Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަޖިލިހަށް ދޮގު ހެދުން

ސިންގަޕޫރުގެ މަޖިލިހަށް ދޮގު ހެދިކަން ސާބިތުވެ މެމްބަރަކު ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފި

17 ފެބުރުއަރީ 2025 | ހޯމަ 13:44

ކުށް ސާބިތު ވުމާއެކު ވޯކަރސް ޕާޓީގެ ލީޑަރު ސިންގް އަށް 7،000 ސިންގަޕޫރު ޑޮލަރު ގެ ދެ ޖޫރިމަނާ އެއް ކޯޓުން ކަނޑައެޅިއެވެ.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 13:44
ސިންގަޕޫރުގެ އިދިކޮޅު ޕާޓީގެ ލީޑަރު ޕްރިތަމް ސިންގް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ސިންގަޕޫރުގެ އިދިކޮޅު ޕާޓީގެ ލީޑަރު ޕްރިތަމް ސިންގް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ސިންގަޕޫރުގެ ކޯޓަކުން ހޯމަ ދުވަހު އިދިކޮޅު ޕާޓީގެ ލީޑަރު ޕްރިތަމް ސިންގް މަޖިލިހަށް ދޮގު ހެދުމުގެ ކުށް ކުރިކަން ސާބިތުވާ ކަމަށް ނިންމައި، ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.

ވޯކަރސް ޕާޓީގެ ލީޑަރު ސިންގް އަށް 7،000 ސިންގަޕޫރު ޑޮލަރު (5،231 އެމެރިކާ ޑޮލަރު) ގެ ދެ ޖޫރިމަނާ އެއް ކޯޓުން ކަނޑައެޅިއެވެ.

ސިންގަޕޫރުގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މެމްބަރެއްގެ މައްޗަށް ކުށް ސާބިތުވެ 10،000 ސިންގަޕޫރު ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ޖުރިމަނާ އެއް އަތުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލި، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ މަޤާމެއް އަދާ ނުކުރެވޭނެއެވެ. ސިންގް ގެ މައްޗަށް އައި ހުކުމަކީ މިއަށް ވުރެ ކުޑަ ޖުރިމަނާ އެއް ކަމަށް ވުމާއެކު އޭނާގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އަދި އިންތިޚާބެއްގައި ވާދަ ކުރުމަކަށް ވެސް ހުރަހެއް ނޭޅޭނެއެވެ.

އުމުރުން 48 އަހަރުގެ ސިންގް ވިދާޅުވީ މި ޙުކުމަކީ އޭނާ ހިތްހަމަ ޖެހޭ ޙުކުމެއް ނޫން ކަމަށާއި މި ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

މި ޙުކުމުގެ ސަބަބުން މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަށް ތައްޔާރުވަމުންދާ ވޯކަރސް ޕާޓީގެ އިމޭޖަށް އަސަރުކޮށްފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 2020 ވަނަ އަހަރުގެ އެންމެ ފަހުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީއާ ދެކޮޅަށް ކުރިއެރުންތަކެއް ހޯދައި، ޕާލިމަންޓުގައި އެ ޕާޓީގެ ގޮނޑީގެ އަދަދު 6 އިން 10 އަށް ވަނީ އިތުރުވެފައެވެ.

އޭގެ ފަހުން ވޯކަރސް ޕާޓީއަށް ވަނީ ދެ މެންބަރަކު އިސްތިއުފާ ދިނުމުގެ ސަބަބުން ލޮޅުންތަކެއް ކުރިމަތިވެފައެވެ. އެއް މެންބަރަކު އިސްތިއުފާ ދެއްވީ މަޖިލިހަށް ދޮގު ބަޔާނެއް ދެއްވިކަން ހާމަ ވުމުންނެވެ. އަނެއް މެންބަރު އިސްތިއުފާ ދެއްވީ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވިކަން ފަޅާ އެރުމުގެ ސަބަބުންނެވެ.

ސިންގްގެ މައްޗަށް ސާބިތުވީ 2021 ވަނަ އަހަރު ޕާލިމަންޓުގެ ކޮމިޓީ އަކަށް އޭނާގެ ޕާޓީގެ މެންބަރެއް ކަމުގައިވާ ރައީސާ ޚާން މަޖިލިހަށް ދޮގު ހެދި މައްސަލަ އާ ގުޅޭގޮތުން ހިންގި ތަހުގީގުގައި ސިންގް ދޮގު ހެކިބަސް ދިނުމުގެ ތުހުމަތެވެ.

ސިންގް ވިދާޅުވެފައިވަނީ ޕާލިމަންޓަށް ދޮގު ހެދިކަން އެއްބަސްވުމަށް ޚާން އަށް އޭނާ ބާރުއަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ލޫކް ޓޭން ހޯމަ ދުވަހު ހުކުމް ކުރައްވަމުން ވިދާޅުވީ އެހެން ނޫންކަން ސާބިތުކޮށްދޭ ފުރިހަމަ ހެކިތަކާއި ހެކިންގެ ބަޔާންތައް ހުރި ކަމަށެވެ.

ބަޖެޓު ތަޤުރީރު ދެއްވުމަށް ތައްޔާރުވަމުންދާ ބޮޑުވަޒީރު ލޯރެންސް ވޯންގްގެ ޕީޕަލްސް އެކްޝަން ޕާޓީން ކުރިއަށް އޮތް އިންތިޚާބުގައި ގިނަ ގޮނޑިތައް ކަށަވަރުކޮށް، އިންތިޚާބު ކާމިޔާބު ކުރާނެކަން ވަރަށް ގިނަ ފަރާތްތަކުން ޔަގީން ކުރެއެވެ.

1965 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ ބޭއްވުނު ހުރިހާ އިންތިޚާބެއްގައި ވެސް އެ ޕާޓީން ވަނީ މިގޮތަށް ކާމިޔާބު ހޯދާފައެވެ. ނަމަވެސް 2020 ވަނަ އަހަރު، އިންތިޚާބުގައި އެ ޕާޓީ އަށް މިހާތަނަށް ލިބުނު އެންމެ ދަށް ނަތީޖާ ތަކުގެ ތެރެއިން އެއް ނަތީޖާ އާ ކުރިމަތި ލުމަށްފަހު، މި އިންތިޚާބުގައި އެ ޕާޓީއަށް ލިބޭ ވޯޓުގެ އިންސައްތަ އަށް ގިނަ ފަރާތްތަކުން ސަމާލުކަން ދޭނެ ކަމަށް ވަނީ ބެލިފައެވެ.

އިދިކޮޅު ޕާޓީގެ ލީޑަރު ސިންގް ވިދާޅުވީ މިއަދުގެ ޙުކުމުގެ ސަބަބުން އިންތިޚާބަށް ތައްޔާރުވުމުގައި އެ ޕާޓީގެ ހިތްވަރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ޕްރިތަމް ސިންގްސިންގަޕޫރުވޯކަރސް ޕާޓީޕީޕަލްސް އެކްޝަން ޕާޓީރައީސާ ޚާންއިންތިޚާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
04 ސެޕްޓެމްބަރު 2025

ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޯލްނެސް ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި

04 ސެޕްޓެމްބަރު 2025
ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޯލްނެސް ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
02 އޯގަސްޓު 2025

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
17 ޖުލައި 2025

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
01 ޖުލައި 2025

ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ

01 ޖުލައި 2025
ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ
30 ޖޫން 2025

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
30 ޖޫން 2025

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

30 ޖޫން 2025
ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް