Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީޑީ

ޕާޓީ އުވާލަން ނިންމީ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ - އެމްޓީޑީ

28 އޯގަސްޓު 2025 | ބުރާސްފަތި 06:20

އިލެކްޝަން ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމީ ޑިއު ޕްރޮސެސްގެ ފުރުޞަތު ނުދީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2025 | ބުރާސްފަތި 06:20
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފައިލް

މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފައިލް

ޕާޓީ އުވާލަން ނިންމީ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފި އެވެ.

ސިޔާސީގޮތުން އެމްޓީޑީއަށް ކުރިމަތި ކުރަމުންދާ ފިއްތުންތައް ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް ނިންމި ނިންމުން ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. މިއީ ކަނޑައެޅިގެން މި ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި މި ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވުމާއި، ބައިވެރިވުމުގެ އަސާސީ ޙައްޤަށް ނުރައްކާވާގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް އެމްޓީޑީ އިން ބުނެފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން، ޤާނޫނާ ޚިލާފަށް ބޭއިންސާފުން ނިންމާފައިވާ މި ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި މަސައްކަތެއް އެ ޕާޓީން ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގައި، ޑިމޮކްރެޓިކް މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަގްވާމީ ބައިވެރިން ޕާޓީއާއި ޕާޓީގެ މެންބަރުންނާއެކު ތިބުމަށް ގޮވާލާފައިވެ އެވެ.

އެ ޕާޓީ އިން ބުނެފައިވަނީ ސިޔާސީގޮތުން އެ ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އިންސާފާއި ޑިމޮކްރަސީގެ ހަމަތައް މިނިވަންކަމާއެކު ކުރިއެރުވެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެ ޕާޓީ އެމްޓީޑީ އުވާލީ ސަރުކާރަށް ފާޑުކީތާ 48 ގަޑިއިރު ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން 26 އޮގަސްޓް 2025 ގެ ތާރީޚުގައި ކޮށްފައިވައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލުމަށް މިކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްޓީޑީ އުވާލުމަށް ނިންމި ސަބަބެއް އިއުލާނުގައި ބަޔާން ކޮށްފައެއް ނުވެއެވެ.

"އެހެންކަމުން، މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2025 އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅުއްވައި ނިންމެވުމަށް ދަންނަވަމެވެ." އިލެކްޝަންސް ގެ އިއުލާނުގައި ބުނެފައިވެއެވެ.

އަދީބުގެ ޕާޓީ އުވާލަން ނިންމި އިރު، ގައުމީ ދުވަހު އަދީބް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުސީދާ ކޮށް ސަރުކާރަށް ރައްދުވާ ގޮތައް ފާޑު ވިދާޅުވެފައެވެ.

މި ގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ އަޅުގަނޑުމެންގެ ދިވެހިން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް ގައުމުގެ އިގްތިސާދުން ހިއްސާއެއްލިބޭ، ތަނަވަސް ދިވެހި ރައްޔަތަކަށް ހެދުން ކަމަށް އަދީބް ވިދާޅުވެފައިވެއެވެ.

އަދީބް ގެ ޕޯސްޓް ގައި ކާބަފައިން ކަންކުރީ އަމަލުން ކަމަށް ވިދާޅުވެ، "އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫން،" ކަމަށް ވިދާޅުވިއެވެ. އަދި ބޮޑުތަކުރުފާނު މިގައުމު ސަލާމަތް ކުރެއްވީ އަމަލުން ކަމަށާއި ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

"މީ އަހަރުމެންގެވެސް ގައުމެވެ، އެކަން ހަނދާންކޮށް ދެމެވެ." އަދީބް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް