Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން މުޒާހަރާއަށް

މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރާ ބިލެއް: މުޒާހަރާ ކުރާ ނޫސްވެރިން

އަވަސްއަރުވާލައިގެން މި ބިލު ފާސްކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2025 | ބުދަ 08:43
ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހަރާ

ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހަރާ

މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރަން މަސައްކަތް ކުރާ ބިލެއް ކަމަށް ބިލާ ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިން ބުނެފިއެވެ.

މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް މި ބިލު ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ބ.ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މި ބިލަށް ސަރުކާރުގެ ގިނަ ބޭފުޅުން ތާއީދުކުރާއިރު، މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދަނީ މި ބިލު ވީހާ ވެސް އަވަހަށް ފާސް ކުރުމަށް ގޮވާލަމުންނެވެ. އެއާއެކު ކޮމެޓީން މި ބިލުގެ މަސައްކަތްތައް ކުރުމަށް ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. އަދި އަންގާރަ ދުވަހާއި، ބުދަ ދުވަހުގެ ވެސް ކޮމެޓީގެ ބައްދަލުވުން މަޖިލީހުގެ ގަވައިދާ ހިލާފަށް ވަނީ ސިއްރުކޮށްފައެވެ.

އަވަސްއަރުވާލައިގެން މި ބިލު ފާސްކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާތީ، އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

ބުދަ ދުވަހު ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުން ސިއްރުކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މަޖިލިސް ދޮށުގައި ވެސް ނޫސްވެރިން އަޑު އުފުލާފައިވެއެވެ. އޭގެފަހުން ރައީސް އޮފީސް ކުރިމަތީގައި ހަދާފައިވާ ނޫސްވެރިންގެ ފެންޑާ ސަރަހައްދަށް ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެ ބިލާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

ނޫސްވެރިން ގޮވާލަމުންދަނީ މި ބިލު ވަގުތުން ވަގުތަށް ބޭރުކޮށްލުމަށެވެ. އަދި މިއީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް މިސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރާ ބިލެއް ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިން ބުނެފައިވަނީ މިނިވަން މީޑިއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެއަށް އަމަލުނުކުރާ ކަމަށެވެ. މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށާއި، މީޑީއާ ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ އަނިޔާވެރިވުންކަން ފާހަގަކޮށް ރައްޔިތުންނަށް އަނިޔާވެރިނުވުމަަށް ވެސް ނޫސްވެރިން ގޮވާލާފައިވެއެވެ.

މިނިވަން މީޑިއާމަޖިލީސްއަބްދުލް ހަންނާން އަބޫބަކުރުނޫސްވެރިންމީޑިއާ ކޮންޓްރޯލް ބިލުޕީއެންސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
30 ނޮވެމްބަރު 2025

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު