Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުންގެ މެދުގައި ދެބަސްވުންތަކެއް

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމުގައި ދަތި ތަކެއް ދިމާވެފައިވާއިރު، ބައެއް ޤައުމު ތަކުން އިސްރާއީލް އަށް އިޤްތިސާދީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް އަނެއް ބައި ޤައުމު ތަކުން ބާރު އަޅަނީ ވާހަކަ ދައްކައިގެން، މަޝްވަރާގެ ދޮރު ހުޅުވާފައި ބެހެއްޓުމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުގެ މެދުގައި ގައްޒާގެ ހަނގުރާމައާ ގުޅޭ ގޮތުން ތަފާތުވުންތައް އުފެދިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 04:00
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ޙާލަތާ މެދު، ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުންގެ މެދުގައި ދެބަސްވުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އިންސާނީ އެހީގެ އިސްވެރިޔާ ގޮވާލައްވާފައި ވަނީ، ބްލޮކްގެ އަގުތަކާއި، އުސޫލުތައް ދައްކުވައިދޭ ވަރުގަދަ އަޑެއް އުފުލުމަށެވެ. އެ ގޮވާލުމާ އެކު، ހޮނިހިރު ދުވަހު ކޮޕަންހޭގަންގައި ބޭއްވޭ ބައްދަލުވުމުގައި ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މެމްބަރު ޤައުމު ތަކުގެ މެދުގައި އުފެދިފައިވާ ތަފާތުވުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ތަކުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާ އަށް ފަހު، ފެށުނު ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުންނެވެ.

އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ ގިނަ ޤައުމު ތަކުން ވަނީ އިސްރާއީލްގެ ހަނގުރާމައިގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޚާއްސަކޮށް އާންމު ރައްޔިތުންނަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދު ކުރުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ކުރިމަތިވާ ހުރަސްތަކާ މެދު އިސްރާއީލް އަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައިވެ އެވެ.

އެކަން އެހެން އޮއްވައި، އދ އާއި އެހީގެ އެޖެންސީތަކާ އެކު މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ބަނޑުހައި ހޫނު ކަމުގެ މޮނިޓަރިން ޖަމާއަތުން، ޣައްޒާގައި ބަނޑުހައި ހޫނުކަން އޮތް ކަމަށް ކަނޑައެޅުމާ އެކު، އިސްރާއީލް އަށް ކިޔަމުން އަންނަ ފާޑު ކިޔުންތައް ވަނީ އިތުރުވެފަ އެވެ. ނަމަވެސް، އިސްރާއީލް އިން ވަނީ އެ ނިންމުމާ ދެކޮޅު ހަދަައިފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމުގައި ދަތި ތަކެއް ދިމާވެފައިވާއިރު، ބައެއް ޤައުމު ތަކުން އިސްރާއީލް އަށް އިޤްތިސާދީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް އަނެއް ބައި ޤައުމު ތަކުން ބާރު އަޅަނީ ވާހަކަ ދައްކައިގެން، މަޝްވަރާގެ ދޮރު ހުޅުވާފައި ބެހެއްޓުމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިން ވަނީ، އެ ޔޫނިއަންގެ ރިސާޗް ފަންޑިން ޕްރޮގްރާމް އަށް އިސްރާއީލް އަށް އޮތް އެކްސެސް މަދު ކުރުމަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ ހުށަހެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ ފުރިހަމަ ތާއީދު ލިބިފައި ނުވެ އެވެ.

އެގޮތުން ފްރާންސް، ނެދަލެންޑްސް، ސްޕެއިން އަދި އަޔަލެންޑް ފަދަ ޤައުމު ތަކުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކޮށްފަ އެވެ. އެހެން ނަމަވެސް، ޖަރުމަނު އަދި އިޓަލީ ފަދަ ޤައުމު ތަކުން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދައިފަ އެވެ.

ކޯޕަންހޭގަންގައި އޮންނަ ބައްދަލުވުމުގައި ޤައުމު ތަކުގެ ވަޒީރުން އެ ބޭފުޅުންގެ ޚިޔާލު ހާމަ ކުރައްވާނެ ކަމަށް ބެެލެވުނު ނަމަވެސް، ވަކި ނިންމުމަކަށް އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

28 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު