Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސާރވިސް

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ޑިއުޓީ ނުދައްކައި ކަސްޓަމްސްއަށް ސިއްރުން ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައެއްގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 ސެޕްޓެމްބަރު 2025 | ހުކުރު 18:23
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ރާއްޖެއަށް އެތެރެކޮށް، ޑިއުޓީ ނުދައްކައި ކަސްޓަމްސްއަށް ސިއްރުން ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައެއްގައި އޭގެ ޑިއުޓީގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަމިއްލަ ކުންފުންޏަކަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ އޭޕްރީލް 27 އަދި ޖޫން 4 ގައި ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓަށް ޑިއުޓީ ނުދައްކައި ބޭރުކުރި މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ އޭޕްރީލް އަދި ޖޫން މަހު ރާއްޖެ އެތެރެކުރި 430 ކޭސް އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިނގިރޭޓާއި 250 ކޭސް އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯ ކަސްޓަމްގެ ބޮންޑުން ބޭރު ކުރީ ސިއްރުންނެވެ. އޭގެ ޑިއުޓީއަށް ދައްކަން ޖެހޭ، 20،720،415.54 ރުފިޔާ މިހާތަނަށް ވެސް އޮތީ ނުދައްކައެވެ.

އެ ފައިސާ ނުދައްކައި އޮތުމުން ކަސްޓަމްސްއިން އެ ފައިސާ ހޯދަން ދައުވާކުރީ މި އަހަރުގެ ތެރޭގަ އެވެ. މި ދައުވާގައި ކަސްޓަމްސްއިން އެދިފައިވަނީ އެ ފައިސާ އެކީ އެއް ފަހަރާ އެ ކުންފުނިން ހޯދުމަށެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން ބުނެފައިވަނީ ކޯޓަށް ލިބިފައިވާ އެޑްރެހުން އެ ކުންފުންޏަށް މައްސަލައިގެ ލިޔެކިޔުންތައް ރައްދުކޮށްދެވިފައެި ނުވާކަމަށެވެ. އަދި އެ ކުންފުންޏަށް ލިޔެކިޔުންތައް ރައްދުކުރެވޭ ގޮތް ނުވުމުން އެ ކުންފުނި ހޯދަން ކޯޓުންވަނީ އިއުލާން ވެސް ކޮށްފައެވެ.

އެހެން ނަމަ ވެސް އެ ކުންފުނީގެ ޚަބަރެއް ނުވުމުން މައްސަލަ ކުރިއަށް ގެންގޮސް ނިންމީ ޣައިރު ހާޒިރުގައެވެ.

އެހެންކަމުން ޖޫރިމަނާގެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.

ސިވިލް ކޯޓުމޯލްޑިވްސް ކަސްޓަމްސް ސާރވިސް ސިނގިރޭޓް ވިޔަފާރި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
30 އޮކްޓޯބަރު 2025

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު