Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޙްމަދު ސަޢީދު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު 4 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި

ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 11:14
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މީގެ ކުރިން ހުންނެވި ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މީގެ ކުރިން ހުންނެވި ސައީދު

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް އާދިއްތަ ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުށް ސާބިތުވުމާ ގުޅިގެން ގާޒީ ވަނީ ސައީދު 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް ދައުލަތުން އެދުނީ 1 އަހަރާ 7 މަހުގެ ހުކުމެއް އިއްވައިދިނުމަށެވެ.

މި ދައުވާ އަކީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާ އެކެވެ.

ސައީދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު) ގެ 513 ވަަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ މައްޗަށެވެ.

ސެޓްލްމަންޓް ހެދި އެއްބަސްވުމަކީ ސައީދު މަގާމާ ހަވާލު ވުމުގެ ކުރިން، ޖެނުއަރީ 30، 2018 ގައި ހެދި އެއްބަސްވުމެކެވެ. އެއްބަސްވުމުގެ މަގްސަދެއް ކަމަށް ވަނީ ފެނަކައިގެ އިމޭޖު ރީތިކޮށް، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރުމެވެ.

އެ އެއްބަސްވުމުގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގެއްގެ މައްޗަށް ކުރި އަށް ގެންދިޔަ މި ޝަރީއަތުގައި، ސައީދު ކުރި ކުށެއް ކަމަށް ފާހަގަ ކޮށްފައިވަނީ، 2019 ވަނަ އަހަރުގެ އޭޕްރީލް 25 ގައި ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމެވެ.

ސައީދުގެ އިތުރުން މި މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.

ސައީދުގެ މައްޗަށް ކުރިއަށް ދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ބުނެފައި ވަނީ، މި އެއްބަސްވުން އެކުލަވާލަން ނިންމީ، އެއްބަސްވުމާ އެއް ގޮތަށް ބްލޭޒަން އިން ކުރި އެއްވެސް މަސައްކަތެއް ފެންނަ ލިޔުމެއް ނޫނީ ބާރުދޭ އެހެން އެއްވެސް ހެއްކެއް ނެތި ކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުމަކާއި ރިޓެއިނާ އެއްބަސްވުމަކަށް ދާން ޖެހުނު ސަބަބު ސާފުކޮށްދެމުން ކޯޓުގައި ސައީދު ބުނެފައި ވަނީ، އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާނީ ގާނޫނީ ލަފާގެ މަތިން ކަމަށާއި، ބްލޭޒަން އަށް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރެވުނީ ފެނަކަ އިން ދޭން ޖެހޭ އެއްބާރުލުން ނުދީގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއްބަސްވުން އުވާލައިގެން ބްލޭޒަން އިން ކޯޓަށް ގޮސްފި ހާލަތެއްގައި އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކަ އަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

މި މައްސަލައިގައި ސައީދު ވަނީ ދިފާއި ހެކިންގެ ގޮތުގައި އޭނާ އަށް ގާނޫނީ ލަފާ ދިން ފެނަކައިގެ އޭރުގެ ލީގަލް ހެޑު އަހުމަދު އާރިފާއި އެ ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އަމްޖަދު އަހުމަދު ހުށަހަޅާފަ އެވެ. މި ދެ މީހުން ވެސް ވަނީ އެ ގޮތަށް ލަފާ ދިން ކަމަށް ކޯޓުގައި ބުނެފަ އެވެ.

އެހެން ނަމަވެސް ގާޒީ ވަނީ މި މީހުންގެ ހެކިބަހާއި ތަހުގީގު ބަޔާންތަކާއި ކޯޓުގައި ދެއްކި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ބްލޭޒަންއިން މަސައްކަތް ކުރިކަން ކަށަވަރު ކުރުމަކީ ސައީދުގެ ޒިންމާ އެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަރަށް ހަލުއި ސްޕީޑުގައި މި މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރި އަށް ގެންދަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ފެނަކައިގެ ޚާއްސަ އޮޑިޓެއް ހަދައި ރިޕޯޓެއް ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައެވެ. އެ ރިޕޯޓުގައި ވެސް އެ ކުންފުނީގެ ފައިސާ އާއި ޚިދުމަތް ހޯދުމާ ގުޅޭ ގިނަ މައްސަލަ ތަކެއް ވަނީ ފާހަގަ ކޮށްފައެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން އާދިއްތަ ވިލޭރޭ ސައީދު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އޭނާ ހަވާލުވި ދުވަހުން ފެށިގެން 17 ނޮވެމްބަރ 2023 ގެ ނިޔަލަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައި ވާނީ، ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން، ކުންފުނީގެ ބޯޑުން އެކަށައަޅުއްވާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ. އަދި އެ ގޮތާއި ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއްވިޔަސް ދީފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށެވެ.

އަޙްމަދު ސަޢީދުފެނަކަބްލޭޒަންކްރިމިނަލް ކޯޓްކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު