Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައިޚް އިމްރާން ޢަބްދުﷲ

ސަރުކާރު އިސްލާހުނުކޮށްފިނަމަ 2028 ގެ އިންތިޚާބު ނޯންނާނެކަމުގެ ބިރު އެބައޮތް: ޝެއިޚް އިމްރާން

ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، މިވަގުތަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ބަދަލުގައި، ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތައް އެއްބައިވެ، ޤައުމީ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންޖެހޭ ދަނޑިވަޅެއް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ސެޕްޓެމްބަރު 2025 | ބުދަ 13:40
އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ

ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރު މިހާރުން މިހާރަށް ހަމަމަގަށް ނާޅުވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަކީ އަންދާޒާކުރެވޭ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، މިވަގުތަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ބަދަލުގައި، ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތައް އެއްބައިވެ، ޤައުމީ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންޖެހޭ ދަނޑިވަޅެކެވެ. އަދި ހުރިހާ ސިޔާސީ ޕާތީތަކުން މިހާރު އެއްބައިވެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ 2028 ގައި އިންތިޚާބެއް ނޯންނާނެކަން ގިނަބަޔަކު ގަބޫލުކުރާކަމަށްވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ރައްކާތެރިކުރުމާއި، ރައްޔިތުން ތަދުމަޑުކަމުގެ ތެރެއަށް ވެއްޓުނަ ނުދިނުމަށާއި އަދި ދިވެހި ދައުލަތް ހިންގުމަށް ގިނަ ރައްޔިތުންތަކެއް ގުރުބާންވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހިމާޔަތްކުރުމަށްޓަކައި މި ސަރުކާރު މިހާރުން މިހާރަށް ހަމަމަގަށް އަޅުވަންޖެހެ އެވެ.

އާސަންދައިގެ ޚިދުމަތްތަކާއި، މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ފަދަ އަސާސީ ޚިދުމަތްތައް ދެމެހެއްޓުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެހާ ސިޔާސީ ފަރާތްތަކުން ލަސްނުކޮށް ކުރިއަށް އަންނަންޖެހޭކަމަށްވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

ޝެއިޚް އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތުއަރުވާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށްޓަކާ މަގުކޮށަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އިންތިހާއަށް ބިކަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކު ކުރުމަށްޓަކާ ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި "ފުލްސްޓޮޕް މޫވްމެންޓް" ގެ ނަމުގައި ޒުވާނުންނާއި ނޫސްވެރިން އިސްނަގައިގެން، ދިވެހި ރައްޔިތުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރުމަށް ކޮންމެ ބުރާސްފަތި ދުވަހަކު ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.

ޝައިޚް އިމްރާން ޢަބްދުﷲރައީސް މުހައްމަދު މުއިއްޒުއަބްދުﷲ ޔާމީންއަދާލަތު ޕާޓީއެމްޑީޕީފުލްސްޓޮޕް މޫވްމަންޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު