Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުރެންދޫގައި ފުޓްސަލް މުބާރާތެ

އަލްހާ އީދާ ދިމާކޮށް ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

އެފްސީ އަތޮޅު ގިރުވާލި އަދި އެފްސީ ވަޅުކޮޅު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:08
ކުރެންދޫގައި ފުޓްސަލް މުބާރާތުގެ ތެރެއިން

ކުރެންދޫގައި ފުޓްސަލް މުބާރާތުގެ ތެރެއިން

އަލްހާ އީދާ ދިމާކޮށް ޅ.ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.

މި މުބާރާތުގައި ހުކުރު ދުވަހު ވަނީ ތިން މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި އެފްސީ ބަދަވީން އަދި އެފްސީ ކަހާނީ ބައްދަލު ކޮށްފައިވާއިރު، މެޗު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ކަހާނީގެ އަހުމަދު އިކްރާމް އެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ އެފްސީ އަތޮޅު ގިރުވާލި އަދި އެފްސީ ވަޅުކޮޅު އެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެފްސީ ވަޅުކޮޅުގެ އަބްދުﷲ އިބްރާހިމް އެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލު ކުރީ ޒިފިއަސް ޔޫތް ޒެސްޓް އަދި ރާކާ ސްޕޯޓްސް ކްލަބެވެ. މި މެޗުވެސް ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރާކާ ސްޕޯޓްސްގެ އަލީ ފައިސަލް އެވެ.

މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކުރެންދޫގައި ބާއްވަމުން އަންނަ މުބާރާތެވެ. މިފަހަރު މުބާރާތުގައި ޖުމްލަ 8 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ސެމީއަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް ބޮޑު މޮޅެއް

11 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް ބޮޑު މޮޅެއް
10 ޖުލައި 2017

މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖް ފަށައިފި

10 ޖުލައި 2017
މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖް ފަށައިފި
12 ޖޫން 2017

މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ

12 ޖޫން 2017
މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ
08 މެއި 2017

ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް

08 މެއި 2017
ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް
01 މެއި 2017

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު