Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖެމެއިކާ

ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޯލްނެސް ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި

ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނެސް ކުށްކުރުން މަދުކުރުމުގައި ހޯއްދެވި ކާމިޔާބުތަކާއެކު، އިގްތިސާދީ ރަނގަޅު ވައުދުތަކާއެކު އިންތިޚާބުގައި ތާރީޚީ ތިންވަނަ ދައުރެއް ހޯއްދައިފިއެވެ. 34 ގޮނޑި ކާމިޔާބުކޮށް ލޭބަރ ޕާޓީން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައިވެއެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:14
އެންޑްރޫ ހޯލްނެސް އަކީ 2016 ވަނަ އަހަރުން ފެށިގެން ޖެމެއިކާގެ ވެރިކަން ކުރައްވަމުން އަންނަ ލީޑަރު

އެންޑްރޫ ހޯލްނެސް އަކީ 2016 ވަނަ އަހަރުން ފެށިގެން ޖެމެއިކާގެ ވެރިކަން ކުރައްވަމުން އަންނަ ލީޑަރު

ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނެސް، 53، ހޯމަ ދުވަހުގެ އިންތިޚާބު އޭނާގެ ލޭބަރ ޕާޓީ ކާމިޔާބު ކުރުމާއެކު، ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިއެވެ.

ކެރިބިއަން ގައި އޮންނަ ޖެމެއިކާގެ އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި، ވަގުތީ ނަތީޖާތަކަށް ބަލާއިރު، ލޭބަރ ޕާޓީން 34 ގޮނޑި ކާމިޔާބުކޮށް، އިދިކޮޅު ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންޕީ) އިން 29 ގޮނޑި ހޯދާފައިވެއެވެ.

ޕީއެންޕީގެ ކެންޑިޑޭޓް މާރކް ގޯލްޑިންގ ވަނީ ބަލިވިކަން ގަބޫލުކޮށްފައެވެ.

ހޮލްނެސް ކެމްޕޭން ކުރެއްވީ އާމްދަނީން ނަގާ ޓެކްސް 25 އިންސައްތައިން 15 އިންސައްތަ އަށް ދަށްކުރުމަށެވެ. އަނެއް ކޮޅުން އިދިކޮޅު ގޯލްޑިންގ ބުނެފައި ވަނީ އާމްދަނީން ޓެކްސް ނެގޭ މިންވަރު އިތުރު ކުރާނެ ކަމަށެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2025 ގެ ފުރަތަމަ ކުއާޓަރގައި މީހުން މެރުމުގެ މައްސަލަތައް 25 އަހަރުގެ ތެރޭގައި އެންމެ ދަށް އަދަދަކަށް ވެއްޓިފައި ވުމާއެކު، ގައުމުގައި މާރާމާރީގެ މައްސަލަތައް މަދުކުރުމަށް ސަރުކާރުން ކުރި މަސައްކަތައް ގިނަ ވޯޓަރުން ހޮލްނެސް އަށް ކްރެޑިޓް ދީފައިވެއެވެ.

ކުށްކުރުން މަދުކުރުމަށް ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ފަދަ ފިޔަވަޅު އެޅުމުގެ ސަބަބުން ފާޑުކިޔުންތައް އައި ނަމަވެސް، ރައްކާތެރިކަމުގެ އިހުސާސް އިތުރުވުމުން ހޮލްނެސްއަށް އިތުރު ދައުރެއް ހޯދުމަށް މަގުފަހިވިކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް އިންތިޚާބުގެ ކެމްޕޭނުގައި މައިގަނޑު މައުޟޫއު އަކަށް އޮތީ އިގްތިސާދު ރަނގަޅު ކުރުމެވެ. ލޭބަރ ޕާޓީން ވަޒީފާ ނެތް މީހުންގެ ނިސްބަތް 3.3 އިންސައްތައިގައި ހިފެހެއްޓުން އެއީ އެ ޕާޓީގެ ކާމިޔާބީތަކުގެ ތެރެއިން ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ.

މައި އިދިކޮޅު ޕާޓީ ޕީއެންޕީން ސަރުކާރަށް ތުހުމަތުކުރީ ފައިސާ އިސްރާފުކުރާ ކަމަށެވެ.

އަދި ހޮލްނެސްގެ އާމްދަނީ އާއި މުދަލުގެ ބަޔާނާ މެދު ސުވާލު އުފައްދާފައިވާ ރިޕޯޓަކަށް ހަވާލާދީ، އޭނާގެ ތެދުވެރިކަމާ މެދު އިދިކޮޅުން ސުވާލު އުފައްދާފައިވެއެވެ.

އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމަށް ބުނަމުން، އަދި ސަރުކާރުގެ ރެކޯޑް ރަނގަޅު ވުމުން އިދިކޮޅަށް ފާޑުކިޔޭނެ މާގިނަ ކަމެއް ނެތުމުން، ޕީއެންޕީން އެ ރިޕޯޓް ބޭނުން ކުރަނީ "ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް" ކަމަށް ހޮލްނެސް ވިދާޅުވެފައިވެއެވެ.

ވޯޓުލުމުގެ ނިސްބަތް 39.5 އިންސައްތައިގައި ދަށްކޮށް ހުރި ނަމަވެސް، އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް) އިން ފޮނުވި އޮބްޒާވަރުންގެ މިޝަނުން ޖެމެއިކާގައި ވޯޓު ލީ މީހުން ޒިންމާދާރުކަމާއި ފަޚުރުވެރިކަމާއެކު، ހަމަނުޖެހުމެއް ނެތި ގަވައިދާ އެއް ގޮތައް ކަންކަން ކުރިއަށް ގެންދިޔަ ކަމަަށް ބުނެ ތައުރީފު ކޮށްފައި ވެއެވެ.

އެންޑްރޫ ހޮލްނެސްޖެމެއިކާޕީޕަލްސް އެކްޝަން ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިންގަޕޫރުގެ މަޖިލިހަށް ދޮގު ހެދިކަން ސާބިތުވެ މެމްބަރަކު ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފި

ސިންގަޕޫރުގެ މަޖިލިހަށް ދޮގު ހެދިކަން ސާބިތުވެ މެމްބަރަކު ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފި

17 ފެބުރުއަރީ 2025
ޖަމެއިކާ ބަލިކޮށް، މެކްސިކޯ އަށް ރަނގަޅު ފެށުމެއް

ޖަމެއިކާ ބަލިކޮށް، މެކްސިކޯ އަށް ރަނގަޅު ފެށުމެއް

23 ޖޫން 2024
ދެ މިނެޓު ތެރޭގައި މެސީ ޖެހި ދެ ލަނޑާއެކު އާޖެންޓީނާއިން ޖެމެއިކާ ބަލިކޮށްފި

ދެ މިނެޓު ތެރޭގައި މެސީ ޖެހި ދެ ލަނޑާއެކު އާޖެންޓީނާއިން ޖެމެއިކާ ބަލިކޮށްފި

28 ސެޕްޓެމްބަރު 2022
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު