Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާތައް ހައްދުފަހަނަ އަޅައިފި: މެލޯނޯ

މެލޯނީ ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގެ ސަބަބުން، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އިސްރާއީލް އަށް އޮތް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އިސްރާއީލް އިން ދެމުން ގެންދާ ހަމަލާތަކާ މެދު ހަނު ހުރެވެން ނެތް ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެ އެވެ.

އިޓަލީގެ ބޮޑުވަޒީރު ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަނީ ތަނަވަސްކަމުގެ އުސޫލުން ބޭރުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2025 | ބުރާސްފަތި 09:55
އިޓަލީގެ ބޮޑު ވަޒީރު ޖިއޮޖިއާ މެލޮނީ

އިޓަލީގެ ބޮޑު ވަޒީރު ޖިއޮޖިއާ މެލޮނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދެމުން އަންނަ ހަމަލާތައް ހައްދުފަހަނަ އަޅައިފި ކަމަށް، އިޓަލީގެ ބޮޑު ވަޒީރު ޖިއޯޖިއާ މެލޯނީ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވީ، އިސްރާއީލް އިން ޣައްޒާގައި ދެމުން އަންނަ ހަމަލާ ތަކުގައި "މާގިނަ އާންމު ރައްޔިތުން" މަރުވެފައިވާ ކަމަށެވެ. އަދި މިހާރު އެ ހަމަލާތައް ހައްދު ފަހަނައަޅައިފި ކަމަށާއި، ތަނަވަސްކަމުގެ އުސޫލުން ވެސް ބޭރުވެފައިވާ ކަމަށް މެލޯނީ ވިދާޅުވި އެވެ.

މެލޯނީ ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގެ ސަބަބުން، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އިސްރާއީލް އަށް އޮތް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އިސްރާއީލް އިން ދެމުން ގެންދާ ހަމަލާތަކާ މެދު ހަނު ހުރެވެން ނެތް ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މެލޯނީ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން މިހާރު ދެމުން އަންނަ ހައްދުފަހަނަ އެޅި ހަމަލާތަކުގެ ސަބަބުން، މިހާތަނަށް އުންމީދު ކުރަމުން އައި ދެ ދައުލަތުގެ ޙައްލު ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް މިދިޔަ ހޯމަ ދުވަހު ޣައްޒާގައި ފަސް ނޫސްވެރިން ޝަހީދު ކޮށްލާފައިވާ ހާދިސާ އަށް އިޝާރާތް ކުރައްވައި މެލޯނީ ވިދާޅުވީ، އެއީ ނޫސްވެރި ކަމުގެ މިނިވަން ކަމަށާއި، ހަނގުރާމައިގެ ޙާލަތު ރިޕޯޓު ކުރުމަަށް ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ދީފައިވާ، ޤަބޫލު ކުރެވެން ނެތް ހަަމަލާއެއް ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަ އަށް މެލޯނީ ގޮވާލައްވާފައި ވަނީ، ހުރިހާ ބާރެއް ބޭނުން ކޮށްގެން، އަދި ވީ އެންމެ ބޮޑު ޕްރެޝަރެއް ކޮށްގެން ވިޔަސް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރުމާއި، އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށް އަދި ވެސްޓް ބޭންކުގައި ޔަހޫދީ އާބާދީ އިތުރު ކުރުން ހުއްޓުވުމަށެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލް އިން ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް ވަނީ 62،000 އަށް ވުރެ ގިނަ ރައްޔިތުން ޣައްޒާ އިން ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އިންސާނީ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވެފައި ވަނީ، އިޓަލީ އަކީ ޣައްޒާ ހަނގުރާމައިގައި އެންމެ ގިނަ އިންސާނީ އެހީ ފޯރުކޮށްދީފައިވާ ޔޫރަޕުގެ ޤައުމެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު