Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މި ބިލު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓާއެކު, ބިލާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 07:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓާއެކުއެވެ. އަދި ބިލާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން ބުނި ގޮތުގައި މި ބިލުގެ ބޭނުމަކީ ގާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތުތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް އެ ވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

އެ ބިލްގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި އާއި ގައުމީ މުހިންމު މައްސަލަތަކުގައެވެ.

ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" އެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށާއި ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެނައުމަށް ވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ކަމަށާއި ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެނައުމަށާއި ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެނައުމަށާއި ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެނައުމަށް ވެސް އެ ވޯޓު ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ނުކުރައްވައިފިނަމަ، އެ ބިލު ފާސްކުރުމަށް ޢއާންމު ވޯޓު ނެގިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން، އާންމު ވޯޓު ނެގުމަށް އެދޭ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހާއި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ. 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާއިރު، ވޯޓު ނަގަންވާނީ ސިއްރު ވޯޓަކުން ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މަޖިލީސްއިބްރާހިމް ފަލާހްއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުޤާނޫނުއަސާސީމަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު