Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒު

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

ރައީސް މުއިއްޒުގެ ބިއްލޫރި ޓަނަލާއި ރަސްމާލޭގެ ހުވަފެން މިއަދު ވަނީ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފައެވެ. ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ވަޢުދުވި މަޝްރޫޢުތައް ނުފެށި، އަމަލީ މަސައްކަތެއް ނުފެށި، ހަމައެކަނި ވާހަކަތަކުގެ ތެރޭގައި މިވަނީ އޮއްސިފައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ބިއްލޫރި ޓަނަލް އަކީ މުޅިން ހިޔާލީ މަޝްރޫއެއްކަން ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ ހާމަކުރައްވާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 14:31
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދަނީ އަމަލީ ސިފައެއް ނުޖެހޭ އެތަކެއް ވައުދެއް ވަމުން

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދަނީ އަމަލީ ސިފައެއް ނުޖެހޭ އެތަކެއް ވައުދެއް ވަމުން

ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ޕޯޑިއަމްތަކުގައި ދައްކަވަން ފެއްޓެވި ވާހަކަތަކުން ހިވީ އިސާހިތަކު ދިވެހިރާއްޖޭގެ ރަށްތަކުގެ އާނުގަނޑުން ތަރައްގީގެ އާރުތައް ބާނިލާ ކެކިގެން އަރައިގަނެފާނެހެންނެވެ. ދިވެހި ގައުމީ ދިދަޔާ މުޚާތަބުކުރައްވައި ކުޅުއްވި "ކުރު ފިލްމުން"، ރައީސް މުއިއްޒަކީ ދިވެހިންގެ ގައުމިއްޔަތާ ސިޔާދަތާ މިނިވަންކަން ހިމާޔަތްކުރުމަށް ނިކުމެ ހުރި ވަރުގަދަ ފަހުލަވާނެއް ކަމަށް ހަމަ ހަގީގަތުގައިވެސް ގަބޫލުކުރި ބަޔަކު އޭރު އުޅުނެވެ. ތުރުކުރައްވައިގެން ހުންނެވި ދީނީ ތާކިހަލުގެ ޚައިބަތު ބޮޑުކަމުން އެމަނިކުފާނުގެ ދޫފުޅުން ބޭރުވާ ކޮންމެ ބަހަކީ، ކަން ކޮންމެ ގޮތަކަށް އޮތަސް އަސްލު ކަމުގައި ގަބޫލުކުރި މައުސޫމު ރައްޔިތުންތަކެއް އުޅުނެވެ.

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަސްވަރުވެސް ރައީސް މުއިއްޒު ދިވެހި ރައްޔިތުން ގޮވައިގެން ނިކުންނެވީ މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ޤާއިމްކުރެވޭ އަންޑަރވޯޓަރ ޓަނަލްގައި އުއްމީދުން ފުރިގެންވާ ދަތުރެއް ކުރެއްވުމަށެެވެ. އެޓަނަލްގައި ދުއްވާ ރޭލުގެ ސަބަބުން ދަތުރުކޮށްފައި ދާއިރު، ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެނެއެވެ. އެ ޓަނަލުގެ މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާއެކީ ވަނީ ފީސިބިލިޓީ މަސައްކަތް ފަށާފައި ކަމާއި، މިއީ ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވާނެ މަޝްރޫއު އެއް ކަމަށް މީގެ 20 މަސް ދުވަސް ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ދުނިޔޭގައި އަދި އީޖާދުވެސް ކޮށްފައިނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އަޅާ ކަނޑުއަޑީގެ މި ބިއްލޫރި ޓަނަލްއިން ގުޅާލަން ނިންމާފައިވަނީ އަދި ވުޖޫދުގައިވެސް ނެތް 1200 އެއްހާ ހެކްޓަރުގެ ބޮޑު މުޅިން އާ ސީޓީއެއްކަމަށްވާ ރަސްމާލެއެވެ.

ކ އަތޮޅު ގުޅި ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ރަސްމާލެ ވެގެންދާނީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަކަށް ތަރައްޤީކުރާ، ޒީރޯ ކާބަން ރަށެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި އެތަނުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އިންޖީނުލީ އުޅަނދު އެތަނުގައި ދުއްވުން މަނާވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުން ކައިރީ ވިދާޅުވެފަ އެވެ. އަދި އެމަޝްރޫއު އާއި އެކު ހުރިހާ ދިވެހީންގެ ބޯހިޔާވެހިކަމުގެ މައްސަލަތައް ހައްލުވާނެ ކަމުގެ ހުވަފެންވެސް ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ދައްކާފަ އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދަށުން، 1153 ހެކްޓަރުގެ ބިން 8 މަސް ދުވަސްތެރޭ ހިއްކާނެ ކަމަށާއި ރަސްމާލެއިން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް އެޔަށް ފަހު ދޫކުރާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒުވަނީ ހިޔާލީ ގަނޑުވަރުތަކެއް ދިވެހީންނަށް ބިނާކޮށްދެއްވާފަ އެވެ.

މިފަދަ ބޮޑު މަޝްރޫއު އެއް ހިންގަވަން އުޅުއްވާތީ ހިތް އުފަލުން ފުރާލައިގެން ތިބި ރައްޔިތުން އަދި އިތުރަށް ހެއްވާލީ، މި މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން އެންމެ ފައިސާ ފޮތްޗެއް ވެސް ހަރަދު ނުވާނެ ކަމަށް، ފަހުރުވެރިކަމާ އެކު ރައީސް މުއިއްޒު ވިދާޅުވުމުންނެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ގޮސް، ރައީސް އެ ވިދާޅުވި 8 މަސް ދުވަސް ފަހަނައަޅައި ހިނގައްޖެ އެވެ. އެހިސާބުން ރައީސް މުއިއްޒު ކުރިން ވިދާޅުވިހާ ޅެން ފަރިއްސައް ބަދަލުވުމުގެ ކޮޅުމަތި ރައްޔިތުންނަށް ފެންނަން ފެށި ކަހަލައެވެ. މުޅި ދައުލަތް އެއްތަނަކަށް އެއްކޮށް ފައްޓަވައިދެއްވި މަޝްރޫއުގެ ބިން ހިއްކުމުގެ 4 އިންސައްތަވެސް މިހާތަނަށް ފުރިހަމަ ވެފައެއް ނުވެއެވެ. އެތައް ލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެއްޓެވި މަޝްރޫއުގެ ކޮންޓްރެކްޓަރުން ބަދަލުވެ އުއްމީދު ކުރިގޮތައް އެންމެ ހައިމާކެއްގެ ދަތްގަނޑުވެސް ގުޑާނުލާ ކަހަލައެެވެ. ދައުލަތުގެ މާލިއްޔަތުން ލޯ ލާރިއެއްވެސް ހަރަދު ނުކުރާނެކަމަށް ވައުދުވެ ވަޑައިގެން ފެއްޓެވި މަޝްރޫއު ކުރިޔަށް ނުގެންދެވިގެން އެންމެ ފަހުން ދައުލަތުގެ ބަޖެޓުން ކޮންމެ ގޮތެއް ހަދައިގެންވެސް، މަޝްރޫއު ކުރިއަށް ގެންދެވުމަށް މާލީ ވަޒީރަށް އެންގެވިއެވެ.

ބިއްލޫރި ޓަނަލަކީ ރައީސް ރައްޔިތުންނާ ސަމާސާކޮށްލަން ދެއްކި ވާހަކައެއް ކަމަށް ކޮންސްްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވަނީ ސިފަކުރައްވާފައެވެ. ބިއްލޫރީ ޓަނަލާ ބެހޭގޮތުން މުއްތަލިބު ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައި ނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ކަމެއް ތަސައްވުރު ކުރުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ ފަދަ މުހިންމު ސިފައެއް ކަމަށެވެ.

"މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، އޯޕަން ސީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާއިން ހަނދަށް ދިޔުމަށް ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރުގެ މި ވިދާޅުވުމާއެކު ގިނަ ބަޔަކު ސިފަކުރީ އެދުވަހު ރައީސް މުއިއްޒު އަޑަަށް ބާރުލާފައި، ނިއްކުރިޔަށް ރުލެއްވެސް އަރުވާނުލާ ބިއްލޫރި ޓަނަލަކޭ ވިދާޅުވެ އިތުރުފުޅުހެއްދެވި ކަމުގައެވެ.

ސަތޭކަ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ރައީސް މުއިއްޒުގެ ސަރުކާރުން ފެންފޮދަކާނުލާ ދިރުވާލާފަވާއިރު ތަރައްގީއެކޭ ބުނާވަރުގެ މަޝްރޫއެއް ހިނގަންޖެހޭ ހަގީގީ މާނައިގައި މި ދިވެހިރާއްޖޭގައި ނުހިނގާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށްދަނީ ވިދާޅުވަމުންނެވެ. ސަރުކާރަށް 2 އަހަރު ވާން ކައިރިވެފައިވާއިރު ސަރުކާރުން ވެފައިވާ ތަރައްގީގެ ބޮޑު އެއްވެސް ވައުދެއްގައި އަމަލީ ސިފަޖެހިފައި ނުވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ރަަށްރަށަށް ވަޑައިގެން ވައުދު ލިސްޓު އިރުތު ކުރައްވަމުންނެވެ. އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ވައުދުތައް ވަމުން ގޮސް ރައީސް މުއިއްޒު މިހާރު ހުންނެވީ ކޮންމެ ދެމަފިރިޔަކަށް އެއާރޕޯޓެއް އަޅައިދީ، ކޮންމެ ގޭބިސީއެއްގައި އޭޓީއެމް މެޝިނެއް ބަހައްޓާ ހިސާބުގައި ކަމަށް ގިނަބަޔަކު ސިފަކުރެއެވެ.

ރައީސް މުއިއްޒުރަސްމާލެބިއްލޫރި ޓަނަލްވަޒީރު މުއްތަލިބުފުށިދިއްގަރު ފަޅުބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު