Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް، އޮޕަރޭޝަންތައް ވެސް ނުކުރެވޭ

ދަތުގެ ޚިދުމަތް މެދުކެނޑިފައި، އެއީ އެ ޚިދުމަތް ދޭ ދަތުގެ ޚިދުމަތް ދޭ ގޮނޑި ހަލާކު ވެގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 10:28
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، އޮޕަރޭޝަންތައް ވެސް ހުއްޓިއްޖެ އެވެ.

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަކީ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. ޚާއްސަކޮށް އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން ވެސް ދިއްދޫ އަށް ގޮސް ސިއްހީ ފަރުވާ ހޯދަ އެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތައް ނުލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެންމެ އާދައިގެ ލޭގެ ޓެސްޓެއް ވެސް ނުހެދޭ ކަމަށާއި، މީގެ ކުރިން އެއްވެސް މައްސަލައެއް ދިމާނުވެ ލިބުނު ޚިދުމަތްތައް ނުލިބޭތާ ގާތްގަނޑަކަށް 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެރަށުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލްގެ މުވައްޒަފެއް ބުނީ، ދަތުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، އެ ޚިދުމަތް މެދުކެނޑުނީ ދަތުގެ ޚިދުމަތް ދޭ ގޮނޑި (ޑެންޓަލް ޗެއަރ) ހަލާކު ވެގެން ކަމަށެވެ. ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށާއި، އޭގެ ގޮނޑިއެއް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެ މުވައްޒަފު ބުންޏެވެ.

މީގެ އިތުރުން އެ މުވައްޒަފު ބުނީ، ލޭގެ ޓެސްޓެއް ކަމަށްވާ ސީބީސީ ޓެސްޓު ނުހެދޭ ކަމަށާއި، ވިޓަމިން ޑީ ގެ ޓެސްޓު އަދި ޓެލެސީމިއާގެ ޓެސްޓު ވެސް ނުހެދޭ ކަމަށެވެ. މި ޚިދުމަތްތައް މެދުކެނޑުނު ސީދާ ސަބަބެއް ހާމަ ކޮށްފައިނުވެ އެވެ. އަދި އަލުން ޚިދުމަތް ފެށޭނެ ދުވަހެއް ވެސް ބުނެފައި ނުވެ އެވެ.

ދަތުގެ ޚިދުމަތްތައް ހުއްޓިފައި. ޑެންޓަލް ޗެއަރ ހަލާކުވެގެން މައްސަލަ ޖެހިގެން ހަލާކުވެފައި. މިހާރު ގާތްގަނޑަކަށް ދެ ހަފްތާ ވެދާނެ އެއްކޮށް ހުއްޓުނުތާ. ރިކުއެސްޓް ކޮށްފައިވީ. ނޭނގޭ ލިބޭނެ ދުވަހެއް. ދެން ސީބީސީ ނުހެދޭ. އެހެން ދޭތެރެ ދޭތެރެއިން ހުއްޓިއްޖެ. ދެން ޓެލެސީމިއާ ޓެސްޓު ވެސް ނުހެދޭތާ ވަރަށް ގިނަ ދުވަސްވެއްޖެ
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް

އޮޕަރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެ މުވައްޒަފު ބުނީ، އޮޕަރޭޝަން ކުރުމަށް އެއްވެސް ޕޭޝަންޓަކު ނާންނަ ކަމަށާއި، އޮޕަރޭޝަން ކުރުމާއި ނުކުރުން ނިންމާނީ ޑޮކްޓަރު ކަމަށެވެ.

މުވައްޒަފު އެހެން ބުނި ނަމަވެސް ސީބީސީ ޓެސްޓު ނުހެދޭ ކަމަށްވާނަމަ އެއްވެސް އޮޕަރޭޝަނެއް ކުރިއަށް ނުގެންދެވޭނެ އެވެ.

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަކީ ހއ އަތޮޅުގެ އިތުރުން ހދ އަތޮޅުގެ ބައެއް ރައްޔިތުން ވެސް ޚިދުމަތް ހޯދަންދާ ހޮސްޕިޓަލެކެވެ. ގާތްގަނޑަކަށް ދިއްދޫގެ އާބާދީގައި 4000 މީހުން ހިމެނޭއިރު ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ބަލިމީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެ ހޮސްޕިޓަލަށް ވަސީލަތްތައް އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރި އެވެ. އެގޮތުން ސްކޭންގެ ޚިދުމަތާއެކު، އަންހެނުންގެ ޚާއްސަ ބަލިތަކާއި، ދަތުގެ ޚާއްސަ ބަލިތައް، ކަށީގެ ބަލިތައް އަދި ޑައިލަސިސްގެ ޚިދުމަތް ފެށި އެވެ. ގިނަ ޓެސްޓުތައް އެ ހޮސްޕިޓަލުން ހެދޭ ގޮތަށް މަގުފަހިގެން ވެގެންދިއުމާ ގުޅިގެން ދުވާލެއްގެ މައްޗަށް 400 އާއި 800 އާ ދެމެދުގެ އަދަދަކަށް ޓެސްޓް ވެސް ހަދާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް މިހާރު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް މެދުކެނޑި، ސިއްހީ ފަރުވާ ނިޒާމުގެ ކަންކަން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހއ. ދިއްދޫހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހއ. އަތޮޅުގެ ތިލައުތުރު އެވޯޑަށް ރައީސް މުއިއްޒާއި، ނައިބު ރައީސް ވަޑައިނުގަތުމުން، އެންމެ ފަހުން ރައީސް ޔާމިން

ހއ. އަތޮޅުގެ ތިލައުތުރު އެވޯޑަށް ރައީސް މުއިއްޒާއި، ނައިބު ރައީސް ވަޑައިނުގަތުމުން، އެންމެ ފަހުން ރައީސް ޔާމިން

26 އޮކްޓޯބަރު 2025
އަތޮޅު ކައުންސިލް އުވާލާ އަތޮޅު ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިންގާނީ މިނިސްޓްރީ އިން - ރައީސް މުއިއްޒު

އަތޮޅު ކައުންސިލް އުވާލާ އަތޮޅު ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިންގާނީ މިނިސްޓްރީ އިން - ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ދެން ދިއްދޫ އަށް މުއިއްޒު ވަޑައިގަންނަވާނީ މަތިންދާ ބޯޓުގައި

ދެން ދިއްދޫ އަށް މުއިއްޒު ވަޑައިގަންނަވާނީ މަތިންދާ ބޯޓުގައި

28 ޖެނުއަރީ 2025
ދިއްދޫ ގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރުމުން އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިން-ޗާޖް ހާޒިރު ކޮށްފި

ދިއްދޫ ގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރުމުން އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިން-ޗާޖް ހާޒިރު ކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު