Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމުގެ ރައްޔިތުން ނިކަމެތިވުން

ރާއްޖޭގައި މިހާރު ހުންނެވީ ފައިސާ ހަރަދު ކުރެއްވުމުގައި އެއްވެސް އަހުލާގެއް ނެތް ވެރިއެއް: މޭޔަރު އާޒިމް

މި ސަރުކާރުން ދުވާލަކު ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ބޭކާރު ގޮތުގައި ހުސްކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 05:24
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގައި މިހާރު ހުންނެވީ ފައިސާ ހަރަދު ކުރެއްވުމުގައި އެއްވެސް އަހުލާގެއް ނެތް ވެރިއެއް ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ދެރަ ނިކަމެތިގޮތްތައް ވަމުންދާ ކަމަށާއި، މިސަރުކާރުން ދުވާލަކު ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ބޭކާރު ގޮތުގައި ހުސްކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއަށް އިޝާރާތް ކުރައްވައި، އާޒިމް ވިދާޅުވީ 10 ބިލިއަން ރުފިޔާ ނުދީ ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެހެންކަމުން އެކުންފުނިތައް އިދަޖެހިފައިވާ ކަމަށާއި، މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ބައެއް ކުންފުނިތައް ބަންދުކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިސަރުކާރާއެކު ގައުމުގެ ދަރަނި މެނޭޖް ނުކުރެވި، ވަރަށް ބޮޑަށް ދަރަނިވެރިވަމުންދާ ކަމަށާއި، ފިހާރަތަކާއި، އާއްމު ރައްޔިތުން ދަރަނިވެރިވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަކީ ފައިސާ ހަރަދުކުރެއްވުމުގައި އެއްވެސް އަހުލާގެއް ނެތް ވެރިއެއް ކަމަށެވެ.

ގާތްގަނޑަކަށް ދުވާލަކަށް ތި ވިދާޅުވަނީ 15 މިލިއަން ރުފިޔާ ތަޅާ ހުސްކުރާ ވާހަކަ. ދުވާލަކު 15 މިލިއަން ރުފިޔާ. 15 މިލިއަން ރުފިޔާއަކީ ގާތްގަނޑަކަށް ބާރަސަތޭކަ އަކަފޫޓު ބިމެއްގައި 10 ބުރީގެ އިމާރާތެއް އެޅޭނެހާ ފައިސާގެ ވާހަކަ މިދައްކަނީ. ދުވާލަކު ތަޅާ ބުރުވަމުން މިދަނީ. އެއްގޮތަކަށް ވެސް ފައިސާ ހަރަދުކުރުމުގައި އެއްވެސް އަހުލާގެއް ނެތް ވެރިއަކު ގައުމަށް ލިބުނީމަ ވާނެ ހުރިހާ ކަމެއް ވަމުން މިދަނީ. ލިބޭ އެއްޗަކަށް ބަލައިގެން ނޫން ހަރަދު ކުރައްވަނީއެއް. ނެތް އެއްޗެހި ވެސް ހަރަދުކުރަނީ. ނެތް އެއްޗެއް ހަރަދު ކުރަންޏާ ގެއަކަށްވެސް ވާނެ ގޮތް ވިސްނާލައްވާ. ގެ ވެސް ދަރަނިވެރިވާނެ ގެއެއްގައި ހަރަދު ކުރައްވަން އޮތީ 100 ރުފިޔާ ކަމަށްވަންޏާ 100 ރުފިޔާ ހަރަދުކޮށް ހުސްކޮށްލާފައި ދެން ލޯނެއް ނަގާފައި 100 ހުސްކޮށްލީމަ 200 ރުފިޔާ އެދިޔައީ. ދެން އިތުރަށް 100 ރުފިޔާ ދޭނެ މީހަކުނުވާނެ. އެހެންވީމަ މިގައުމަށް ޖެހިގެން މިއުޅޭ ހާލަތަކީ މިއީ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރައްޔިތުން އުޅޭ ދެރަ ނިކަމެތި ހާލަތު މިސަރުކާރުގެ ބޭފުޅުންނަށް އިހުސާސް ނުކުރެވޭ ކަމަށާއި، އެބޭފުޅުން ދިރިއުޅެމުންދަނީ ވަރަށް ފެންސީކޮށް، އެއްވެސް ކަމަކަށް ދަތިނުވެ ކަމަށެވެ. އެބޭފުޅުން ގައުމުގައި ކުރަން ބޭނުންވާ ހުރިހާ ކަމެއް ބާރު އޮތުމާއެކު ކުރަމުން ގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުން ދެކެ ލޯބިނުވާ ސަރުކާރެއް އައުމުން ވާނެ ހުރިހާ ކަމެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނަ ކަމަށާއި، މުސާރަތައް ބޮޑުނުވާ ކަމަށެވެ. އެއްވެސް ދިމާލަކުން ތަރައްގީގެ މަޝްރޫއެއް ނުހިނގާއިރު، މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަލިވުމުން މީގެ ކުރިން ފަސޭހައިން ލިބެމުންއައި، އެންސްޕާ އާސަންދަ ނުލިބޭ ކަމަށާއި، ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ޚިދުމަތްތަކާއި، ކާބޯތަކެތީގެ އަގު ދުވަހަކު މައްޗަށް ނުދާ މިންވަރަށް މަތިވެފައިވާ ކަަމަށެވެ.

އާޒިމް ވިދާޅުވީ ކެތްތެރިކަމަކީ ކޮޅުންލާ އެއްޗެއް ކަމަށާއި، މިގައުމުގެ ރައްޔިތުންގެ ކެތްތެރިކަން ވެސް ކޮޅުންލައި، ސަރުކާރާ ދެކޮޅަށް ނުކުންނާނެ ދުވަސް އަންނާނެ ކަމަށެވެ. އަދި އެހިސާބަށް ދިއުމުގެ ކުރިން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އާޒިމް ގޮވާލެއްވިއެވެ.

އާދަމް ޢާޒިމްޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީޤައުމީ ދަރަނިދައުލަތުގެ ޚަރަދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު