ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އެއް އޮގަސްޓް 27 ގައި އޮންނާނެ ކަމަށް މަޖިލިހުގެ އިދާރާއިން އަންގައިފިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން، ދައުރުން ބޭރުގައި ޖަލްސާ/ޖަލްސާތަކެއް ބޭއްވުމަށް އެދިވަޑައިގެން ހުށަހެޅުމެއް ވަނީ ލިބިފައި," މަޖިލިސް އިދާރާ އިން މެމްބަރުންނަށް ހޯމަ ދުވަހު ފޮނުވި ނޯޓިސް ގައި ވެއެވެ.
"ވީމާ، 27 އޯގަސްޓް 2025 (ބުދަ) ގައި ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާ އެއް އޮންނާނެ ވާހަކަ ދަންނަވަން."
މަޖިލިހުގެ ޓޭބަލް އޮފީހުން ބުނީ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމުގައެވެ.