Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޤައުމީ އިނާމު

މިއަހަރު ގައުމީ ހިތްވަރު ދިނުމުގެ އިނާމު ލިބުނު ހަމައެކަނި ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް

25 އޯގަސްޓު 2025 | ހޯމަ 05:11

ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން މިއަހަރުގެ ޤައުމީ އިނާމު ހާސިލުކުރި ހަމައެކަނި ކުންފުނި އުރީދޫއިން ވަނީ 20 އަހަރުގެ ދިގު މުއްދަތެއްގައި ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމަށް އެތައް މަސައްކަތްތަކެއް ކޮށްފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2025 | ހޯމަ 05:11
އުރީދޫ މޯލްޑިވްސް އަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުން

އުރީދޫ މޯލްޑިވްސް އަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުން

މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރި ހަމައެކަނި ކުންފުންޏަށް އުރީދޫ ވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހު، ބޭއްވެވި ރަސްމީ ޖަލްސާގައި މި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ކުންފުނީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ ބަލައިގަތީ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އެވެ.

މި އެވަރޑުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމުގައި އުރީދޫ މަސައަކަތް ކުރަމުން މިދިޔަ 20 އަހަރުގެ ދިގު ހިއްސާގެ އަގު ވަޒަންވިކަން އުރީދޫ އިން ފާހަގަކުރެވެއެވެ. އުރީދޫއިން ވަނީ ޓެލެކޮމިއުނިކޭޝަން، ޑިޖިޓަލް ހިދުމަތްތަކާއި، މުޖުތަމައުތައް ބާރުވެރިކޮށް، ގައުމީ ތަރައްގީ ހަލުވިކޮށް، އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައިފަ އެވެ. 2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ފެށި މޮބައިލް އޮޕަރޭޓަރެއްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި 5ޖީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ.

މިކާމިޔާބީއާ މެދު އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ ވިދާޅުވެފައި ވަނީ މިފަދަ ތާރީޚީ މުނާސަބަތެއްގައި ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާއާ ލާބައަށް އަޅުގަނޑުމެން ދެމުންދާ އަހައްމިއްޔަތުކަން ކަމަށް އޭނާ ވިދާޅުވިއެވެ. ހަގީގީ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު އިނޮވޭޝަނާއި އިންކްލޫސިވިޓީ ޕްރޮމޯޓް ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އުރީދޫ މޯލްޑިވްސްއަކީ ޑިޖިޓަލް އެމްޕަވަރމަންޓް އެންޑް އިނޮވޭޝަން ތަމްސީލުކުރާ، މުޅި ރާއްޖޭގެ އާބާދީގެ 80% އަށް 5ޖީ ފޯރުކޮށްދީ، އޭއައި ހިދުމަތްތަކާއި، ފައިނޭންޝަލް ޓެކްނޮލޮޖީ ސޮލިއުޝަންތަކާއި، އުރީދޫ ފަން ރަން، މަސްރޭސް، އަދި ގްރޯ ވިތް އުރީދޫ ފަދަ މުޖުތަމައުގެ ފާހަގަކޮށްލެވޭ ހަރަކާތްތައް ހިމެނޭ، ދިރިއުޅުން ކުރިއެރުވުމަށާއި ވަކި ވަކި ފަރުދުންނާއި މުޖުތަމައު ކުރިއެރުމަށް މަސައްކަތް ކުރާކުންފުންޏެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
06 ސެޕްޓެމްބަރު 2017

އިނާމު ތަކަކާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން ފަށައިފި

06 ސެޕްޓެމްބަރު 2017
އިނާމު ތަކަކާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން ފަށައިފި
26 އޯގަސްޓު 2017

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
03 ފެބުރުއަރީ 2017

އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި

03 ފެބުރުއަރީ 2017
އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް