Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއު

ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި

އދ. ދިގުރަށުގައި ބިނާކުރަން ފަށާފައިވާ މިސްކިތުގެ މަސައްކަތް ސަރުކާރު ބަދަލުވުމާއެކު ހުރީ ހުއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 14:37
އދ ދިގުރަށު ކައުންސިލް ރައީސް އިބުރާހީމް އުސްމާން: ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން މިސްކިތުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް

އދ ދިގުރަށު ކައުންސިލް ރައީސް އިބުރާހީމް އުސްމާން: ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން މިސްކިތުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް

ރައީސް އިބުރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވިފަހުން އދ. ދިގުރަށުގައި ބިނާކުރަން ފަށާފައިވާ މިސްކިތުގެ މަސައްކަތް ހުއްޓުނު ގޮތަށް އެތަނުގެ މަސައްކަތް ނުފަށާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުސްމާން ވިދާޅުވީ އެ މިސްކިތަކީ ރައީސް ޞާލިހުގެ ސަރުކާރުން 2022 ވަނަ އަހަރަު ތަރައްގީކުރަން ފެށި މިސްކިތެއް ކަމަށާއި ސަރުކާރު ބަދަލުވި ފަހުން އެ މިސްކިތުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ.

އުސްމާން ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން މިހާތަނަށް އަހަރެއް ވެގެން ދިޔައިރުގައި ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށެވެ. މިސްކިތުގެ ބޮޑުބައެއް މިދިޔަ ސަރުކާރުން ނިންމާފައިވާ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިހާރު ވަރަށް ކުދިކުދި މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމަށެވެ.

އުސްމާނު ވިދާޅުވީ މި ސަރުކާރު އައިސް މިސްކިތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިސްކިތުގެ މުންނާނު ބިނާކުރަން ހަވާލުކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް މިހާރު އަލުން އެ މިސްކިތުގެ މުންނާރު ބިނާކުރަން ބަޔަކާއި ވަކިން ހަވާލުކުރަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ މިސްކިތު މުންނާރުގެ ކަންކަން މިހާރު އޮތީ ފިނޭންސް މިނިސްޓްރީގައި ކަމަށް ބުނާ ކަމަށާއި މުންނާރު އޮތީ މިސްކިތާއި ވަކިވެފައި ކަމަށެވެ.

އަޅުގަނޑުމެން އެންމެން ވެސް ބޭނުމީ ވީހާ ވެސް އަވަހަށް މިސްކިތް ހުޅުވަން. އެހެން ނަމަވެސް އަދި މިސްކިތް ނިންމުމަސް ކުރަން ޖެހޭ ބައެއް މަސައްކަތް އެބަހުރ. މިދިޔަ ސަރުކާރުން ބިނާކުރަން ފެށި މިސްކިތެއް މިއީ. މަސައްކަތުގެ ބޮޑުބައެއް ހުރީ ނިންމާފަ. އެހެން ނަމަވެސް ވެރިކަން ބަދަލުވި ފަހުން މަސައްކަތް ހުރީ ހުއްޓިފަ. މިސްކިތުގެ މުންނާރެއް ނެތް. މި ސަރުކާރު އައިސް މަސައްކަތް ހަވާލުކުރި އިރު، މުންނާރުގެ މަސައްކަތް ހާވު ނުކުރޭ. ނަމަވެސް މިހާރު މުންނާރުގެ މަސައްކަތް ވަކިން ހަވާލުކޮށްފައި ވާކަމަށް މައުލޫމާތު ލިބެނީ. މިސްކިތަށް ކިޔާނެ ކަމަށް "މަސްޖިދުލް ޞާލިހު" ކައުންސިލުން ފާސްކޮށްފައި އޮތީ. އެހެން ނަމަވެސް މިނިސްޓްރީލް އަދި އެ ނަން ފައިނަލް ނުކުރޭ.
އދ. ދިގުރަށުގެ ކައުންސިލް ރައީސް އިބިރާހީމް އުސްމާން

ރައީސް ޑރ މުހައްމަދު މުއިއްޒު އދ ދިގުރަށަށް ވަރަށް އަވަހަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވައި އުސްމާން ވިދާޅުވީ މިސްކިތުގެ މުންނާރު ނެތުމުން ރިނބަން ކަނޑާލެވޭވަރު ވެދާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް އުންމީދަކީ ރައީސް ވަޑައިގެން މިސްކިތަށް ޚާއްސަ ސަމާލުކަމެއް ދެވައި އެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމަވާލައްވައި އެތަނުގައި ރަށުގެ ރައްޔިތުންނަށް ނަމާދުކޮށްލެވޭ ވަރު ވުން ކަމުގައި އުސްމާން ވިދާޅުވި އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއދ. ދިގުރަށްދިގުރަށު މިސްކިތްފިނޭންސް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު