Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ސައުދީ އިން ގޮވާލީ ހުރިހާ ޤައުމަކުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް

23 ސެޕްޓެމްބަރު 2025 | އަންގާރަ 08:18

އެ ބައްދަލުވުމުގެ ނަތީޖާތައް ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރާނެ ކަމަށާއި، އޭގެ ތެރޭގައި ޣައްޒާ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްޠީން ދައުލަތް ޤަބޫލުކުރުމަށް ސަޢޫދީ ޚާރިޖީ ވަޒީރު އެންމެހާ ޤައުމުތަކަށް ގޮވާލައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 08:18
ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބޭއްވި ސަމިޓުގައި ސައުދީގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވަނީ

ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބޭއްވި ސަމިޓުގައި ސައުދީގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވަނީ

ހުރިހާ ޤައުމަކުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުޙާން ގޮވާލައްވައިފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ ދެ ދައުލަތުގެ ޙައްލު ތަންފީޒު ކުރުމާ ގުޅޭ މަތީ ފެންވަރުގެ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެ ފިޔަވަޅު ތަކަކީ ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް ފްރާންސް އިން ނިންމާފައިވާ ތާރީޚީ ނިންމުމާއި، އެހެން ގިނަ ޤައުމު ތަކުން ވެސް އެކަމުގައި ނިންމާފައިވާ ނިންމުން ތަކަކީ ފަލަސްޠީނު ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ބޭނުންތެރިންކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ސައުދީގެ ޚާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ އެ ބައްދަލުވުމުގެ ނަތީޖާތައް ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރާނެ ކަމަށާއި، އޭގެ ތެރޭގައި ޣައްޒާ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީގެ ޚާރިޖީ ވަޒީރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، 1967 ވަނަ އަހަރުގެ ބޯޑަރު ތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމް އަކީ ފަލަސްޠީނުގެ ވެރިކަން ކުރާ ސިޓީގެ ގޮތުގައި ހަމަޖައްސައިގެން ދެ ދައުލަތުގެ ޙައްލެއް ގެނައުމަށް ސައުދީ އަރަބިއްޔާ އިން ގޮވާލާ ކަމަށެވެ.

އދ ގެ އެ ބައްދަލުވުން ޗެއާ ކޮށްފައި ވަނީ ފްރާންސް އާއި ސައުދީ އަރަބިއްޔާ އިންނެވެ. އެ ބައްދަލުވުމުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަަލއިގަނެ، އެކަން އިއުލާން ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އަމީރު ފައިޞަލްފަލަސްޠީނު ދައުލަތްސައޫދީ އަރަބިއްޔާޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
15 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް