Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޒެލެންސްކީއާ ބައްދަލުކުރަން ޕުޓިން އެއްބަސްނުވެއްޖެ ނަމަ، ޓްރަމްޕް މަކަރު ހަދަނީ ކަމަށް މެކްރޮން ވިދާޅުވެއްޖެ

ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މާޒްއާ އެކު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ސުން ގަޑި އަށް އެކަން ނުވެއްޖެ ނަމަ، އެއީ ޓްރަމްޕް މަކަރު ހެއްދެވުން ކަމަށާއި، ޕުޓިން ޓްރަމްޕް އަށް އޮޅުވާލެއްވީ ކަމަށެވެ.

މެކްރޯން ވިދާޅުވެފައިވަނީ ޕިއުޓިން އަދި ޒެލެންސްކީ ބައްދަލުވުމަށް އެއްބަސްނުވެއްޖެނަމަ އެއީ ޓްރަމްޕަށް މަކަރު ހެދުނީ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 04:01
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރުމަށް، ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އެއްބަސްނުވެއްޖެ ނަމަ، އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަކަރު ހެއްދެވުން ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މާޒްއާ އެކު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ސުން ގަޑި އަށް އެކަން ނުވެއްޖެ ނަމަ، އެއީ ޓްރަމްޕް މަކަރު ހެއްދެވުން ކަމަށާއި، ޕުޓިން ޓްރަމްޕް އަށް އޮޅުވާލެއްވީ ކަމަށެވެ.

ޓްރަމްޕް ވަނީ އެލަސްގާއި ދާދި ފަހުން ޕުޓިންއާ އެކު ބައްދަލު ކުރައްވައިފަ އެވެ. އޭގެ ފަހުން ޒެލެންސްކީ އަދި ޔޫރަޕުގެ ޤައުމު ތަކުގެ ވެރިން ވަނީ އެމެރިކާ އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، އެލަސްކާގެ ބައްދަލުވުމަށް ފަހު، ޕުޓުން އާއި ޒެލެންސްކީ އަދި ޓްރަމްޕްގެ ބައްދަލުވުމެއް ވެސް އޮންނާނެ ކަމަށެވެ.

އޭގެ ފަހުން ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ، ރަޝިޔާ އަދި ޔުކްރެއިންގެ ލީޑަރުން ބައްދަލު ނުކުރައްވައިފި ނަމަ، އެކަމުގެ ސަބަބުން އެހެން ނަތީޖާ ތަކެއް ވެސް ނިކުމެދާނެ ކަމަށެވެ. ޓްރަމްޕްގެ އެ އިންޒާރު ދިނުން އައިސްފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންގެ ރައީސުންގެ ބައްދަލުވުމަކަށް މިހާތަނަށް އެއްބަސްވެވިފައި ނުވާ ކަމަށް ރަޝިޔާ އިން ވެސް ބުނެފައި ވަނިކޮށެވެ.

ހުކުރު ދުވަހު ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ، ރަޝިޔާގެ ރައީސް ޕުޓިންއާ އެކު ދެ ފަރާތުގެ ބައްދަލުވުމަކަށް އެއްބަސްވުމަށް، އެ ހަފުތާ ނުވަތަ ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސް ނުވެއްޖެ ނަމަ، ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ޒެލެންސްކީ ހާމަކުރެއްވި އެވެ.

ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް ދެއްވާފައިވާ ދެ ހަފުތާގެ މުއްދަތު، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި، އެކަން ހުރިހާ ފަރާތްތަކަށް ވެސް ހަނދާން ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ޔުކްރެއިން އޮތީ ޖަވާބެއްގެ އިންތިޒާރުގައި ކަމަށާއި، ދިގު ދަންމައިގެން ކަންކަން ކުރުމަަކީ ޙައްްލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ ބައްދަލުވުމަކަށް ޤައުމު ތަކުން ބާރުއަޅަމުން އަންނައިރު، އެ ބައްދަލުވުމަކީ ރަޝިޔާ-ޔުކްރެިން ހަނގުރާމައިގެ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެގައި މުހިންމު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

އެފަދަ ބައްދަލުވުމެއް ބޭއްވުމަށް، އެމެރިކާ އާއި ޔޫރަޕުގެ ލީޑަރުން އަދި ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އަދި ޔުކްރެއިން އޮތީ އެ ބައްދަލުވުމަށް ތައްޔާރަށް ކަމަށް މީގެ ކުރިން ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު