Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ގާނޫނު

މީޑިއާ ގާނޫނު ވުޖޫދު ކުރީ ދޮގު ވާހަތަށް ހުއްޓުވުމަށް ކަމަށް ވިދާޅުވާއިރު، އެ ހުރިހާ ކަމެއް ވެސް ރައްދުވަނީ ޚުދު ރައީސް މުއިއްޒަށް: ހުސެއިން

މީޑިއާ ކޮންޓްރޯލް ގާނޫނު ތަސްދީގު ކުރީ ދޮގުހެދުމާއި ފަސާދަ ނައްތާލުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 04:31
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ހުސެއިން ވާހަކަދައްކަވަނީ: ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަތަށް ރައްދަުވަނީ ޚުދު އެމަނިކުފާނަށް ކަމަށް

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ހުސެއިން ވާހަކަދައްކަވަނީ: ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަތަށް ރައްދަުވަނީ ޚުދު އެމަނިކުފާނަށް ކަމަށް

މީޑިއާ ކޮންޓްރޯލް ގާނޫނު ތަސްދީކުރީ ދޮގުހެދުމާއި ފަސާދަ ނައްތާލަން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި ރައީސް އެ ވިދާޅުވި ހުރިހާ ވާހަކައެއް ވެސް ރައްދުވަނީ ޚުދު އެމަނިކުފާނަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްވަމުން ހުސެއިން ވިދާޅުވީ ރައްޔިތުން އަބަދުވެސް ތިބޭނީ ތެދަށް، ހައްގަށް ވަކާލާތު ކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެކުގައި ކަމަށާއި ތެދު ހާމަކުރުމަށްޓަކައި ސަރުކާރުން އެ ހިންގާ ލާންއިންސާނީ އަމަލުތައް ކަމުގައިވާ ފަސާދައާއި ކޮރަޕްޝަންގެ ވާހަތަށް ގެނެސްދޭކަމުގައިވާ ނަމަ އެއީ ރައްޔިތުން ތިބި ފަޅި ކަމަށެވެ.

Advertisement - newsAdvertisement

ހުސެއިން ވިދާޅުވީ ރައްޔިތުންނާއި ހަމައަށް ތެދާއި ކޮރަޕްޝަނުގެ ވާހަތަށް ގެނެސްދީގެން އަނިޔާކުރިޔަސް އަދި ކޮންމެ ފުރައްސާރައެއް ކުރިޔަސް އަދި ޖަލު ގޮޅީގައި އޮންނަން ޖެހުނަސް އެއްވެސް ފަރުވާލެއް ނެތްކަމަށެވެ.

އަދި މިއަދު ދައުލަތް ހިނގާ ގޮތުން ދިވެހި ރައްޔިތުން ތިބީ ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ކޮރަޕްޝަނުގެ ވާހަތަކާއި ތެދު މައުލޫމާތުތަކަށް ފެންބޮވައިގެންފައި ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވަނީ ސަރުކާރުގެ ވައްކަންތަކާއި ކޮރަޕްޝަނުގެ އަމަލުތައް ރައްޔިތުންނަށް ގެނެސް ދިނުމުގައި ނޫސް ވެރިން ފިސާރި ކެރިގެން ތިބުމަށް ގޮވާލާފަ އެވެ.

މިއަދު ދައުލަތް ހިނގާ ގޮތުން ދިވެހި ރައްޔިތުން ތިބީ ދައުލަތުން ކުރާ ވައްކަންތަކާއި ކޮރަޕްޝަނުގެ އަމަލުތައް އެނގި ހާމަ ވުމަށް ކެތްމަދުވެ، އެކަމަށް ފެންބޮވައިގެންފަ. ރައްޔިތުންނާއި ހަމައަށް ހަގީގަތް ހާމަ ކުރުމަށް ތެދު ވާހަތަށް ގެނެސްދީގެ ކޮންމެ އަނިޔާއެއް ކުރިޔަސް ފަރުވާލެއް ނެތް. މަގުމަތިން ދިމާކުރިޔަސް ފަރުވާލެއް ނެތް. ޖަލުގެ ކުޑަގޮޅިއަށް ލިޔަސް ފަރުވާލެއް ނެތް. މިކަންކަން ހާމަކުރުމަށް ނޫސްވެރިން ފިސާރި ކެރިގެން ތިބުމަކީ ވަރަށް ބޮދަށް އެދޭ ކަމެއް
އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސެއިން ހަސަން

ހުސެއިން ވިދާޅުވީ ނޫސްވެރިން ސަރުކާރުގެ އެއްވެސް ކަމަކަށް ފުރައްސާރަ ނުކުރާ ކަމަށާއި ނޫސްވެރިންނަށް ފުރައްސާރަ ކުރަނީ މި ސަރުކާރުން ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނު ތަސްދީގުކުރީ މުޖުތަމައުގައި ދޮގު ވާހަތަކާއި ފިތުނަ ފަސާދަ ފެތުރޭތީ އެކަންތައް ނައްތާލުމަށް ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ހުސެއިން ވިދާޅުވީ ރައީސް އެ ދައްކަވަނީ ޚުދު އެމަނިކުފާނުގެ ވާހަ ކަމަށާއި އެ ހުރިހާ ވާހަކައެއް ވެސް ރައްދުވަނީ ޚުދު އެމަނިކުފާނަށް ކަމަށެވެ.

އެގޮތުން ވެރިކަމަށް އައުމަށް ފަހުގައި ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް ނުފުއްދަވާ ހުރުމަނީ ވެސް އެމަނިކުފާނު ދޮގުހައްދަވާފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ހުސއިން ވިދާޅުވި އެވެ.

ހުސެއިން ހަސަންމީޑިއާ ކޮންޓްރޯލް ބިލުކޮރަޕްޝަން އެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު