Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒު ދިމްޔާތުގެ 15 ބުރީގެ އިމާރާތް ބޭންކު ލޯނެއް ނުނަގާ ހެއްދެވީ ކިހިނެއްތޯ އާޒިމު ކުރެއްވި ސުވާލަށް ތަރުޖަމާނުގެ ބަހެއް ނެތް

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވަނީ އެކްސްގައި ރައީސް މުއިއްޒަށް ސުވާލުތަކެއް ކުރައްވާފަ

ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 06:55
ކުރީގެ މެމްބަރު އާޒިމް ވަނީ ރައީސް މުއިއްޒު އަށް އަމާޒު ކުރައްވާ މުހިންމު ސުވާލުތަކެއް ކުރައްވާފައި

ކުރީގެ މެމްބަރު އާޒިމް ވަނީ ރައީސް މުއިއްޒު އަށް އަމާޒު ކުރައްވާ މުހިންމު ސުވާލުތަކެއް ކުރައްވާފައި

ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތު - ބޭންކު ލޯނެއް ނުނަގާ 15 ބުރިއަށް ހެއްދެވީ ކިހިނެއްތޯ އައްސަވާ އަލީ އާޒިމް ސޯޝަލް މީޑިއާ ގައި ކުރެއްވި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

ސެޕްޓެމްބަރު 18 ވަނަ ދުވަހު އެކްސް ގައި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އާޒިމް ވަނީ "ސީރިއަސް ސުވާލުތަކެއް" ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އަށް އަމާޒު ކުރައްވާ ސުވާލުތަކެއް ކުރައްވާފައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ "ސީީރިއަސް ސުވާލުތަކަށް އަދިވެސް ވަނީ ޖަވާބު ނުލިބި ކަމުގައެވެ.

އާޒިމް އައްސަވާފައި ވަނީ ދިމްޔާތުގައި 15 ބުރީގެ އިމާރާތެއް އެއްވެސް ބޭންކް ލޯނެއް ނެތި އެޅީ ކިހިނެއްތޯ އާއި ރައީސް މުއިއްޒު ވަޒީރުކަމުގެ ދައުރުގެ ފަހު ދެ އަހަރު ތެރޭގައި އެމަނިކުފާނުގެ ބޭންކް އެކައުންޓަށް 5 މިލިއަން ވަންނަން ޖެހުނީ ކިހިނެއްތޯ އެވެ.

އޭގެ އިތުރުން "ނޫމަޑި" ޑީލުން" އެމަނިކުފާނަށް ލިބިވަޑައިގަތީ ކިހާވަރެއްތޯ ވެސް ވަނީ އައްސަވާފައެވެ.

އާޒިމުގެ ސުވާލުތައް ނިންމާލައްވަމުން ވިދާޅުވީ، "މި ސުވާލުތަކަށް ހާމަކަން ބޮޑު ގޮތެއްގައި ޖަވާބު ނުދޭހާ ހިނދަކު، ދިވެހި ރައްޔިތުން މަނިކުފާނަށް ވައްކަމާއި، ކޮރަޕްޝަނާއި، އަނިޔާވެރި ވެރިޔެކޭ،" ގޮވުން ހައްގު ވެގެން ވާ ކަމުގައެވެ.

ރައީސް މުއިއްޒުގެ ގެކޮޅު ހެއްދެވި ގޮތާ ބެހޭ ގޮތުން ސުވާލު އުފެދޭ ގޮތައް މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އާޒިމްގެ މި ޕޯސްޓާ ގުޅިގެން ރައީސް މުއިއްޒުގެ ފަރާތުން ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ކޮމެންޓަކަށް ސެޕްޓެމްބަރު 18 ވަނަ ދުވަހު ފޮނުވި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް މުއިއްޒުމ.ދިމްޔާތުއަލީ އާޒިމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު