Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ތާއީދު ކުރާ ގަރާރު އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

ޔޫއެން ޖެނެރަލް އެސެމްބްލީން ހަމާސް ކުށްވެރިކޮށް، ފަލަސްތީނާއި އިސްރާއީލުގެ ދެ-ދައުލަތުގެ ހައްލަކަށް މަގުފަހިކުރާ "ނިއުޔޯކް ޑިކްލަރޭޝަން" 142 ވޯޓުން ފާސްކޮށްފިއެވެ. މި އެއްބަސްވުމުގައި ހަމާސްގެ ހުރިހާ ހަތިޔާރުތަކެއް ފަލަސްތީނު އޮތޯރިޓީއާ ހަވާލުކުރުމަށާއި ރަހީނުން ދޫކޮށްލުމަށް ގޮވާލައި، ޣައްޒާގެ ހަނގުރާމަ ނިންމުމަށް އަމާޒުކޮށްފައިވެއެވެ.

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 16:28
ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ބެހޭ ގޮތުން އދ. ގެ އާންމުމަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރަނީ

ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ބެހޭ ގޮތުން އދ. ގެ އާންމުމަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރަނީ

އިސްރާއީލާއި ފަލަސްތީނުގެ ދެ-ދައުލަތުގެ ހައްލަކަށް އައު ބާރެއް ލިބިދޭ "ނިއުޔޯކް ޑިކްލަރޭޝަން" އދ. ގެ އާންމު މަޖިލިހުން ހުކުރު ދުވަހު ފާސް ކޮށްފިއެވެ.

މި ގަރާރު ފާސްވީ 142 ވޯޓު ލިބިގެންނެވެ. އިސްރާއީލާއި އެމެރިކާ ހިމެނޭ ގޮތަށް 10 ޤައުމަކުން ދެކޮޅަށް ވޯޓުދިނެވެ. އަދި 12 ޤައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. މި ގަރާރުގައި ހަމާސް ކުށްވެރިކޮށް، އެ ޖަމާޢަތުގެ ހަތިޔާރު ބެހެއްޓުމަށް ގޮވާލާފައިވެއެވެ.

އޮކްޓޯބަރ 7، 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ހަމަލާ ކުށްވެރި ނުކުރުމާ ގުޅިގެން އިސްރާއީލުން ދެ އަހަރާ ގާތަށް އދ. ގެ މުއައްސަސާތަކަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، ފްރާންސާއި ސަޢޫދީ ޢަރަބިއްޔާއިން ހުށަހެޅި މި ގަރާރުގައި އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެ ހަމަލާ ކުށްވެރިކޮށްފައިވެއެވެ.

ރަސްމީކޮށް ކިޔާ "ފަލަސްތީނުގެ މައްސަލަ ސުލްހަވެރިކޮށް ހައްލުކުރުމާއި ދެ-ދައުލަތުގެ ހައްލު ތަންފީޒުކުރުމާބެހޭ ނިއުޔޯކް ޑިކްލަރޭޝަން" ގައި ބަޔާންކޮށްފައި ވަނީ "ހަމާސް އިން ހުރިހާ ރަހީނުން ދޫކޮށްލަންޖެހޭ" ކަމަށާއި، އދ. ގެ ޖެނެރަލް އެސެމްބްލީން "އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސް އިން އާންމު ރައްޔިތުންނަށް ދިން ހަމަލާތައް ކުށްވެރިކުރާ" ކަމަށެވެ.

މީގެ އިތުރުން "ޣައްޒާގެ ހަނގުރާމަ ނިންމުމަށާއި، ދެ-ދައުލަތުގެ ހައްލު އަމަލީ ގޮތުން ތަންފީޒު ކުރުމުގެ މައްޗަށް ބިނާކޮށް އިސްރާއީލު-ފަލަސްތީނު ޖެހުމަށް ޢަދުލުވެރި، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް" ގޮވާލާފައިވެއެވެ.

ޢަރަބި ލީގުން މިހާރުވެސް ތާއީދުކޮށްފައިވާ އަދި ޖުލައި މަހު ގިނަ ޢަރަބި ޤައުމުތައް ހިމެނޭގޮތަށް 17 ޔޫއެން މެމްބަރު ޤައުމަކުން ސޮއިކޮށްފައިވާ މި ގަރާރުގައި ހަމާސް ކުށްވެރިކުރުމުގެ އިތުރުން، ޣައްޒާގެ ވެރިކަމުން އެ ޖަމާޢަތް އެއްކޮށް ދުރުކުރުމަށް ބާރު އަޅާފައިވެއެވެ.

"ޣައްޒާގެ ހަނގުރާމަ ނިންމުމުގެ ތެރޭގައި، ހަމާސް އިން ޣައްޒާގެ ވެރިކަން ނިންމާލައި، މިނިވަން އަދި އަމިއްލަ ފަލަސްތީނު ދައުލަތެއްގެ މަޤްޞަދާ އެއްގޮތަށް، ބައިނަލްއަޤްވާމީ ބައިވެރިވުމާއި އެހީތެރިކަމާއެކު، އެމީހުންގެ ހަތިޔާރުތައް ފަލަސްތީނު އޮތޯރިޓީއާ ހަވާލު ކުރަން ޖެހޭނެ" ކަމަށް ގަރާރުގައި ބަޔާން ކޮށްފައިވެއެވެ.

އދ.ގެ އާންމު މަޖިލީހުގައި ދެ ސްޓޭޓްގެ ހައްލު ތަންފީޒުކުރުމާއި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމްކުރުމާ ބެހޭ ގޮތުން ހުށަހެޅި ގަރާރަށް ވޯޓު ދިން ގޮތް
އދ.ގެ އާންމު މަޖިލީހުގައި ދެ ސްޓޭޓްގެ ހައްލު ތަންފީޒުކުރުމާއި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމްކުރުމާ ބެހޭ ގޮތުން ހުށަހެޅި ގަރާރަށް ވޯޓު ދިން ގޮތް

މި ވޯޓުލުން ކުރިއަށް ދިޔައީ ސެޕްޓެމްބަރ 22 ގައި ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްވެ އިންތިޒާމު ކުރާ ޔޫއެން ސަމިޓެއްގެ ކުރިންނެވެ. މި ސަމިޓްގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ވަޢުދުވެފައެވެ.

މެކްރޯންގެ އިތުރުން އެހެން ލީޑަރުންވެސް ވަނީ ޔޫއެން ސަމިޓްގައި ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަމަށް އިޢުލާނު ކޮށްފައެވެ.

މި ފިޔަވަޅުތައް މާނަ ކުރެވެނީ އޮކްޓޯބަރ 7، 2023 ގައި ފެށުނު ޣައްޒާގެ ހަނގުރާމަ ނިންމުމަށް އިސްރާއީލަށް ކުރިމަތިވާ އިތުރު ޕްރެޝަރެއްގެ ގޮތުގައެވެ.

ނިއުޔޯކް ޑިކްލަރޭޝަންގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ މެންޑޭޓްގެ ދަށުން "ވަގުތީ ބައިނަލްއަޤްވާމީ ސްޓެބިލައިޒޭޝަން މިޝަނެއް" ފޮނުވުމުގެ ވާހަކަ ހިމެނެއެވެ. މި މިޝަންގެ މަޤްޞަދަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި ސަލާމަތީ ޒިންމާތައް ފަލަސްތީނު އޮތޯރިޓީއާ ހަވާލު ކުރުމަށް މަގުފަހިކުރުމެވެ.

ޔޫއެން ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ހަތަރުބައި ޤައުމުތަކުން 1988 ގައި ފަލަސްތީނު ލީޑަރޝިޕުން އިޢުލާނު ކުރި ފަލަސްތީނު ދައުލަތް ބަލައިގަނެފައިވެއެވެ.

ނަމަވެސް، ދެ އަހަރުގެ ހަނގުރާމަ އިން ޣައްޒާ ސްޓްރިޕް ހަލާކުވެ، ވެސްޓް ބޭންކްގައި އިސްރާއީލުގެ ސެޓްލްމަންޓްތައް އިތުރުވެ، އަދި އެ ސަރަހައްދު އަތުލާން އިސްރާއީލުގެ ވެރިން ބޭނުންވާކަން ފާޅުކުރުމާއެކު، މިނިވަން ފަލަސްތީނު ދައުލަތެއް ވުޖޫދު ވުމަށް އިތުރު ނުރައްކާތައް ވަނީ ކުރިމަތިވެފައެވެ.

"ފަލަސްތީނު ދައުލަތެއް ނުއުފެދޭނެ ކަމުގެ ވަޢުދު އަހަރެމެން ފުއްދާނަން" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ހަރު އަޑުން ބުނެފައިވެއެވެ.

އަނެއްކޮޅުން، ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށް ޔޫއެން ސަމިޓަށް ނިއުޔޯކަށް ވަޑައިގަނެވޭނެ ކަމަކަށް ނުބެލެވެއެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ އައްބާސް އަށް ވިސާ ދޫނުކުރާނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންހަމާސްޣައްޒާނިއު ޔޯކް ޑެކްލަރޭޝަންޔޫންއެން ޖެނެރަލް އެސެމްބްލީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު