Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ބަންދުގައި ތިބި ރަހީނުންނަށް ވެސް އިސްރާއީލްގެ ހަމަލާތަކުގެ އަސަރު ކުރާނެ

30 އޯގަސްޓު 2025 | ހޮނިހިރު 04:00

ހަމާސްގެ ހަނގުރާމައިގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެފައި ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުންނާ މެދު ވީހާ ވެސް ރަނގަޅަށް ކަންތައް ކުރަމުން ގެންދާ ކަމަށާއި، އެމީހުންނަށް ވަރަށް ރަނގަޅަށް އަޅާލާ ކަމަށެވެ.

ހަމާސްއިން ބަންދުގައި ތިބި މީހުންނަށް އިސްރޭލުގެ ހަމަލާތަކުން ހަމާސްގެ ފައިޓަރުންނެކޭ އެއްފަދަ ނުރައްކާތަކާ ކުރިމަތިވާނެ ކަމަށް އިންޒާރުދީފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2025 | ހޮނިހިރު 04:00
ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި މީހެއް، އަސްކަރީ ހެދުމުގައި

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި މީހެއް، އަސްކަރީ ހެދުމުގައި

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދެމުން އަންނަ ހަމަލާތަކުގެ އަސަރު، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންނަށް ވެސް ކުރާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އިސްރާއީލް އިން ވަނީ ދާދި ފަހުން ޣައްޒާ ސިޓީ ހިފުމުގެ އައު ޕްލޭނެއް އެކުލަވާލައި، އެކަން ތަންފީޒު ކުރުމަށް ފަށައިފަ އެވެ. އެގޮތުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވެ އެވެ.

ހަމާސް އިން ވަނީ، އިސްރާއީލް އިން ޣައްޒާ ސިޓީ ހިފުމަށް ރާވާފައިވާ ރޭވުންތަކާއި، ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުންނަށް ވެސް ނުރައްކާ ކުރިމަތި ވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އޮތް ކޮންމެ ނުރައްކަލެއް، ރަހީނުންނަށް ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ހަމާސްގެ ހަނގުރާމައިގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެފައި ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުންނާ މެދު ވީހާ ވެސް ރަނގަޅަށް ކަންތައް ކުރަމުން ގެންދާ ކަމަށާއި، އެމީހުންނަށް ވަރަށް ރަނގަޅަށް އަޅާލާ ކަމަށެވެ.

މީގެ އިތުރުން، އެމީހުން ވެސް ތިބޭނ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ހަނގުރާމައިގެ މައިދާނުގައި ކަމަށާއި، އެ މީހުން ވެސް ތިބޭނީ ހަމާސްގެ ހަނގުރާމަވެރިންނާ އެއް ޙާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ މި އިންޒާރު އައިސްފައި ވަނީ، އިސްރާއީލް އިން ޣައްޒާގެ އުތުރު ސަރަހައްދުގައި ހިންގަމުންދާ އޮޕަރޭޝަންތައް އިތުރަށް ޚަރުދަނާކޮށް، ޣައްޒާ ސިޓީ ހިފުމަށް ހަމަލާތައް ދީ، ރޭވުންތައް ރާވަމުންް ގެންދާ ވަގުތެއްގަ އެވެ. އިސްރާއީލް އިން ބުނެފައިވާ ގޮތުގައި، މިހާރު ކުރަމުން އަންނަނީ ހަމާސް ޖަމާއަތް ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ހަމާސް އިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، އިސްރާއީލްގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވެ އެވެ. މީގެ އިތުރުން އެ ހަމަލާގައި އިސްރާއީލްގެ 1200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
07 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި

07 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި
29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް