Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލު

މީޑިއާ ކޮންޓްރޯލް ބިލަކީ މީޑިއާތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއް - ޝާހިދު

29 އޯގަސްޓު 2025 | ހުކުރު 05:19

މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރަންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2025 | ހުކުރު 05:19
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ - ފައިލް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ - ފައިލް

މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ މީޑިއާތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލް އިސްލާޙުކޮށްގެން މަޖިލީހުން އެބިލް ފާސްކުރުމަށް ސަރުކާރުން ރާވާ ރޭވުމަކީ، މީޑިއާގެ މިނިވަންކަން ނެތިކޮށް، މީޑިއާތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ޝާހިދު ވަނީ މަޖިލީހުން މި ބިލް މިހާރުން މިހާރަށް ބޭރު ކުރުމަށް ގޮވާލައްވާފައެވެ.

މި މައްސަލައިގައި މީގެ ކުރިން ޝާހިދު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ މެމްބަރުންތަކެއް ތިއްބަވައިގެން، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށެވެ.

އަދި ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޚުދުމުޚްތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށެވެ. އަދި ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުން ކަމަށެވެ. އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

މަޖިލީހުން މި ބިލު ބަލައިގެންފައިވަނީ އެ ބިލާމެދު އެތައް ކަންްބޮޑުވުމެއް ނޫސްވެރިން ފާޅުކުރަމުން ދަނިކޮށެވެ. އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް