Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)

އެމްޔޫ މަނިކަކީ އިޖްތިމާއީ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް ޞާލިހް

އެމްޔޫ މަނިކަކީ ފަތުރުވެރިކަމުގެ އިތުރުން ތަޢުލީމީ އަދި ސިއްޙީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 08:24
3 އޮކްޓޯބަރު 2022 ގައި ބޭއްވުނު ޓޫރިޒަމް ގޯލްޑެން އިޔަރ ގަލާ އިވްނިންގ ގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (ކ) ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ގޯލްޑަން އެވޯޑް މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) (ވ) އަށް ދެއްވަނީ

ހޮނިހިރު ދުވަހުގެ ހެނދުނު ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ ޓޫރިޒަމްގެ އިތުރުން އިޖްތިމާއީ ދާއިރާއިން ވެސް ދިވެހީންނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެެވެ.

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ޞާލިހް ވިދާޅުވީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް އަދި ޒަމާނީ ކުރިއެރުންތައް ގެނެސްދެއްވި އެއް ބާނީ ކަމުގައިވާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރި މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމުގައެވެ. އަދި މިހިތާމާގައި އެމަނިކުފާނުގެ އާއިލާއާއި ބައިވެރިވާކަން ހާމަކޮށް ރައީސް ޞާލިހް ވަނީ ތައުޒިޔާ ދަންނަވާފައެވެ.

Advertisement - newsAdvertisement

އެމްޔޫ މަނިކަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހި ދައުލަތަށްވެސް 19 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހިދުމަތް ތެރިއެއްކަން ރައީސް ޞާލިހް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިޖްތިމާއީ ދާއިރާއިންވެސް ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި އެމްޔޫ މަނިކަކީ ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާއަށް، މަތީތައުލީމުގެ ފުރުސަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއްކަން ރައީސް ޞާލިހް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، އެމްޔޫ މަނިކު އުމުރުފުޅުން 78 އަހަރުގައި އަވަހާރަަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ޖުލައި މަހު ފަހުކޮޅު ސިންގަޕޫރަށް ގެންގޮސް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު