Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ރަނިންމޭޓަކަށް ވޯލްޒް އަކީ ކަމަލާގެ ފުރަތަމަ ޗޮއިސްއެއް ނޫން!

ބުޓިޖިޖަކީ އަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ، މަސައްކަތްތެރި އަދި އެހާމެ ރަނގަޅު މީހެއް ކަމަށް ކަމަލާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، އޭނާ އަކީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއީދު ކުރާ މީހަކަަށް ވާތީ، އެވަރުގެ ބޮޑު ރިސްކެއް ނަގަން ބޭނުންފުޅު ނުވީ ކަމުގައި ކަމަލާ ވިދާޅުވެފައިވެ އެވެ.

ކަމަލާ ހެރިސް ވިދާޅުވެފައިވަނީ ޕީޓް ބުޓިޖިޖަކީ އޭނާގެ ރަނިންގ މޭޓަކަށް ހޮވަން ބޭނުންވި ފުރަތަމަ ޗޮއިސް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:19
2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކަމަލާ ހެރިސް އަދި އޭނާގެ ރަނިންމޭޓް ޓިމް ވޯލްޒް

2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކަމަލާ ހެރިސް އަދި އޭނާގެ ރަނިންމޭޓް ޓިމް ވޯލްޒް

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސް ޕާޓީ އިން ވާދަ ކުރެއްވި އޭރުގެ ނައިބު ރައީސް ކަމަަލާ ހެރިސްގެ، ރަނިންމޭޓަށް ހަމަޖެއްސި ޓިމް ވޯލްޒް އަކީ ފުރަތަމަ ޗޮއިސް ނޫން ކަމަށް ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ތަޖުރިބާތައް ހިއްސާ ކުރައްވައި ކަމަލާ ލިޔުއްވާފައިވާ "107 ދުވަސް" ފޮތުގައި ބުނެފައި ވަނީ، ރަނިންމޭޓަށް ހަމަޖެއްސި ވޯލްޒް އަކީ އޭނާގެ ފުރަތަމަ ޗޮއިސް ނޫން ކަމަށެވެ.

އެގޮތުން ކަމަލާ ވިދާޅުވެފައި ވަނީ، އޭނާގެ ފުރަތަމަ ޗޮއިސް އަކީ ޕީޓް ބުޓިޖިޖަކީ ކަމަށެވެ. ބުޓިޖިޖަކީ އަކީ އެމެރިކާގެ ރައީސް ކަމުގައި ޖޯ ބައިޑެން ހުންނެވިއިރު، އެ ދައުރުގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފަރާތެވެ.

ރިޔާސީ ރޭހުން ވަކިވެ ވަޑައިގަންނަވަން ބައިޑެން ނިންމެވުމުން، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުނީ ކަމަލާ އަށެވެ. އެއާއެކު، ކަމަލާ އޭނާގެ ރަނިންމޭޓަށް ހަމަޖައްސަން ފުރަތަމަ ބޭނުންފުޅުވީ ބުޓިޖިޖަކީ އެވެ. އޭނާ އަށް ނިސްބަތް ކުރައްވާ ކަމަލާ ވިދާޅުވީ އެއީ "ވަރަށް އައިޑިއަލް" ރަނިންމޭޓެއް ކަމަށެވެ. އެހެން ނަމަވެސް، އޭނާ އަކީ ދޮން ނަސްލުގެ މީހެއް ކަމަށް ކަމަލާ ވިދާޅުވި އެވެ.

ކަމަލާ ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައްޔިތުންގެ ކިބައިން ވަރަށް ގިނަ ކަންތައްތަކަށް އެދެމުން ދިޔަ ކަމަށެވެ. އެގޮތުން ޔަހޫދީ ނަސްލަށް ނިސްބަތްވާ ދޮން ނަސްލުގެ ފިރިހެނަކާ ކައިވެނި ކޮށްގެން އުޅޭ، ކަޅު ނަސްލުގެ އަންހެނެއް ޤަބޫލު ކުރަން އެދެމުން ދިޔަ ކަމުގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ރަނިންމޭޓަކަށް ބުޓިޖިޖަކީ ހަމަޖައްސަން އޭނާގެ ހިތް ބޭނުންވީ، އެކަމާ ނުވިސްނައި ކުރިއަށް ދާން ކަމަށް ކަމަލާ ވިދާޅުވި އެވެ.

އެކަމަކު އެ ވިސްނުން ދޫކޮށްލެއްވީ އެކަމުގެ ރިސްކު އެނގިވަޑައިގަންނަވާތީކަން ފާހަގަ ކުރައްވައި ކަމަލާ ވިދާޅުވީ، އެއީ ވަރަށް ބޮޑު ރިސްކެއް ކަމަށެވެ. ބުޓިޖިޖަކީ އަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ، މަސައްކަތްތެރި އަދި އެހާމެ ރަނގަޅު މީހެއް ކަމަށް ކަމަލާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، އޭނާ އަކީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއީދު ކުރާ މީހަކަަށް ވާތީ، އެވަރުގެ ބޮޑު ރިސްކެއް ނަގަން ބޭނުންފުޅު ނުވީ ކަމުގައި ކަމަލާ ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ރަނިންމޭޓަކަށް ބުޓިޖިޖަކީ ހަމަޖެއްސުމުގެ ވިސްނުން ކަމަލާ ދޫކޮށްލެއްވީ އެވެ. އެއަށް ފަހު އޭނާ ވަނީ ރަނިންމޭޓަކަށް ވޯލްޒް ހަމަޖައްސައިފަ އެވެ. ވޯލްޒް އަކީ މިނެސޯޓާގެ ގަވަރުނަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދިޔަ ފަރާތެކެވެ.

މިދިޔަ އަހަރު އޮތް އިންތިޚާބުގައި ކަމަލާ އަދި ވޯލްޒް ވާދަކުރެއްވި ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް އަދި އޭނާގެ ރަނިންމޭޓް ޖޭޑީ ވޭންސްއާ ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެފަ އެވެ.

މަސްދަރު: ނިއުސްވީކް

ކަމަލާ ހެރިސްޕީޓް ބުޓިޖިޖްޓިމް ވޯލްޒްޑިމޮކްރެޓިކް ޕާޓީ107 ދުވަސް ފޮތްއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު