Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއެންޓް

ބޮޑު ތަފާތަކުން މޮޅުވެ، ނިއުރޭޑިއަންޓް ފެންވަރު ދައްކާލައިފި

ނިއު ރޭޑިއަންޓުގެ މި ވަރުގަދަ ފެށުމަކީ، މިފަހަރުގެ ލީގު ވާދަވެރި ވެގެންދާނެ ކަމުގެ ނިޝާނެއް ކަމުގައި ފުޓުބޯޅައަށް ލޯބިކުރާ މީހުން ދެކެއެވެ.

ހަތް އަހަރަށްފަހު ޕްރިމިއާ ލީގަށް އެނބުރި އައިސް މިފަދަ ނަތީޖާއެއް ހޯދުމަކީ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންގެ ބުރަ މަސައްކަތުގެ ނަތީޖާ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 05:04
ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ އަލީ ފާސިރު ސެންޓޭ

ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ އަލީ ފާސިރު ސެންޓޭ

ހަތް އަހަރުގެ ދިގު މުއްދަތަކަށްފަހު ދިވެހި ޕްރިމިއާ ލީގުން ޖާގަލިބުނު ނިއު ރޭޑިއަންޓުން، އެ ޓީމުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ޓީސީ އާ ދެކޮޅަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއެއް ހޯދައިފިއެވެ. މި މޮޅުވުމާއެކު ނިއު ރޭޑިއަންޓުން ވަނީ މި ސީޒަންގައި އެ ޓީމުގެ ވަރުގަދަކަން ދައްކާލާފައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން ވަނީ މެޗު ފެށުނީއްސުރެ ނިމެންދެން ހިތްވަރުދީ، ބެރު ދުންމާރީގެ އަޑުން މުޅިދަނޑު ގުގުމާލާފައެވެ. މި ހިތްވަރާއެކު ނިއު ރޭޑިއަންޓުގެ ކުޅުންތެރިން ވަނީ ފުރިހަމަ ޕަފޯމަންސްއެއް ދައްކާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިރުފާނެވެ. ރިހާމް އަބްދުލް ޣަނީ (ބޮބީ) ގެ ފުރިހަމަ ޕާހަކުން ލިބުނު ބޯޅަ އިރުފާނު ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފައެވެ. އޭގެ ފަހުން 39 ވަނަ މިނިޓްގައި ސެންޓޭ ވަނީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ދެވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ ތިންވަނަ ލަނޑު ނިއުއިން ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ސެންޓޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާއެވެ.

ދެވަނަ ހާފުގައިވެސް ނިއު ރޭޑިއަންޓުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ. ހާފު ފެށިގެން ތިންވަނަ މިނެޓްގައި ސެންޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. 74 ވަނަ މިނެޓްގައި ހަސަން އަޒޫމް އަލީ އަދި 86 ވަނަ މިނެޓްގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ.

ނިއު ރޭޑިއަންޓުގެ މި ވަރުގަދަ ފެށުމަކީ، މިފަހަރުގެ ލީގު ވާދަވެރި ވެގެންދާނެ ކަމުގެ ނިޝާނެއް ކަމުގައި ފުޓުބޯޅައަށް ލޯބިކުރާ މީހުން ދެކެއެވެ. ހަތް އަހަރަށްފަހު ޕްރިމިއާ ލީގަށް އެނބުރި އައުމަށްފަހު މިފަދަ ނަތީޖާއެއް ހޯދުމަކީ އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުގެ މަސައްކަތުގެ ނަތީޖާ ކަމުގައި ފާހަގަކުރެވެއެވެ.

ނިއުރޭޑިއެންޓްޓީ.ސީގަލޮޅު ދަނޑުސެންޓޭޕްރިމިއަރ ލީގުގޯމޭސް ޑަ ސިލްވާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު