Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަދީލް އަހުމަދުގެ މަރު

ގޮތް ނޭނގޭ މަރެއް، ''އާދޭސް މިކުރަނީ އަޅުގަނޑުގެ ދަރިފުޅަށް އިތުރަށް އަނިޔާނުދީ ހަށިގަނޑު ހަވާލުކޮށްދީ''

29 އޯގަސްޓު 2025 | ހުކުރު 09:43

އަދީލް އޯލަވަލް ނިންމާލުމަށްފަހު މަސައްކަތް ކުރަމުންދިޔައީ ރިސޯޓުތަކުގައެވެ. އެންމެފަހުން ވަޒީފާއަށް ދިޔަ ރިސޯޓުގައި މަސައްކަތް ކުރަން ފެށިފަހުން އެއްމަސްނުވެ ޚަބަރު ލިބިގެންދިޔައީ އަދީލް މަރުވި ޚަބަރެވެ. އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އަދީލް މަރުވިކަން ފުލުހުން އެންގި ކަމަށާއި، އެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް، މޯޗަރީގައި ބާއްވާފައިވާ ކަމަށާއި، މިއަދާ ހަމައަށް ވާނުވާ ނޭނގޭ ކަމަށް އަދީލްގެ މަންމަ ބުނެފައިވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޯގަސްޓު 2025 | ހުކުރު 09:43
ކ.ގުރައިދޫއަށް އުފަން އަދީލް އަހުމަދު، އޭނާ މަރުވި ކަމަށް އާއިލާއަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު

ކ.ގުރައިދޫއަށް އުފަން އަދީލް އަހުމަދު، އޭނާ މަރުވި ކަމަށް އާއިލާއަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު

އެކަނިވެރި މަންމައެއްގެ އެންމެ ހަގަށްހުރި ފިރިހެން ދަރިފުޅު، އަދީލް އަހުމަދު ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔައީ އެ މަންމަގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށެވެ. ކ.ގުރައިދޫ ސްކޫލުން އޯލެވެލް ނިންމާލުމަށްފަހު ވަޒީފާގެ މައިދާނަށް އެޒުވާނާ ނުކުތީ، މަންމައާއި، އާއިލާއަށް ޚިދުމަތް ކުރަން އަމިއްލައަށް ބޭނުންވެގެންނެވެ. ނަމަވެސް އޯގަސްޓް މަހުގެ 23 ވަނަ ދުވަހު، އަދީލްގެ މަންމަ، ނާޖިދާ ހަސަންއަށް ލިބިގެންދިޔަ ހިތާމަވެރި ޚަބަރަކީ ކުއްލިއަކަށް އަދީލް މަރުވި ޚަބަރެވެ.

ރާއްޖެއެމްވީއަށް، ނާޖިދާ ވަނީ އަދީލްގެ ކުއްލި މަރާގުޅޭގޮތުން ސުވާލު އުފައްދާ، އެހާދިސާ ހިނގާދިޔަ ގޮތް ހިއްސާކޮށްފައެވެ.

ނާޖިދާ ކިޔައިދިން ގޮތުގައި، އަދީލް އޯލެވެލް ނިންމާލުމަށްފަހު މަސައްކަތް ކުރަމުންދިޔައީ ރިސޯޓުތަކުގައެވެ. އެންމެފަހުން ވަޒީފާއަށް ދިޔަ ރިސޯޓުގައި މަސައްކަތް ކުރަން ފެށިފަހުން އެއްމަސްނުވެ ޚަބަރު ލިބިގެންދިޔައީ އަދީލް މަރުވި ޚަބަރެވެ.

އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އަދީލް މަރުވިކަން ފުލުހުން އެންގި ކަމަށާއި، އެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް، މޯޗަރީގައި ބާއްވާފައިވާ ކަމަށާއި، މިއަދާ ހަމައަށް ވާނުވާ ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ. ފުލުހުންގެ ފަރާތުން ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނާޖިދާގެ ހުރި އެންމެހަގު ދަރިފުޅުގެ ހަށިގަނޑު ހަވާލުނުކޮށް ވާނުވާ ނޭނގި ތަހުގީގެއް ހިންގަމުންދާތީ، އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކޮށްފައިވެއެވެ. މިއީ ނިކަމެތި އާއިލާއަކަށްވާތީ ބޭނުންހާ ގޮތެއް ހަދަނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އާއިލާއާ ގާތްގުޅުމެއް އޮތް 22 އަހަރުގެ އަދީލް އަމިއްލައަށް މަރުވީކަމުގެ އަޑުތަކެއް ފެތުރި ނަމަވެސް އެކަން އޭނާގެ މަންމަ ނާޖިދާ ދޮގުކުރެއެވެ. އެއީ ހިތްވަރުގަދަ ޒުވާނެއް ކަމަށާއި، ދިރިއުޅުމާމެދު ގިނަ އުންމީދުތަކެއް ކުރި ކުއްޖެއް ކަމަށް އޭނާ ބުނެފައިވެއެވެ. އެއްބަނޑުއެއްބަފާ ތިން ކުދިން ތިބިއިރު، އެކުދިންނާ ވެސް ސަމާސާކޮށް، ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރެއެވެ. އަދި ހިތްނުތަނަވަސްވެ، ދެރަކަމެއް ދިމާވިނަމަ އެ ވާހަކައެއް އެތަނުން ކޮންމެވެސް އެއްކުއްޖަކާ ހިއްސާކުރާނެ ކަމަށާއި، މިފަހުން އެފަދަ ވާހަކައެއް ވެސް ދައްކާފައިނުވެއެވެ.

އެހެންކަމުން އަދީލްގެ މަރަކީ އާދައިގެ މަރެއް ނޫންކަމަށާއި، ކަންތައްތަކެއް ސިއްރުކުރާކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އަޅުގަނޑު އާދޭސް މިކުރަނީ. ދަރިފުޅުގެ ހަށިގަނޑު ހަވާލުކޮށްދީ. ދެން އެކުއްޖާއަށް އެންމެ އަނިޔާއެއް ވެސް ދޭކަށް ބޭނުމެއް ނުވޭ. ކިހައި ބޮޑު އަނިޔާއެއްތޯ މިއީ. މިއަދު މިއީ 7 ދުވަސް. ވާނުވާއެއް ނޭނގޭ. ކީއްވެގެން ކަމެއް ނާނގޭ. ބައެއް މީހުން ކިޔާތީ އަޑުއެހިން އެކުއްޖާ އޮތީ ދުއްވާ ލޯންޗުގެ ދަގަނޑުގަޑެއްގެ ވަލެއް ކަރުގައި އައްސާގެން މޫދަށް ފާބާފައޭ. ދެން އެ ބުނަނީ ދަންޖެހިގެން މަރުވީއޭތާ. އެކަމަކު މަގޭ ދަރިފުޅު ދަންޖެހިގެން އަމިއްލައަކަށް މަރެއް ނުވާނެ. ޔަގީން އަމިއްލައަކަށް މަރެއް ނުވާނެ. އެއަށްވުރެ ހިތްވަރުގަދަ ރަނގަޅު ކުއްޖެއް އެއީ.
ނާޖިދާ ހަސަން

އަދީލްގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް ހަފްތާއެއް ވެފައިވާއިރު، މިއަދާ ހަމައަށް އޭނާގެ ފޯނާއި، އަންނައުނު ވެސް ހަވާލުކޮށްފައިނުވެއެވެ. މި މައްސަލާގައި އެ ރިސޯޓުގެ ފަރާތުން ވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

އަދީލްގެ މަރާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ މިފަހުން ރިސޯޓެއްގައި ޒުވާނެއްގެ މަރުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ތަފްސީލު ބަލާލުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !
21 ޖުލައި 2017

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
27 މެއި 2017

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
20 މެއި 2017

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް