Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

މިނިވަން މީޑިއާ ކަފުން ކުރަން މި އުޅެނީ މިހެން ވެގެންތޯ؟

ލިޔެލާ ލިޔުމަކުން އެތައްހާސް ރުފިޔާއަކުން ލިޔާ މީހަކު ޖޫރިމަނާ ކުރާނެ ކަމަށާއި، އެބޭފުޅުން ހިތްޕުޅާ ނުވާ ހަބަރެއް ގެނެސްދޭ ޗެނަލްތަކަސް ވަދެގަނެ އޮންއެއާ ހުއްޓާލާނެ ކަމުގެ އިންޒާރު އެދެނީ މަޖިލީހަށް ބަލައިގަނެ މިހާރު މަސައްކަތް ފެށިގެން ކުރިޔަށްދާ މިނިވިން މީޑިޔާ ކަފުން ކުރުމަށް ތައްޔާރު ކޮށްފައިވާ ބިލު މެދުވެރިކޮށެވެ.

ދިވެހި ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމުވެ އިގްތިސާދީ ގޮތުން ގައުމު ދަށު ދަރަޖައަކަށް ގޮސްފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 14:35
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން: ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުޅޭ އުޅުން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވަނީ ކުއްވެރިކޮށްފަ

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން: ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުޅޭ އުޅުން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވަނީ ކުއްވެރިކޮށްފަ

ބަލާލި ކޮންމެ ދިމާލަކުން ފެނިގެންދަނީ ދިވެހި ރައްޔިތުން އުޅެމުންދާ ދަތިހާލެވެ. އަނގަޔާ އަތާ ދިމާކުރަން އާންމު ރައްޔިތުން ގަނޑަތެޅެމުންދާ މަންޒަރެވެ. އެންމެ އަސާސީ ހިދުމަތްތަކުން ވެސް ރައްޔިތުން މަހުރޫމު ވެގެންދާތަން މިވެރިކަމުގައި ފެންނަމުންދަނީ، މިއިން ޒަމާނަކު ރާއްޖެއިން ފެނިފައިނުވާ މިންވަރަށެވެ. ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ބޭސްފަރުވާގެ ކަންކަމުގެ އިތުރުން، ބަނޑުފުރާނަ މުއްތިކުރުމަށްވެސް ރައްޔިތުން މިއަދު މިދަނީ ސަލާން ޖަހަމުންނެވެ. މީގެ އަހަރުތަކެއް ކުރިން އާލަމީ ވަބާއެއްގެ ތެރޭގައި މި ގައުމުގެ އިގްތިސާދީ ކަންކަން ނުދާހާ ދަށުދަރަޖަޔަށް މިހާރު މި ވަނީ ގޮސްފައެވެ.

ސަރުކާރުގެ އިސް ފަރާތްތަކުން ގަބޫލު ނުކުރިޔަސް ނުވަތަ ގަބޫލުކުރަން ބޭނުން ނުވިޔަސް މި ވެރިކަމުގައި އާއްމު ދިވެހި ރައްޔިތުންގެ ހާލަތު މިވަނީ އެތަކެއް އަހަރެއް ފަހަތަށް ގޮސްފައެެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާ ރައީސް މުއިއްޒު ކުޅެލާ ކޮންމެ ރާގަކަށް ފޯރިޔާއެކު ނައްޓުވާ މަޖިލިސް މެމްބަރުން ތިބީ ކޮލު ދަތްކޮޅުވެސް ފެންނަވަރަށް ހެވި ދިލިފައިކަން، ހާމަކޮށްފައިވާ މަޖިލިސް މެމްބަރުންގެ މަލީ ބަޔާން ތަކުން އެނގިގެންދެއެވެ. ބައެއް މެމްބަރުންގެ މާލީ ބަޔާންތަކުގައި ދެކޮޅުނުޖެހޭ ގިނަ ކަންތައްތައް ހުރުމާއި، އަނެއްބައި މެމްބަރުންނަށް އާމްދަނީ އާ ނުބައްދަލު މުއްސަނދިކަމެއް ލިބިފައިވާކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އިގްތިސާދީ ގޮތުން މުޅި ގައުމު މިހާ ދަތި ހާލަތެއްގައި އޮތްއިރު މަޖިލީހުގެ ބައެއް މެމްބަރުންނަށް ހަދިޔާގެ ގޮތުގައި މިލިޔަނުން ފައިސާ އާއި، އެތައް މިލިޔަން ރުފިޔާގެ އަގު ބޮޑު އެޕާޓްމަންޓްތައް ލިބިފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މަޖިލީހުގެ މެމްބަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކޮސްލުމަށް ވެސް ފާއިތުވެ ދިޔަ 14 މަސް ދުވަހު މަޖިލީހުން ވަނީ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ ރައީސް މުއިއްޒުގެ "ފޭވަރިޓް ކަޒިން" އަދި މަޖިލީހުގެ "ހަގީގީ ރައީސް" ކަމަށް ގިނަ ބަޔަކު ސިފަ ކުރާ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މަޖިލީހަގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ނާޒިމް ވަނީ މި މުއްދަތުގެ ތެރޭގައި 133 ފަހަރު އެއަރޕޯޓު ވީއައިޕީ ލޯންޖުގެ ހިދުމަތް ހޯއްދަވާފަ އެވެ. އަދި މިކަމަށް މަޖިލީހުގެ ބަޖެޓުން 116,099 (އެއްލައްކަ ސޯޅަހާސް ނުވަދިހަ ނުވަ) ރުފިޔާ ހޭދަކޮށްފައިވެ އެވެ. ލިސްޓުގެ ދެވަނައިގައި 97 ފަހަރު ވީއައިޕި ލޯންޖް ބޭނުންކޮށްގެން އޮތީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. މެމްބަރު އިބްރާހިމް ދީދީގެ މި ބިލަށް ވަނީ 84،673.84 ރުފިޔާ އަރާފަ އެވެ. ތިންވަނައަށް އެންމެ ގިނައިން ވީއައިޕީ ލޯންޖް ބޭނުން ކޮށްފައިވަނީ މީދޫ ދާއިރާ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދެވެ. ސިޔާމް 78 ފަހަރު ވީއައިޕީ ޚިދުމަތް ބޭނުންކުރި އިރު ޖުމްލަ 68،088.24 ރުފިޔާ އަރާފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންގެ މިކަހަލަ ވާހަކަތަކެއް ތިލަވެފައިވާ ދުވަސް ވަރެއްގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ވާހަކަ ހަމަ ކޮންމެހެން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ކަމަށް ބުނާ ރޯހައުސް އެއް އެބައޮތެވެ. ސުޖާއުގެ މާލީ ބަޔާން އާންމު ކުރިއިރު، އޭނާގެ މަނީ ލޯންޑަރިން މައްސަލަތަކެއް ފުލުހުން ދަނީ ބަލަމުންނެވެ. އެއީ އޭނާގެ ކުންފުނި މެދުވެރިކޮށް ސަރުކާރުން ނެގި ޕްރޮޖެކްޓުތަކަކާ ގުޅިގެން ހިންގި ކޮރަޕްޝަންތަކެއްގައި ލިބުނު ކަމަށް ބުނާ ފައިސާ އެވެ. މިމައްސަލައަކީ ވެސް އެތަށް މިލިއަން ރުފިޔާއެއް ހިމެނޭ މައްސަލައެކެވެ.

ކުރު ގޮތަކަށް މި ބަލާލީ ދާދި ފަހުން ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ބައެއް ތަފާސް ހިސާބުތަކެވެ. މެމްބަރުން އަމިއްލައަށް ހުށަހެޅި މާލީ ބަޔާންތަކުން ފެނިގެންދިޔަ ކަންތައްތަކުން ރައްޔިތުންގެ ސުވާލުތައްވީ އިތުރެވެ. ސަރުކާރަށް ކުރާ ކުޑަ ކުޑަ އިތުބާރުވެސް އިތުރަށް ކުޑަވެގެން ދިޔައީ އެވެ. ނަމަވެސް ދިވެހީންނަކީ ޒަމާނުއްސުރެ މިކަހަލަ ކަންތައްތަކުގެ ވާހަކަ ދައްކާ، އޭގައި ހިމެނޭ ސުވާލު އުފެދޭ ކަންކަމުގެ ވާހަކަ ދައްކާ، ނާޖާއިޒު ގޮތުގައި މަގާމާއި ނުފޫޒު ބޭނުން ކޮށްގެސް މުދާ އެއްކުރާ މީހުންގެ ހަގީގަތް ހޯދާ ބައެކެވެ. ނަމަވެސް މިހާރު ކަންކަން ވަމުންދާ ގޮތުން ސަރުކާރުން ކުރާ ކަންކަމާއި އަދި ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުގެ މިބާވަތުގެ ވާހަކަތައް ދެއްކުން ދިވެހީންނަށް މަނާ ވަނީއެވެ.

ލިޔެލާ ލިޔުމަކުން އެތައްހާސް ރުފިޔާއަކުން ލިޔާ މީހަކު ޖޫރިމަނާ ކުރާނެ ކަމަށާއި، އެބޭފުޅުން ހިތްޕުޅާ ނުވާ ހަބަރެއް ގެނެސްދޭ ޗެނަލްތަކަސް ވަދެގަނެ އޮންއެއާ ހުއްޓާލާނެ ކަމުގެ އިންޒާރު އެދެނީ މަޖިލީހަށް ބަލައިގަނެ މިހާރު މަސައްކަތް ފެށިގެން ކުރިޔަށްދާ މިނިވިން މީޑިޔާ ކަފުން ކުރުމަށް ތައްޔާރު ކޮށްފައިވާ ބިލު މެދުވެރިކޮށެވެ. ސުޕްރީމް ލީޑަރުގެ ސީދާ ބެލުމުގެ ދަށުން އެބޭފުޅާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނެއް މެދުވެރިކޮށް ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ދެނީއެވެ. އަދި ބައިނަލްއަގުވާމީ އަދި ދިވެހިރާއްޖޭގެ ގާނޫނާވެސް ހިލާފަށް، ސުޕްރީމް ލީޑަރުގެ ކޮމިޝަން އެކުލަވާލާ ދުވަހުން ފެށިގެން އެއް އަހަރު ދުވަސް ކުރިން ހިނގާފައި ހުރި ކަންކަމަށްވެސް މިކޮމިޝަނުން އަދަބު ދޭނެކަން ވަނީ އަންގާފަ އެވެ.

ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަމުގެ އަޑަކީ ފާޑުފާޑުގެ ގާނޫނު ހަދައިގެން ދެން މިރާއްޖޭ ގައި އެހާ ފަސޭހައިން ކަނޑުވާލެވޭނެ އަޑެއް ނޫނެވެ. މިނިވަން ނޫސްވެރިކަމީ ދިވެހީން ނުހަނު ބޮޑެތި ގުރުބާނީތަކެއް ވެގެން މިގައުމަށް ހޯދައިދީފައިވާ މިނިވަންކަމެކެވެ. ބަސްބުނުމުގެ މިނިވަންކަން، ދެން ދިވެހީން ދުލެއް ނުކުރާނެ އެވެ. މިނިވަން ޚިޔާލު އަލުން އަނބުރާ ޑަބިޔަލަށް އަޅާ ޒަމާނަކަށް ދިވެހީންނެއް ދެން ނުދާނެ އެވެ. ވައްކަން ކުރީމަ ކުރާ ވައްކަމުގެ ވާހަކަ ދިވެހީންނެއް ދެން ނުދައްކައެއް ނުތިބޭނެ އެވެ. ޖަލުގެ ތޭރި ތަކުގެ ފަހަތަށް ދާން ޖެހުނަސް، އުލުބޭންދިޔަސް ދިވެހީންނެއް ދެން ފަހަތަކަށް ނުޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލިސްއަހުމަދު ނާޒިމް އިބްރާހިމް ޝުޖާއުކޮރަޕްޝަން މިނިވަން ނޫސްވެރިކަންއިގްތިޞާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
ޕީއެންއެފް ޖަލްސާ ބަލާފަ ފަލާހު އަދި ޝުޖާއު އަށް ނުނިދޭނެ: މަލީހު

ޕީއެންއެފް ޖަލްސާ ބަލާފަ ފަލާހު އަދި ޝުޖާއު އަށް ނުނިދޭނެ: މަލީހު

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު