ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 11:13
ރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތި
ރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތި
ރާއްޖެ އެމްވީ
ފަތުރުވެރިކަން
އިންޑިއާ މީހުން ހަނީމޫން އަށް އެންމެ ދާން ބޭނުން ތާކަށް ރާއްޖެ އެއް ނުވި: ސާވޭ
 
ރާއްޖެއަށް ބޮލީވުޑްގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަ ކުރުމަށް މިހާރުވެސް އާދޭ
 
ސާވޭގައި ސޭޝަލްސް އަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބުނެފައިވޭ
 
އިންޑިއާ މީހުންނަށް އެންމެ ކަމުދަނީ ބާލީ

އިންޑިއާ މީހުން ހަނީމޫން އަށް އެންމެ ދާން ބޭނުންވާ ތަނަކީ ކޮބާތޯ ބެލުމަށް ކުރި ސާވޭގައި އެތަނަކީ އިންޑޮނީޝިއާގެ ބާލީ ކަމަށް ސާވޭގެ ނަތީޖާ ދައްކައިފިއެވެ.

މި ސާވޭގައި ރާއްޖެ ހިމެނިފައިވަނީ ދެ ވަނަ އަށެވެ.

ތިންވަނަ އަށް އެންމެ ދާން ބޭނުންވާ ތަނަކަށް ސާވޭން ދައްކާފައިވަނީ ތައިލެންޑް އެވެ.

ހިންދުނސްތާން ޓައިމްސް އިން ބުނެފައިވަނީ، އަލަތު ކައިވެންޏަށް ފަހު އިންޑިއާ މީހުން ހަނީމޫން އަށް ދާންބޭނުންވަނީ ގޮނޑުދޮއްތައް ރީތި އަދި އޮން އެރައިވަލްގައި ވިސާ ލިބޭ އަދި ފަސޭހައިން ދަތުރު ހަމަ ޖެހުން ފަދަ ކަންކަން ހުންނަ ތަންތަނަށް ކަމަށެވެ.

މި ނޫހުގައި، އީޒީގޯވަން ޑޮޓް ކޮމްގެ ސީއީއޯ ނީލޫ ސިންގ އާ ހަވާލާދީ ބުނެފައިވަނީ، އިންޑޮނީޝިއާގެ ބާލީއަކީ، ރީތި ގޮނޑުދޮއްތައް ލިބިފައިވުމުގެ އިތުރުން ގުދުރަތީ ރީތިކަން ލިބިފައިވާ ތަނަކަށް ވެފާ ދަތުރުފަތުރު ފަސޭހަ ވުމަކީ އެ މަންޒިލް އިންޑިއާ މީހުންގެ މެދުގައި މަގްބޫލްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

އީޒީގޯވަން ޑޮޓް ކޮމް އިން މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ އޮން ލައިންކޮށް 2017 ވަނަ އަހަރުގެ ޖަނަވަރީން ޖޫން މަހާ ދެމެދުގައެވެ.

ސާވޭގެ ނަތީޖާ އަށް ހަވާލާދީ ހިންދުސްތާން ޓައިމްސް ގައި ބުނެފައިވަނީ މަގްބޫލް ވަމުން އަންނަ މަންޒިލްތަކުގެ ތެރޭން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ސޭޝެލްސް އަށް ކަމަށެވެ. ސޭޝެލްސް ވަނީ އެންމެ މަގްބޫލް ފަސް މަންޒިލްގެ ތެރޭގައި ހިމެނިފައެވެ.

ސޭޝެލްސް އިން ވަނީ މުމްބާއީ އާ އެ ގައުމާ ދެމެދު ސީދާ ދަތުރުތައް ފަށާ ހަފްތާއަކު ފަސް ފްލައިޓް އޮޕަރޭޓް ކުރަން ފަށާފައެވެ. އޭގެ ސަބަބުން އިންޑިއާއިން ސޭޝެލްސްއަށް ފަތުރުވެރިންގެ ގޮތުގައި ދާ މީހުން ވަރަށް ބޮޑުތައް މައްޗަށް ގޮސްފައިވާ ކަމަށްވެސް އީޒީގޯ ޑޮޓް ކޮމް އިން ބުނެފައިވެއެވެ.

ރާއްޖެއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ޗުއްޓީ ހޭދަ ކުރުމަށް މަގްބޫލް މަންޒިލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
20%
30%
0%
20%
30%
0%
ކޮމެންޓް
3 ސެޕްޓެންބަރ 2017 | އާދީއްތަ 08:23
ޒައި
ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ބޭނުންނަމަ އުތުރާދެކުނަށް އިންޓާރނޭޝަނަލް ފުލައިޓް ޖައްސަން އެބަޖެހޭ.. އެހެން ނޫނީ ދަތުރުފަތުރުގެ ބޮޑު ބުރަޔާ ހަރަދު އޮބިނޯންނާތީ އަންނަ ގެސްޓުން މަދުވާނެ