައި ކަމަލާ ވިދާޅުވެފައި ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓަށް ވަރަށް ގިނަ ރަނގަޅު ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށެވެ.

ކަމަލާ އަކީ އެމެރިކާގެ ތާރީޚުގައި ނައިބު ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. ކުރީގެ ރައީސް ޖޯ ބައިޑަންގެ ނައިބު ރައީސް އަކަށް ހުންނަވައި، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކަމަލާ ވާދަ ކުރެއްވި އެވެ. ނަަމަވެސް އިންތިޚާބުގައި ވަނީ، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާދަ ކުރައްވައި ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ކަމަލާ ގެންގުޅުއްވަ އެވެ. ނަމަވެސް، މިވަގުތު އެކަމާ ގުޅޭ ގޮތުން ކަމަލާ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވަނީ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: ނިއު ޔޯކް ޓައިމްސް

ކަމަލާ ހެރިސްއެމެރިކާޑިމޮކްރެޓިކް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު