Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނެއްލައިދުއަށް ބައު ވައުދުތައް

ނެއްލައިދޫ އަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ބައެއް ކަންކަން ފެށުނީ ދޮޅު އަހަރު ފަހުން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުގައި ހިމެނޭ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2025 | ހޯމަ 14:28
ރައީސް ޑރ. މުހައްމަދު މުއިއްޒު ނެއްލައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނެއްލައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ނެއްލައިދޫއަށް ކޮށްދެއްވާނެކަމަށް ވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އޭގެ ދޮޅު އަހަރު ފަހުން ބިންގާ އަޅުއްވައިފިއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ނެއްލައިދޫ އަށް ވަޑައިގެން އެރަށުގައި ވަނީ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މިއީ އިންތިހާބުވެ ވަޑައިގެންނެވި ފަހުން ނެއްލަައިދޫއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ 26 ފެބްރުއަރީ 2024 ގައި ނެއްލައިދޫއަށް ވަޑައިގެންނެވި ފަހަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި، އަޅުގަނޑުމެންނަށް ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންވެސް، އަދި ބަޖެޓުން ޖާގަ ނުލިބޭ ކަމަށްވަންޏާ، އޮންނަ ހުރިހާ އުޞޫލެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ ފުރުޞަތުތައް ފަހިކުރައްވާނެ ކަމަށެވެ. އެހެންވީމާ، އެގޮތުގެ މަތިން ނެއްލައިދޫގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެ ވާހަކަ ފުރަތަމަވެސް ވިދާޅުވާ ކަމަށެވެ.

އެދުވަހުގެ ވާހަކަފުޅުގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަަަރައްގީގެ ވާހަކަ ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އެދުވަހު ވިދާޅުވީ ޑިންގީ ޕްލެޓްފޯމާއި، އެކިކަހަލަ ކުޅިވަރު ފެސިލިޓީތަކާއި ބަޖެޓުގައި އޮތް ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، ރޮސްޓްރަމްއާއި ލައިޓް ޖެހުމުގެ މަސައްކަތާއި މިސްކިތެއްގެ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ޚިދުމަތެއްދޭ، އެއް ފުރާޅެއްގެ ދަށުން ޚިދުމަތްދެވޭ އޮފީސް ކޮމްޕްލެކްސް ކަހަލަ އިމާރާތެއް ހުރުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން މިކަންކަމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އެއިރު އެއީ މަޖިލިސް އިންތިހާބު ކައިރިވެފައި އޮތް ދުވަސްވަރެވެ. މަޖިލިސް އިންތިހާބަށް އެއިރު ވެވަޑައިގެންނެވި އެއްވެސް މަސައްކަތެއް ހޯމަ ދުވަހާ ޖެހެންދެން ކޮށްދެއްވާފައި ނުވެއެވެ.

ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ހަމަ އެ ތާއީދު ދެއްވި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، އެއަށްވުރެ ބޮޑަށް ތާއީދު ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަކީ، ވަރަށް މުހިންމު އިންތިޚާބެއް. އެހެންވަނީ މި ރާއްޖޭގައި މިހާރު ކަންތައްތައް ދާގޮތުން. ރެސްޕޮންސިބަލް، ޒިންމާދާރު ގޮތެއްގައި ޢަމަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ޤައުމެއްގައި ކަންކަން ދާގޮތަކަށް ނޫނެއްނޫންތޯ ރާއްޖޭގައި ދަނީކީއެއް.
މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ނެއްލައިދޫގައި ވިދާޅުވި ވާހަކަފުޅެއް

ރައީސް މުއިއްޒު މަޖިލިސް އިންތިހާބަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން ކައިރީގައި އޮތް ފަޅުރަށް ނެއްލައިދޫއަށް ދިނުން ފިޔަވައި އެއްވެސް އުމްރާނީ މަސައްކަތެއް ފަށާފައި ނުވެއެވެ. އަދި މިހާރު ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރައްވަން ރަށްރަށަށް ވަޑައިގަންނަވާއިރު ނެެއްލައިދޫގައި ހޯމަ ދުވަހު 3 މަސައްކަތެއްގެ ބިންގާ ވަނީ އަޅާފައެވެ. އެއީ ވައުދުވެވަޑައިގެންވިތާ ދޮޅު އަހަރު ފަހުންނެވެ.

ނެއްލައިދޫ އަށް ހޯމަ ދުވަހު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކަމަށެވެ. އެއިރު ވެވަޑައިގެންނެވި ވައުދުފުޅުގައި ހިމެނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަދި ޞިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ ރިޔާސީ އިންތިހާބުގައި އަދި މަޖިލިސް އިންތިހާބުގައިވެސް ވައުދުވެވަޑައިގެންނެވި ކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު