Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. މަގޫދޫ

ދެން އުފެދޭނީ އެމްޑީޕީ ގެ ސަރުކާރެއް، ކައުންސިލް ތަކަށް އިހު އޮތް ބާރުވެރިކަން އެމްޑީޕީ އިން ދޭނެ: ރައީސް ސާލިހް

17 އޯގަސްޓު 2025 | އާދީއްތަ 17:45

ދެން އަންނާނީ އެމްޑީޕީ ގެ ސަރުކާރެއް ކަމަށާއި، ކައުންސިލް ތަކަށް އިހު އޮތް ބާރުވެރިކަން އެމްޑީޕީ އިން ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2025 | އާދީއްތަ 17:45
މަގޫދޫގައި އޮތް ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަފުޅު ދައްކަވަނީ

މަގޫދޫގައި އޮތް ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަފުޅު ދައްކަވަނީ

ދެން އުފެދޭނީ އެމްޑީޕީ ގެ ސަރުކާރެއް ކަމަށާއި، ކައުންސިލް ތަކަށް އިހު އޮތް ބާރުވެރިކަން އެމްޑީޕީ އިން ދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ ފ.މަގޫދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އަމާޒެއްގައި ކަމަށާއި، ސަރުކާރުން ބޭނުން ވަނީ ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް ވެސް ރައީސް ސާލިހް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރަށް ރަށުގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަކީ އެންމެ އަސާސީ ޚިދުމަތް ކަމަށެވެ. އެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކޮށްފައިވާ ވާނެ ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިއަދުގެ ސަރުކާރުން ރަށް ރަށުގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން މިހާރު އޮތް ސަރުކާރުން ކުރާ ކަމަކީ ރައްޔިތުން އަޅުވެތި ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ރައްޔިތުން ޙާލުގައި ޖެއްސުމަށް ފަހު ސަރުކާރުން ބޭނުން ވަނީ މަދު ފައިސާ ކޮޅެއް ދީގެން ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ފެނިގެން ދާނެ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އަމާޒެއްގައި. އެއީ ކުރިއަށް އޮތް ދެހާސް އަށާވީހުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދުން. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައްޔިތުން އަޅުވެތި ކުރުމަށް. އެކަން ކުރުމަށް ރައްޔިތުންނަށް މަދު ފައިސާ ކޮޅެއް ދީގެން އަޅުވެތި ކުރުމަށް ސަރުކާރުން ބޭނުންވާނެ. އެކަން ފެނިގެން ދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި އުފެނިގެން ދާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، އެ ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް، އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައި ދޭނެ ކަމަށެވެ.

ހަމަ އެހެންމެ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ އެމަނިކުފާނުގެ ސަރުކާރުގައި ހަމަޖައްސާފައި ވާނެ ކަަމަށާއި، މި ސަރުކާރުން އެ ފައިސާ އެހެން ކަމަކަށް ބޭނުން ކޮށްފައިވާ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް އެ ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކު ވެރިކަަމަށް އަންނަ ކޮންމެ ފަހަރަކު، ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެންނަ ކަމަށެެވެ. އެއީ ކައުންސިލްތަކަށް ބާރުވެރިކަން ދޫކޮށްލަން ބޭނުން ނުވާތީ ކަމަށް ވެސް ރައީސް ޞާލިޙު އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބަދަލުތައް ގެނައި ނަަމަވެސް، ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާ ވެސް ކައުންސިލްތަކަަށް އިހު އޮތް ބާރުވެރިކަން ދޭނެ ކަމުގައި ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އަދި ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަަސައްކަތް ފަށައި، އެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާފައި އޮތް ނަަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރާ އެކު އެ މަޝްރޫއު މިހާރު ވަނީީ މަޑު ޖެހިފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް