Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް

އެމްޕީއެލް އިން 56 އެމްބިއުލާންސް ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު!

މައުލޫމާތު ލިބިފައިވާގޮތުން އެމްޕީއެލްއިން އެމްބިއުލާންސްތައް ގަންނަން ނިންމާފައިވަނީ ދުބާއީގެ "އެބްރޮން" ނަމަކަށް ކިޔާ ކުންފުންޏަކުން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:26
އެމްޕީއެލްއިން ގަންނަން ނިންމަފައިވަނީ މި މޮޑެލްގެ އެމްބިއުލާންސް ކަަމަށް މައުލޫމާތު ލިބޭ

އެމްޕީއެލްއިން ގަންނަން ނިންމަފައިވަނީ މި މޮޑެލްގެ އެމްބިއުލާންސް ކަަމަށް މައުލޫމާތު ލިބޭ

ސަރުކާރުން އެމްޕީއެލް އާ ހަވާލުކޮށްގެން ގެންނަން ނިންމާފައިވާ 56 އެމްބިއުލާންސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިނގާކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ. މި މަސައްކަތަކީ ގާތްގަނޑަކަށް 3 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށްވާއިރު، މިކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާމެދު މިހާރު ދަނީ ސުވާލު އުފެދެމުންނެވެ.

ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޕީއެލްގެ ސީއެފްއޯ ނިންމާފައިވަނީ ހަމައެކަނި އެއް ފަރާތެއްގެ ކޯޓޭޝަން ހޯދައިގެންނެވެ. މިގޮތަށް އަމަލު ކުރުމަކީ، މިފަދަ ބޮޑު އަދަދެއްގެ ދައުލަތުގެ ފައިސާ ހިމެނޭ މަަސައްކަތްތަކުގެ އާންމު އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ފާހަގަކުރެވެއެވެ.

Advertisement - newsAdvertisement

ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކަމަކީ، އެމްޕީއެލްއަކީ މީގެ ކުރިން އެމްބިއުލާންސް ފަދަ މެޑިކަލް އިކުވިޕްމަންޓް އިމްޕޯޓްކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ނޫންކަމެވެ. އެހެންކަމުން، މިފަދަ މަސައްކަތެއް އެމްޕީއެލްއާ ހަވާލުކުރެވިފައިވާ ސަބަބާމެދުވެސް ސުވާލު އުފެދެއެވެ. އާއްމު ގޮތެއްގައި ސަރުކާރުގެ ފަރާތުން ރާއްޖެ އަށް އެމްބިއުލާންސް ގެންނަނީ، ރާއްޖެއަށް އެންމެ ގިނަ ބޭސް، މެޑިކަލް އިކުއިޕްމެންޓްސް އަދި މެޝިނަރީސް ވެސް އެތެރެކުރާ ކުންފުނި، އެސްޓީއޯ މެދުވެރިކޮށެވެ.

ރާއްޖެ އެމްވީ އަށް މައުލޫމަތު ލިބިފައިވާގޮތުން އެމްޕީއެލްއިން އެމްބިއުލާންސްތައް ގަންނަން ނިންމާފައިވަނީ ދުބާއީގެ "އެބްރޮން" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި މަޝްރޫޢުގެ ދަށުން "ޓޮޔޯޓާ ލައިޓްއޭސް" ބްރޭންޑްގެ 56 ވޭން، އެމްބިއުލާންސް ތަކަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.

މާކެޓް ރޭޓަށް ބަލާއިރު، "ޓޮޔޯޓާ ލައިޓްއޭސް" ވޭނެއްގެ އަގު އެވްރެޖްކޮށް ހުރީ، 19000 (ނަވާރަ ހާސް) އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް އެމްޕީއެލް އިން ބޭނުންވާ ގޮތަށް އެމްބިއުލަންސަކަށް ބަދަލުކުރުމުން 55,000 (ފަންސާސް ފަސް ހާސް) އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެއެވެ. 56 އެމްބިއުލާންސަށް ޖުމްލަ 3,080,000 (ތިން މިލިއަން އަށްޑިހަ ހާސް) އެމެރިކާ ޑޮލަރު ޚަރަދުވާނެ އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ މިއީ (1 ޑޮލަރަކީ 15.42 ރުފިޔާކަމަށް ބަލާފަ) 47،493،600 (ސާޅީސް ހަތް މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަ ސަތޭކަ) މިލިއަން ރުފިޔާއެވެ.

އެމްޕީއެލް އިން 56 އެމްބިއުލާންސް ގަތުމާއި ގުޅޭގޮތުން ލިބިފައިވާ ބައެއް ޑޮކިއުމެންޓް ތައް
އެމްޕީއެލް އިން 56 އެމްބިއުލާންސް ގަތުމާއި ގުޅޭގޮތުން ލިބިފައިވާ ބައެއް ޑޮކިއުމެންޓް ތައް

މި މައްސަލައިގައި އެންމެ ކަންބޮޑުވާ ކަމަކީ، މިފަދަ ބޮޑު މަޝްރޫޢެއް ވާދަވެރި ބިޑިންގ ޕްރޮސެސްއަކާ ނުލައި، އަދި އެމްޕީއެލްގެ ތަޖުރިބާއެއް ނެތް ދާއިރާއަކުން ކުރިއަށް ގެންދިއުމަށް ނިންމާފައިވުމެވެ. މީގެ އިތުރުން، އެމްބިއުލާންސްތަކުގެ އަގު މާކެޓް ރޭޓަށްވުރެ ބޮޑުތަން މަތިކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މި މައްސަލައާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިކަން ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި މި މަޝްރޫޢުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ލިބޭގޮތަށް ކަންކަން ރޭވިފައިވާކަމުގެ ތުހުމަތުތައް ވެސް ކުރެވެމުންދެއެވެ. ޕްރޮކިއުމަންޓް އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަވަސް ތަހުގީގެއް ހިންގައި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ އެއްވެސް ޢަމަލެއް ހިނގާފައިވޭތޯ ބެލުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ. އަދި މިފަދަ މަސައްކަތައް ހުއްޓުވާ، ހާމަކަން ބޮޑު ގޮތެއްގައި އަލުން އިއުލާނުކޮށްގެން ކުރިއަށް ގެންދިއުމަށްވެސް އެފަރާތްތަކުން އެދެމުންދެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ގެ ފަސް އަހަރުތެރޭ ޖުމްލަ 167 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވާއިރު، އޭގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ގެނައި އެމްބިއުލާންސްތައް ގިނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް 124 އެމްބިއުލާންސް ގެނެސްފައިވެއެވެ.

އޭގެ އިތުރަށް އަވަށްޓެރި ދެ ގައުމެއްގެ އެހީގެ ދަށުންނާއި ހަދިޔާ ކޮށްގެން ރާއްޖެއަށް 32 އެމްބިއުލާންސް ގެނެސްފައިވެ އެވެ. އެއީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 21 އެމްބިއުލާންސާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެނައި 11 އެމްބިއުލާންސެވެ.

ހަމައެއާއެކު އަލަށް އެމްބިއުލާންސް ނުދެވޭ ރަށްތަކަށް، ސަރުކާރުގެ ބަޖެޓުން ވެސް ހަތަރު އެމްބިއުލާންސެއް ހޯދާފައި ވެއެވެ. އަދި އިމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ހިދުމަތް ފެށުމަށް ވެސް ހަތް އެމްބިއުލާންސް ރައީސް ޞާލިހުގެ ސަރުކާރުން ގެނެސްފައި ވެއެވެ.

އެމްޕީއެލްއެސްޓީއޯއެމްބިއުލާންސްކޮރަޕްޝަން އިބްރާހިމް މުހައްމަދު ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު