Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލް ކުރާ ބިލު

ނޫސްވެރިން ގަދަކަމުން ކޮމިޓީން ނެރުނު މައްސަލަ ސީޕީޖޭއިން ކުށްވެރިކޮށްފި

ބިލުގެ ދަށުން ނޫސްވެރިންނާއި މީޑިއާ ވަސީލަތްތައް ޖޫރިމަނާކުރުމާއި ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ސެޕްޓެމްބަރު 2025 | ބުދަ 13:40
ކޮމިޓީގައި ތިބި ނޫސްވެރިން ގަދަކަމުން ކޮމިޓީ މާލަމުން ނެރެނީ

ކޮމިޓީގައި ތިބި ނޫސްވެރިން ގަދަކަމުން ކޮމިޓީ މާލަމުން ނެރެނީ

މިނިވަން މީޑިއާތަކުގައި ތަޅުއަޅުވާ ނޫސްވެރިން ޖަލަށްލެވޭގޮތަށް ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނޫސްވެރިން ގަދަކަމުން ބޭރުކުރި މައްސަލަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓް (ސީޕީޖޭ) އިން ކުށްވެރިކޮށްފިއެވެ.

ބުދަ ދުވަހުގެ 10 ޖެހި އިރު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކުރިއެވެ. މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ ސިއްރު ކުރީ މަޖިލީހުގެ ކޮން މާއްދާއަކުންތޯ ކޮމިޓީއަށް ދިޔަ ނޫސްވެރިން ސުވާލުކުރުމުން މަޖިލީހުގެ ސެކިއުރިޓީ ގެނެސްގެން ނޫސްވެރިން ގަދަކަމުން ކޮމިޓީ އިން ވަނީ ބޭރުކޮށްފައެވެ.

މިކަމާއި ގުޅިގެން ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓް (ސީޕީޖޭ) އިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ ކޮމިޓީ އިން ނޫސްވެރިން ގަދަކަމުން ބޭރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ ޑިމޮކްރެޓިކް ނޫން މި ޕްރޮސެސް ހުއްޓާލައި، ނޫސްވެރިންނާއި އާންމުންނަށް މިނިވަންކަމާއެކު މައުލޫމާތު ހޯދުމާއި ހިއްސާކުރުމާއި ބަހުސްކުރުމުގެ އަސާސީ ހައްގުތައް ހިފެހެއްޓުން ކުށްވެރިކޮށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ދަމަހައްޓާ، ބިިލު އަނބުރާ ގެންދަން ގޮވާލަފައެވެ.

މީޑިއާތައް ތަޅު އަޅުވާ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާއިން ކުރިން ނެރުނު ބަޔާނުގައި މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ.

ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ބެހް ލިހް ޔީ ވިދާޅުވީ ރައީސް މުޢިއްޒު މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި ނޫސްވެރިކަން "ފަހަތަށް ޖެހޭ" ގޮތަށް އޮތް މި ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. މި ބިލުގެ ދަށުން މިހާރު ހިނގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، އައު ކޮމިޝަނެއް ގެ ގޮތުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.

އައު ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 3 މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިރު، ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާއިން އިންތިޚާބުކުރާ 4 މެންބަރުން މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭނެއެވެ.

މި ބިލުގެ ދަށުން ނޫސްވެރިންނަށް 5,000 އާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، މީޑިއާ ވަސީލަތްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ވެބްސައިޓްތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއް ކަމަށާއި، ބިލު އެކުލަވާލުމުގައި ނޫސްވެރިންނާއި މީޑިއާ ވަސީލަތްތަކުގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިނިވަން މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު އޯގަސްޓް 18 ވަނަ ދުވަހުއެވެ. މި ބިލަކީ މިދިޔަ އަހަރު ވެސް މިފަދަ ބިލެއް ހުށަހެޅި، އެ ބިލު އަނބުރާ ގެންދެވި ފަހުން އަލުން ހުށަހަޅާފައިވާ ބިލެކެވެ.

މިދިޔަ އަހަރު މި ބިލް ހުށައަޅާ އެކަމަށް ނޫސްވެރިން އިހްތިޖާޖް ކޮށް ބައިނަލްއަޤްވާމީ ކަމާގުޅޭ ޖަމްއިޔާތަކުން ބަޔާންތައް ނެރެންފެށުމުން ، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ނޫސްވެރިކަން ކޮންޓްރޯލްކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، މީޑިއާގެ މިނިވަންކަން އިތުރަށް ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ.

ނޫސްވެރިންމީޑިއާ ބިލު ސީޕީޖޭމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީރައީސް މުއިއްޒުމަޖިލީސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު