Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޤަރާރު އެމެރިކާ އިން ވީޓޯ ކޮށްފި

ޖުމުލަ 15 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ވަނީ އެ ޤަރާރަށް ތާއީދު ކޮށްފަ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން އެ ޤަރާރު ވީޓޯ ކުރުމާ ގުޅިގެން، އެ ޤަރާރު ފާސް ކުރެވޭ ގޮތެއް ނުވި އެވެ.

އެމެރިކާއިން ގާޒާއަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުނު އދ ގެ ޤަރާރު ވީޓޯކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 08:23
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ޤަރާރު އެމެރިކާގެ މޯގަސް އޯޓަގަސް ވީޓޯ ކުރަނީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ޤަރާރު އެމެރިކާގެ މޯގަސް އޯޓަގަސް ވީޓޯ ކުރަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށާއި، އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ ގެ ސާލަމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު އެމެރިކާ އިން ވީޓޯ ކޮށްފި އެވެ.

މިއީ ޣައްޒާ ހަނގުރާމައާ ގުޅިގެން އެމެރިކާ އިން ވީޓޯ ކުރި ހަ ވަނަ ޤަރާރެވެ.

ޖުމުލަ 15 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ވަނީ އެ ޤަރާރަށް ތާއީދު ކޮށްފަ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން އެ ޤަރާރު ވީޓޯ ކުރުމާ ގުޅިގެން، އެ ޤަރާރު ފާސް ކުރެވޭ ގޮތެއް ނުވި އެވެ.

އެ ޤަރާރުގައި ގޮވާލާފައި ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ވަގުތުން ހުއްޓާލުމާ އެކު، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން މިނިވަން ކުރުމަށެވެ.

ޑެންމާކް އިން އދ އަށް ކަނޑައަޅާފައިވާ ސަފީރު ކްރިސްޓީނާ މާކަސް ލާސެން ވިދާޅުވެފައި ވަނީ، ޣައްޒާގައި މިހާރު އޮތީ ބަނޑުހައު ހޫނު ކަމުގެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައި ކަމަށެވެ. ހަމަ އެހެންމެ، އިސްރާއީލް އިން ޣައްޒާ ސިޓީގައި ކުރަމުން ގެންދާ ހަނގުރާމައުގެ އަމަލުތައް އިތުރު ކުރުމާ ގުޅިގެން، އާންމު ރައްޔިތުންގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާ އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު މޯގަން އޯޓަގަސް ވިދާޅުވީ މި ޤަރާރުގައި ހަމާސް އެކަށީގެންވާ މިންވަރަށް ކުށްވެރި ކޮށްފައި ނުވާ ކަމަށާއި އިސްރާއީލުގެ އަމިއްލަ ދިފާއުގައި ހަރަކާތްތެރި ވުމުގެ ހައްގު އެކަށީގެންވާ ގޮތެއްގައި ބަޔާން ކޮށްފައި ނުވާ ކަމުގައެވެ.

އދ. ގެ އިންސާނީ އެހީގެ އޮފީހުން އިންޒާރު ދެމުންދަނީ އިސްރާއީލުގެ ހަނގުރާމަ ފުޅާވަމުންދާއިރު ޣައްޒާ ސިޓީގެ މަދަނީ ރައްޔިތުންގެ އެންމެ ފަހު އުންމީދުތައްވެސް ނެތިގެންދާ ކަމަށެވެ.

ޣައްޒާ އާ މެދު ކަން ކުރަމުންދާ އަނިޔާވެރިކަމާ ހެދި ދުނިޔޭގެ މަސްރަހުގައި އިސްރާއީލް އާއި އެ ގައުމުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އެކަހެރިވެ ބާކީވަމުންދާ ކަން ފާހަގަ ކުރެވެއެވެ.

ވޯޓުލުމުގެ ކުރިން އޯޓަގަސް ވިދާޅުވީ ވޮޝިންގްޓަނުން މި ގާރާރާ އިދިކޮޅުވުން "ހައިރާންވާންޖެހޭ ކަމަކަށް ވެގެން ނުވާނެ" ކަމަށެވެ.

"މި ޤަރާރުގައި ހަމާސް ކުށްވެރިކޮށްފައި ނުވުމާއި އިސްރާއީލްގެ ދިފާއީ ހައްގު ފާހަގަކޮށްފައި ނުވުމާއެކު، މި ކައުންސިލްގައި ހަމާސްއަށް ފަހިވާ ގޮތައް ދޮގު ވާހަކަތަކަށް ބާރުދީފައިވާކަން ހިތާމައާއެކު ފާހަގަކުރަން" އޭނާ ވިދާޅުވިއެވެ.

ވޯޓުލުމަށްފަހު އދ. ގެ މެންބަރުން ވަނީ ގަރާރު ފާސް ނުވުމުން އެކަމާ ހިތާމަ ފާޅުކޮށްފައެވެ.

އދ. އަށް ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ އެމެރިކާ ގެ ނިންމުމަކީ "ވަރަށް ހިތާމަވެރި އަދި ވޭންދެނިވި" ނިންމުމެއް ކަމަށާއި، މި އަނިޔާވެރިކަމާ ދެކޮޅަށް ސެކިއުރިޓީ ކައުންސިލަށް، އެ ކައުންސިލުގެ ދައުރު އަދާކުރުން ހުއްޓިފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ސަފީރު އާސިމް އަހްމަދު މި ވީޓޯ އަކީ "މި މަޖިލީހުގެ އަނދިރި ވަގުތެއް" ކަމަށް ވިދާޅުވިއެވެ.

"ދުނިޔެ ބަލަމުން މިދަނީ. ކުޑަކުދިންގެ ރުއިމުގެ އަޑު އަޅުގަނޑުމެންގެ ހިތްތަކަށް ވަންނަންވާނެ" އޭނާ ވިދާޅުވިއެވެ.

އަލްޖީރިއާގެ ސަފީރު އަމާރު ބެންޖަމާ ފަލަސްތީނު ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތެވެ.

"ފަލަސްތީނު އަޚުންނާއި އުޚްތުންނޭ، އަޅުގަނޑުމެންނަށް މަޢާފުކުރައްވާ" އޭނާ ވިދާޅުވިއެވެ.

"ދުނިޔެ ހައްގުތަކުގެ ވާހަކަ ދައްކާއިރު، ފަލަސްތީނު މީހުންނަށް އެ ހައްގުތައް ދޭން އިންކާރުކުރާތީ މަޢާފުކުރައްވާ. އަޅުގަނޑުމެންގެ މަސައްކަތްތައް، އިޚްލާސްތެރި މަސައްކަތްތައް........ މަޢާފުކުރައްވާ."

އެންމެ ފަހުން އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ވޯޓު މި ނެގުނީ ދުނިޔޭގެ ލީޑަރުން އދ. ގެ ޖެނެރަލް އެސެމްބްލީއަށް ޖަމާވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށްނެވެ. އެ އެސެމްބްލީގައި ޣައްޒާ އަކީ މައިގަނޑު މައުޟޫއަކަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ބައްދަލުވުމުގެ ތެރޭގައި އިނގިރޭސިވިލާތް ފަދަ އެމެރިކާގެ މުހިންމު އެކުވެރިން މިނިވަން ފަލަސްތީނު ދައުލަތެއް ބަލައިގަންނާނެ ކަމަށް ބެލެވެއެވެ.

ޣައްޒާގައި، އިސްރާއީލްގެ ޓޭންކުތަކާއި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވަމުންދާތާ ތިން ދުވަސް ވެފައިވާއިރު، އެތައް ބަޔަކު ދަނީ އިސްރާއީލުގެ އަނިޔާވެރި ކަމުގައި ޝަހީދުވަމުންނެވެ. އަދި މި އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތައް ހާސް މީހުން ގެންދަނީ އެމީހުންގެ ގެދޮރު ދޫކޮށް ޣައްޒާ އިން ނުކުންނަމުންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީގެ މަޢުލޫމާތުން، މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި މަދުވެގެން 65,141 މީހުން ޝަހީދުވެފައިވެއެވެ.

މިނިސްޓްރީން ބުނާގޮތުގައި ހަނގުރާމައިގެ ތެރޭގައި ކާބޯތަކެތި ނުލިބި ހައިހޫނު ކަމުގެ ސަބަބުން އިތުރު 435 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި 4 މީހުން ހިމެނެއެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރާއީލްހަމާސް-އިސްރާއީލްޣައްޒާއދޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު